ބާސެލޯނާގެ ލުއިސް ސުއަރޭޒް (މ) އަތުން ބޯޅަ ހޯދަން ރޯމާގެ ޑެނިއަލް ޑި ރޮސީ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
05 އެޕްރީލް 2018 - 09:30
ބާސެލޯނާ (އޭޕްރިލް 5) – އަހަރެއްހާ ދުވަސް ފަހުން ލުއިސް ސުއަރޭޒް ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ގޯލާ އެކު އިޓަލީގެ އޭއެސް ރޯމާ 4-1 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ދާދި ގާތަށް ސްޕެއިނުގެ ބާސެލޯނާ ޖެހިލައިފި އެވެ.
އަންނަ ބުދަ ދުވަހުގެރޭ ރޯމްގެ އޮލިމްޕިކޯގައި ކުޅޭ މެޗުން ރޯމާ އަށް ފުރުސަތެއް ލިބެން އޮތީ 3-0 އިން ނުވަތަ ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވުމެވެ. އެ މެޗުން 4-1 ގެ ނަތީޖާއެއް ނުކުމެއްޖެ ނަމަ ޖެހޭނީ ޕެނަލްޓީ ޖަހާށެވެ. އެ ނޫން ކޮންމެ ނަތީޖާއެއް ނެރެގެން ވެސް ބާސެލޯނާ އަށް ސެމީ ފައިނަލް ކަށަވަރުކުރެވޭނެ އެވެ.
މި މެޗުގައި ބާސެލޯނާގެ ހަތަރު ގޯލުގެ ތެރެއިން ފުރަތަމަ ދެ ގޯލަކީގެ ރޯމާގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ލަނޑުތަކެކެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑަކީ 38 ވަނަ މިނެޓުގައި ރޯމާގެ ކެޕްޓަން ޑެނިއަލް ޑި ރޮސީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި 55 ވަނަ މިނެޓުގައި ދެ ވަނަ ގޯލް ބައިކޮޅަށް ވަނީ ކޮސްޓަސް މަނޮލަސް އަތުންނެވެ. އޭގެ ހަތަރު މިނެޓު ފަހުން ބާސެލޯނާގެ ތިން ވަނަ ލަނޑު ވައްދާލީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.
އޭގެ ފަހުން 80 ވަނަ މިނެޓުގައި އެޑިން ޖެކޯ ރޯމާ އަށް މުހިއްމު އަވޭ ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް 87 ވަނަ މިނެޓުގައި ސުއަރޭޒް ޖެހި ގޯލާ އެކު ބާސެލޯނާ އިން ގާތްގަނޑަކަށް ސަލާމަތް ހޯދި އެވެ. މިއީ ޗެމްޕިއަންސް ލީގުގެ 11 މެޗުން އޭނާ ޖެހި ފުރަތަމަ ގޯލެވެ.
މި މެޗުގައި ބާސެލޯނާގެ ފަރާތުން އެ ޓީމުގެ އެންމެ މޮޅު ކުޅުމެއް ނުފެނުނެވެ. އެކަމަކު ވެސް އެ ޓީމަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެ ޓީމުގެ ލިއޮނަލް މެސީ ހަތް ބޯޅަ ފޮނުވާލައި އޭގެ ތެރެއިން ތިން ބޯޅަ ގޯލާ އަމާޒުކުރި ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.
