30 އެޕްރީލް 2018 - 09:13
މެޑްރިޑް (އޭޕްރީލް 30) - ލިއޮނަލް މެސީގެ ހެޓްރިކާ އެކު ޑިޕޯޓިވޯ ލަކަރޫނިއާ އަތުން 4-2 އިން ހޯދި މޮޅާ އެކު މެޗަކުން ބަލިނުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިއީ ބާސެލޯނާ އިން ސްޕެނިޝް ލީގު ހޯދި 25 ވަނަ ފަހަރެވެ.
ބާކީ ހަތަރު މެޗު ނުކުޅެ އޮއްވައި ބާސެލޯނާ އިން ލީގު ކަށަވަރުކުރީ ދެން ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެހެން ޓީމަކަށް އެ ޓީމާ ހަމަނުކުރެވޭނެތީ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 34 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 35 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލަށް 34 މެޗުން ވަނީ 71 ޕޮއިންޓް ލިބިފަ އެވެ.
ކްލަރެންސް ސީޑޯފްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޑިޕޯޓިވޯގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ހަތް މިނިޓް ތެރޭ ބާސެލޯނާ އަށް ލީޑުނަގައިދިނީ ފިލިއްޕޭ ކުޓީނިއޯ އެވެ. މެސީގެ ފުރަތަމަ ލަނޑުން މެޗުގެ 38 ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުފުޅާކުރި އެވެ. އެކަމު އޭގެ ދެ މިނިޓް ފަހުން، ކުރިން އާސެނަލަށް ކުޅުނު ފޯވާޑް ލޫކަސް ޕެރޭޒް ވަނީ ޑިޕޯޓިވޯ އަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މެޗުގެ 64 ވަނަ މިނިޓްގައި ޑިޕޯޓިވޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމްރޭ ކޮލަޗް އެވެ. ބާސެލޯނާ މޮޅުކޮށްދިނީ މެޗުގެ ފަހު އަށް މިނިޓް ތެރޭ މެސީ ވައްދާލި ދެ ގޯލުންނެވެ.
މި މެޗުގައި ހެދި ހެޓްރިކާ އެކު މެސީ ވަނީ މި ފަހަރު ލީގުގައި 31 ގޯލު ހަމަކޮށްފަ އެވެ. ޔޫރަޕްގެ ރަން ބޫޓު ރޭހުގައި މެސީ ވަނީ ލިވަޕޫލްގެ މުހައްމަދު ސަލާހަށް ވުރެ ކުރިއަށް ޖެހިލައިފަ އެވެ. މެސީ މި ފަހަރު ވެސް ލީގުގައި 30 ގޯލު ހަމަކޮށްފައިވާއިރު، އޭނާ ވެފައިވަނީ ތަފާތު ހަތް ސީޒަނެއްގައި ސްޕެނިޝް ލީގުގައި އެ އަދަދަށް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މެޗަށް ފަހު މެސީ ބުނީ މި ފަހަރު ލީގުގައި ހުރިހާ ގޮތަކުން ބެލި ނަމަވެސް ބާސެލޯނާ ތަފާތު ކަމަށާއި އެކަން އެނގިގެންދަނީ ލީގުގައި އެ ޓީމު ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑުން ކަމަށެވެ. އަދި ބޭނުންވަނީ ލީގުގެ ބާކީ އޮތް މެޗުތަކުގައި ބަލިނުވެ ނިންމާލުމަށް ކަމަށެވެ.
