ޔުވެންޓަސްގެ އެލެކްސް ސެންޑްރޯ (ވ) އާއި ސްޕަލްގެ ފިލިއްޕޯ ކޮސްޓާ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
18 މާޗް 2018 - 10:50
ފެރާރާ، އިޓަލީ (މާޗް 18) – އިޓާލިއަން ލީގުގައި ރޭ އާދައިގެ ޓީމެއް ކަމަށްވާ ސްޕަލްއާ 0-0 އިން ޔުވެންޓަސް އެއްވަރުވުމުން ނަޕޯލީ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.
ރޭގެ ނަތީޖާއާ އެކު 75 ޕޮއިންޓާ އެކު ޔުވެންޓަސް އެއް ވަނައިގައި އޮތް ނަމަވެސް އެ ޓީމާ ދެ ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު ނަޕޯލީ އަށް ވަނީ ލިބިފަ އެވެ. އެކަމަކު އެ ޓީމު ޖެހޭނީ މިރޭ ޖެނޯއާ އަތުން މޮޅުވާށެވެ. އެ ޓީމު ދެ ވަނައިގައި އޮތީ 70 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.
ސްޕަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވެންޓަސްގެ އެލެކްސް ސެންޑްރޯ އާއި ޕައޮލޯ ޑީބަލާ ވަނީ ފުރަތަމަ ހާފުގައި ގޯލް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ދެ ވަނަ ހާފުގައި ވެސް ޑިބަލާ އަށް މުހިއްމު ފުރުސަތެއް ގެއްލުނެވެ.
މިއީ އިޓާލިއަން ލީގުގައި މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު އިންޓަ މިލާނާ 0-0 އިން އެއްވަރުވި ފަހުން ޔުވެންޓަސް ލީގުގައި މޮޅެއް ނުލިބި ދިޔަ ފުރަތަމަ މެޗެވެ.
ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ސްޕަލް އިން ވަރަށް ވަރުގަދަ އަށް މަސައްކަތްކުރި ކަމަށާއި އެ ޓީމަށް ތައުރީފްކުރާ ކަމަށެވެ. އޭނާ ބުނީ ޕޮޒިޓިވް ކަމަކީ މި މެޗުން ބައިކޮޅަށް ލަނޑެއް ވައްދާނުލާ ނިންމާލެވުން ކަމަށާއި އަދިވެސް ފަސް ޕޮއިންޓުގެ އެޑްވާންޓޭޖެއް އެބައޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
18 March 2018
މަރުހަބާ ޔުވޭ.މަރުހަބާ ސްޕަލް.ހިތްވަރުކޮއްލާތި ، ބާކީ އޮތް 9 މެޗްގެ ތެރެއިން 31/03/2018 ވަނަ ދުވަހު ޔުވޭ / މިލާން މެޗް ކާމިޔާބްކޮއްފަ ، 22/04/2018 ވަނަ ދުވަހު ޔުވޭ / ނަޕޯލީ މެޗުން ޔުވޭ މޮޅުވެފަ އަދި 29/04/2018 ވަނަ ދުވަހު އިންޓަ / ޔުވޭ މެޗުން ޔުވޭ މޮޅުވެއްޖެ ނަމަ ލީގް ޔުވޭއަށް ގެއްލޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ.މީގެތެރެއިން ޑިސައިޑިންގ މެޗަކަށް ވާނެ ޔުވޭ އަދި ނަޕޯލީ ބައްދަލުކުރާމެޗް. #ފޯޒާޔުވޭ #ފޯޒާޔުވޭ
ރަދިފް އައްޕަ
18 March 2018
ކަލޯ ހަމަޖެހޭތަ މިހާރު. ގުރައިދޫގައި އަދި ޖާގަ އެބައޮތް
ރަދީފް
18 March 2018
އައްޕަ ޖޭ ވަނީ ދޯ.