"އަހަންނަށް އަދި ނުފެނޭ އަހަރެމެން ސެމީ ފައިނަލުން. ޔަގީނުން ވެސް ނުފެނޭ،" ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ. "ރޯމާ އިން ދައްކުވައިދީފި އެއީ ވަރުގަދަ ޓީމެއްކަން. އަހަރެމެންނަށް ދެން އެތަނުގައި ކުޅޭ މެޗު އަދި ވަރަށް ގިނަ ހުރަސްތައް ހުންނާން އަރައިގަންނަން ޖެހޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނާލްޑޯ
05 April 2018
ފުޓްބޯޅައަކީ ހަމައެކަނި ޕެނަލްޓީ އޭރިއާގަ ހުރެގެން ވަންޓަޗުން ލިބޭ ބޯޅަ ގޯލަށް ޖެހުމެއްނޫން. ބުރޯ މެޗްބަލާފަ ކޮމެންޓް ކުރާނީ
ހެހެހެ
05 April 2018
ޑޭވިޑް ވިއާ ބުނެފަވޭ އޭނަ ޖެހި ހުރިހާ ގޯލެއްގެ 70 ޕަސެންޓް އެއީ މެސީގެ ޕާސްތަކުން ޖަހާފަވާ ގޯލްތައް ކަމަށް މިވަރުގެ މޮޅު ކުޅުން ތެރިއަކަށް ފާޑު ކިޔާތީ ހައިރާންވޭ.....
ޕޮގުބާ
05 April 2018
ކޮބާ މޮޅުމެސީ ޗެމްޕިއަންސް ލީގުގަ މެސީއަށް ޖެހުނީ 6 ގޯލް ރޮނާޑޯ 14 ގޯލް މިވަރުން މޮޅުމެސީއަށް ރޮނާޑޯއާ ވާދަކުރެވޭނެ ސުޕެއިން ލީގުގަ ރޮނާޑޯ މެސީއަށްވުރެ ފަސްމެޗް މަދުން ކުޅިގެން 22 ގޯލް މޮޅޮމެސީ ރޮނާޑޯޔަށްވުރެ 5މެޗް އިތުރަށް ކުޅިގެން 26 ގޯލް މިވަރުންވާނެ
ސޯބެ
05 April 2018
ބުރޯ މަވެސް ޖަހާނަން ލަވައިދިނީމަ
ރަދީފް
05 April 2018
މަރުހަބާ ބާސާ.ލިޔުންތެރިޔާގެ ހެޑިންގ ރަނގަޅު.02 ލެގް ކުޅެންޖެހޭ މުބާރާތްތަކުގަ ގައިމުވެސް ފުރަތަމަ ލެގްގަ ގިނަ ގޯލް ސްކޯ ކުރާ ބަޔަކަށް 02 ވަނަ ލެގްގަ އެޑްވާންޓޭޖް އޮންނާނެ.ލިޔުންތެރިޔާ އެހެން އެބުނަނީ އެމާނައިގަ.ޔޫސީއެލްގެ އެއް ސީޒަނެއްގަ އެންމެ ގިނަ ގޯލް ބައިކޮޅަށް ވަދެގެން ފައިދާވި ޓީމަކީ ބާސެލޯނާ.ސްޕޯޓިންގްގެ ކޯޓްސް ، ޖެރެމީ މެތިއު ، އޮލިމްޕިއާކޯސްގެ ނިކޮލައި ، ރޯމާގެ ޑި ރޮސީ އަދި މަނޮލަސްގެ ގޯލްތަކުގެ ފައިދާ ބާސާއަށް ލިބުނު.
މާނާ
05 April 2018
އަހަރެންބުނީ ސުރުހީ އެގޮތައް ޖަހާފަ އޭނީ ރޯމާގެ އެހީތެރިކަމާއެކުތަ ބާސާމޮޅުވީ، އެކަމަކު ހަތަރު ގޯލު ޖަހާފަ އެބައިން، ތިބުނާ ދެގޯލު ކަނޑާލިޔަސް މަށައްހީވަނީ 2-1 ހެން ނަތީޖާއަކީ، ބަޔާން މޮޅުވީވެސް ސެވިއްޔާ ބައިކޮޅައް ދެގޯލް ޖަހައިގެން އެދެގޯލް ޖެހީވެސް، މިހިރީ މެޑްރިޑް ފޭނުން ބާލާފަހުންނަ ހަސަދަ...