ލީގުގައި ދެން ބާސެލޯނާ ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މިއީ ބާސެލޯނާގެ ތަރި އަންދްރެސް އިނިއެސްޓާ ކުޅޭނެ ފަހު އެލްކްލަސިކޯ މެޗެވެ. މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް އިނިއެސްޓާ ވަނީ މިދިޔަ ހުކުރު ދުވަހު އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޓްބޯލް
01 May 2018
ރޮނާލްޑޯ ފްރާންސް، ޖާރމަނީ، ބުރެޒިލް، އިންގްލޭންޑް، ސްޕެއިން ފަދަ ޓީމުތަކާ ދެކޮޅަށް ކިތަށް ލަނޑު ޖެހުނުތަ. އަހަންނަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި މީގެއިން އެއްވެސް ޓީމަކާ ދެކޮޅަށް ރޮނާލްޑޯއަށް ލަނޑެއް ނުޖެހޭ. ދެން ބުނަންވީތަ ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅޭ ކުޅުން މޮޅޭ. މެސީވަނީ މިޓީމުތަކާ ދެކޮޅަށް ލަނޑު ޖަހާފައި. އަހަރެން ލަނޑުގެ ވާހަކަ މިލިޔުނީ ރިއަލް މެޑްރިޑްގަތިބޭ ރޯނުއެދުރުން އަބަދުވެސް ގިނައިން ލަނޑުޖަހާ މީހަކު އެއީ މޮޅު މީހަކަށް ހަދާތީ. އެވަރިހަމަ މެޗެއްގައި އޭނާއަށް އިތުރު ކަމެއް ނުކުރެވުނަސް. މެސީ އެވަނީ ދުނިޔޭގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ފީފާ ވާލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައި. އާރޖެންޓީނާ އޭނާގެ އަމިއްލަ ހުނަރުން ވާރލްޑް ކަޕަށް ކޮލިފައި ކޮށްދީފައި. 2002 ވަނަ އަހަރުގެ ވާރލްޑް ކަޕް ބްރެޒިލުންވެސް ކާމިޔާބުކުރީ އާރޖެންޓީނާ ގޮތަށް އުނދަގޫ ކޮލިފައިނަކަށްފަހު. އުންމީދު ކުރަނީ އާރޖެންޓީނާ މިފަހަރުގެ ވާރލްޑް ކަޕް ތަށި ގެންދާނެކަމަށް. މެސީ ޑިސާރވްސް އިޓް.
ލާހޫރޭ
30 April 2018
ރެއާލްގެ ފޭނުން މިތާގަ ވަރައް އަސަރާއެކު ކޮމެންޓްކޮށްފަ ހުރިކަން ވަރައްބޮޑައް ފާހަގަކޮށްލަން، ހަޖަމުގެބައި ހަމަ އެއްވެސްވަރަކައް ނެތީ...
ލޯންސްޓަރ ކާފަ
30 April 2018
ކޮންމެވެސް ވަރަކަށް ވާނުވާ އެނގިގެން ކޮމެންޓް ކުރަންފެނޭ ލޯންސްޓަރ . ކީބޯޑެއް ލިބުނަކަސް އަދި ކޮމެންޓްކުރާކަށް ނުވާނެ
ބާސެލޯނާ
30 April 2018
ކޮބާ ރެއަލް މެޑްރިޑް އާ ސީއާރ ގެ ފޭނުންނަށް ފެނޭތަ. ވަރަށް ވާހަކަ މިބުނީ
ައަލީ ހޮއްކޮބެ
30 April 2018