މަހަށް ދަގަ
19 March 2018
ބާކީ އޮތް 9 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެގެން ލީގު ގެއްލޭނެ ގޮތެއް ނޯންނާނެއޭ ތިޔަ ބުނަނީ ފުޓްބޯޅަ އިއްޔެ ބަލަން ފެށި މީހެއްތަ؟ މިޚަބަރުގަ އެއިނީވެސް އާދައިގެ ޓީމަކާ އެއްވަރުވި ވާހަކަ. ދެން ގަދަ 3 މެޗުން މޮޅުވެފަ، ބާކީ ހުރި މެޗުތަކުން ބަލިވެ ނޫނީ އެއްވަރުވިޔަސް ލީގު ލިބޭނެކަމަށް ބެލުމަކީ ހަމަ ބުއްދި ހުރި މީހަކު ބުނާނެ ވާހަކައެއް ނޫން. ގަދަ މެޗުންވެސް އާދައިގެ މެޗުންވެސް ޕޮއިންޓް ލިބޭނީ ހަމަ އެއްވަރަކަށް. ފުންމައިގެން އައިސް ރިޕްލައި ކުރުމުގެ ކުރިން ތިމަންނައަށް ދެއްކޭ ގަޅި ވާހަކަތައް ކޮންޓްރޯލްކުރަން ވެއްޖެ ކަންނޭނގެ.
ރަދީފް
19 March 2018
މަހަށް ދަގައަށް.9 މެޗުން 3 މެޗް ކަނޑާލީމަ ބާކީ އޮތް 6 މެޗް އެއީ ފަސޭހަ ފިކްސްޗާރސްތައް ވީމަ އެމެޗްތައް ޔުވޭގެ ފެންވަރަށް ބަލާއިރު ކާމިޔާބް ކުރުން ވަރަށް ގާތް.މަހަށް ދަގަ މެން އަދި ވަރަށް އާވާނެ މިލެވެލްއަށް.އެހެނީ ރަދީފްމިއީ ޔުވޭގެ މެޗްތައް ބަލަން އެލިއާންޒް ސްޓޭޑިއަމްއަށް ދިޔަ މީހެއް.ސްޕޯޓްސް ފޭން ސައިކޮލޮޖީއަށް ވިސްނައިގެން ސަޕޯޓް ކުރާ ޓީމްގެ ކާމިޔާބީއަަށް އެދި ލީގް ކާމިޔާބް ކުރަން އެދޭނަމަ ބުނާނީ މިހެން.އެއްމެޗް އެއްވަރުވިއޭ ކިޔާފަ ދެން ސީޒަނުގަ ހުރިހާ މެޗްތައް އެއްވަރުވުން ލާޒިމެއްވެސް ނޫން ދޯ.ރަދީފް ކޮމެންޓެއް ކޮއްފިނަމަ ފުންމައިގެން ތިއަންނަނީ ކީއްވެތަ އަބަދު.ދެން ހިނގާބަލަ އިއްޔެ މެންދުރު ފުޓްބޯޅަ ބަލަން ފެށީ ކާކުތޯ ބަލާލަން.ވ.ވެދުން
މަހަށް ދަގަ
19 March 2018
ރަދީފް ބަލަ މަންޖެ ދެއްކި ވާހަކައަކަށޭ ރައްދު ދީފަ އެއިނީ. ސްޕޯރޓްސް ފޭން ސައިކޮލޮޖީގެ ވާހަކައެއްނޫން، ވަރަށް ސިމްޕަލް، ލޮޖިކަލް ވާހަކައެއް ބުނެލާފަ އިނީ. އެއްވެސްކަހަލަ އެސަމްޕްޝަނެއްގެ މައްޗަށް ބިނާކޮށެއް ނޫން. ޔޫވޭއަށް ލީގު ގެއްލޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނޭ ބުނީމަ، ސިމްޕަލް މެތަމެޓިކްސް ބޭނުންކޮށްގެން ޔޫވޭއަށް ލީގު ގެއްލިދާނެ ގޮތެއް ބުނެދީފަ އެއޮތީ. އެއްވެސް ޙާލެއްގަ ބާކީ ހުރި މެޗުތަކުން ޔޫވޭ ބަލިވާނޭ، ނޫނީ އެއްވަރުވާނެއެކޭ ނޫން. އެއީވެސް ޕޮސިބިލިޓީއެކޭ. ކާކުތަ ގަބޫލުކުރާނީ ރެއާލް މެޑްރިޑަށް އާދައިގެ ޓީމްތަކެއްގެ އަތުން ޕޮއިންޓްތަކެއް ގެއްލޭނޭ؟ އެކަމަކު އެގޮތަށްވެސް ކަން ހިނގައިފި. މިއީ މިބުނާ ވާހަކައަކީ. އިޓް އިޒް ދަ ރިއަލިޓީ އޮފް ދަ ގޭމް. ޔޫ ޑޯންޓް ނީޑް ޓު ބީ ސޯ ޑިފެންސިވް އެބައުޓް އިޓް.
މަހަށް ދަގަ
20 March 2018
މަހަށް ދަގަ ކަލޭ ބޭބަލަ މަހަށް.