ހަޖަމް
05 April 2018
ބާސާއިން ޖެހީ 2 ގޯލު... އެކަމަކު ރޯމާއިން ޖެހީ މުޅިއެކު 3 ގޯލު.. އެއީ ބައިކޮޅަށް 2 ގޯލާއި އިދިކޮޅަށް 1 ގޯލު... އެހެންވީމަ ސުރުހީގަ އެހެން ޖަހާފަ އެއޮތީ... މިހާރު ސާފުވެއްޖެކަމަށް ހީކުރަން..
އާޖާ
05 April 2018
މާނާވި އަތުގަ ބީހިލަން ހިތް އެކީ އެދިގެން ހުރިން. ހައްހައްހައް. އެއީ މީހުން ޝައުގުވެރިކުރުވަން ލިޔާގޮތް. މާނާމެން މީގެ މަޅީގަ ޖެހެނީވެސް
މެސީ
05 April 2018
މަ 7 ޝޮޓް ފޮނުވައިގެން ލަނޑެއް ނުޖެހީ، ރަދީފް ރޮނާލްޑޯ ކުޅޭތަން ބަލަން ގޮސްފަ، މަށަށް ސަޕޯރޓްކުރަން ސްޓޭޑިއަމަށް ނުދިޔައީމާ އެކަމާ އައި ރުޅިން. ރޮނަލްޑޯ 6 ޝޮޓުން 2ލަނޑުޖަހާ، އެސިސްޓެއްކުރީ ރަދީފްގެ މޮޅުކަމުން.
ރޮނަލްޑޯ
05 April 2018
ކަލޭ އަނގައެއްނު. ދައްކާ ވާހަކަ
އަބޭ
05 April 2018
ރޯމާ ބަލިޓީމަކައް ހަދައިގެން އުޅެނީ މިއުޅޭ މެޑްރިޑް ފޭނުން، އެކަމަކު އެމީހުން އެއީ ގުރޫޕް ސްޓޭޖްގަ އެތްލެޓިކޯ ބަލިކޮށް ޗެލްސީ ބަލިކުރި ބައެއް، މެޑްރިޑައް އެތްލަޓިކޯ ބަލިނުކުރެވޭ އެކަމަކު...
ދަންޑަހެލާ
05 April 2018
އެކަމެއް ނޭނގެ! އެތްލެޓިކޯ 2016 ޗެމްޕިއަންސްލީގު ފައިނަލުގައި ބަލި ކުރީ ރެއަލް. ޢެހެންވީމަ މެޑްރިޑަށް އެތްލެޓިކޯ ބަލިކުރެވުނު....
ސިޔާސީ
05 April 2018
ބާސާއިން ކުރި ޕްރެސަރުގެ ވާހަކަ ނުދައްކާ ބުނަން އިގުނީ ރޯމާގެ އެހީތެރިކަމާއެކުގައޭ ދޯ މޮޅުވީ، މީންވެސް އިގޭ އެއްޗަކީ މިހާރު ކުދިން ބާސާދެކެ އަންނަ ރުޅި
ބާސާ ބަލީ
05 April 2018
ބާސާގެ މޮޅުކަން އެނގޭނީ މެސީ ނެތް ދުވަހަކުން، މިސާލަކަށް އާސެނަލް ދޫކޮށް އޮންރީ ދިޔަފަހުން އެމީހުނަށް ޖެހިފައޮތް ހާލު ބާސާއަށް ޖެހޭނީ، ބަލަން ތިބޭ، އެކަމަކު މެޑްރިޑަކީ އަބަދުވެސް ދުލި އާކޮށްލާ ބައެއް. ކޮންމެ ބަޔަކު ތިއްބަސް، މެޑްރިޑް ނުގެއްލޭނެ.
ޕެނަލްޑޯ
05 April 2018
ހާދަ ރީތި އޯވަހެޑް ކިކްއެކޭ ދޯ...
ލ.އަތޮޅު
05 April 2018
ކުރީ ރެޔެއްގަވެސް މެސީ ނެތި ބާސާ ސެވިޔާ އަތްދަށުވާންދަނިކޮށް ސަލާމަތްވީ ފަހުން މެސީ އަރައިގެން.