ގަރަޑޭ ބޯޅަ ބަލަންތޯ؟ މެސީ ވަނީ ގައުމީ ޓީމަށް ޔޫތް ވޯލްޑް ކަޕް އަދި އޮލިމްޕިކްސް ގޯލްޑް މެޑަލްވެސް ހޯދާފަ. އާޖެންޓީނާގެ ސީނިއަރ ޓީމް 24 އަހަރަށްފަހު ވޯލްޑްކަޕް ފައިނަލަށް ގެންގޮސްދީފަ. އަދި 2018ގެ ވޯލްޑްކަޕަށް ކޮލިފައިވުމަށް މަޖުބޫރު މެޗެއްގައި ފަހަތުން އަރާ 3 ލަނޑު ޖަހާ ހެޓްރިކްހަދާ ކޮލިފައިކޮށްދީފަ. އަދި 2014 ވޯލްޑްކަޕް ސައުތު އެމެރިކަން ކޮލިފައިންގ ޓޮޕް ސްކޯރަރ، އަދި އާޖެންޓީނާގެ އޯލްޓައިމް ޓޮޕްސްކޯރަގެ ރެކޯޑް މިހާތަނަށް އޮތް ބަޓިސްޓޫޓާގެ ރެކޯޑްވެސް މުގުރާލާފައި.އަދި އެކުވެރިކަމުގެ މެޗުތަކުގައި ބްރެޒިލް، އިޓަލީ، ފްރާންސް، ޖަރމަނީ، ސްޕެއިން، ޕޯޗުގަލްފަދަ ޓީމުތަކާދެކޮޅަށް ލަނޑު ޖަހާފަ. މީގެ ތެރެއިންވެސް 2010 ގައި ބްރެޒިލްކޮޅަށް ޖެހި ސޯލޯ ގޯލާއި، 2012 ގައި ބްރެޒިލް ކޮޅަށް ޖެހި 3 ގޯލް ފާހަގަ ކޮށްލަން. އަދި ފީފާ ވޯލްޑް ކަޕް 2014ގެ އެންމެ މޮޅު ކުޅުންތެރިޔާ، ކޮޕާ އެމެރިކާ 2015، 2016 ގެ އެންމެ މޮޅު ކުޅުންތެރިޔާ މިއީ ގައުމީ ޓީމުގައި 'ޗޮކުން' ދާ ކުޅުންތެރިޔަކަށް ކުރެވޭނެ ކަންތައްތައްތޯ؟ ހެހެ
ކައުންސެލަރު
30 April 2018
މައްސަލައެއްނެތް. ބާސެލޯނާ، ރިއަލް މެޑްރިޑް ކަހަލަ ޓީމުތަކަކީ ކުޅުންތެރިން ފުރާނާލާފައި އޭގެ "އޮއްޓަރު ކޮޅު" ނަގައިގެން ތިބިޓީމުތައް. ތިޔަ ޓީމު ތަކަށް އެއްވެސް ތައްޓެއް ހަގީގަތުގަވެސް ގެއްލިގެން ނުވާނެ. މެސީ އަށްވެސް "މެސީ" ކަން އެދެއްކެނީ ތިޔަކަހަލަ ވަރުގަދަ ކުޅުންތެރިން ތިބި ޓީމެއްވީމަ. އެހެންނާފަހެ؟ މެސީގެ މެސީކަން ވޯލްޑް ކަޕްގައި ނުދެއްކެނީ ކީއްވެ؟ ހަމަ މެސީ އެއީ؟!؟!؟!؟!؟! މިފަހަރުވެސް ވޯލްޑް ކަޕަށް ކޮލިފައިވީ ކިރިޔާ. "ކަށި ރަތަށް އަރާފާ" އިންދާ ކިރިޔާ ސަލާމަތްވީ. ފޭނުން ކިތަންމެ ނުރުހުނަސް ހަގީގަތްވާނީ ހަގީގަތަށް. ވެދުމާ ސަލާމް
މެސީގެ އެޖެންޓް
30 April 2018
މިހިރަ ކައުންސެލަރާ.... ތަށި ނަގާގެން ނޫން މެސީ މެސީކަން ދައްކަން ޖެހޭނީކީ،،، ބަލާބަލަ މެސީ ފުޓް ބޯޅާގައި ހަދާފަ ހުރި ރެކޯޑްތައް، ދެލޯ ހޮޅުވާގެން ބަލާބަލަ،،، މައްސަލަ އުޅެންޏާ އައިކެއަރ އިން ނަންބަރެއް ނަގާއިގެން ދެން ބަލާބަލަ،،،، ދެލޯ އަނދިރި ނޫން ކޮންމެ މީހަކަށްވެސް ފުޓުބޯޅާގައި މެސީ މެސީކަން ދައްކާފައިވާތަން ފެންނާނެ،،، ބީއަރ ޓުރޫ ބިލީވަރ... ލޮލް
ގަރަޑޭ
30 April 2018
ލަލީގާ އީޒީ ލީގުގަ ދެން ބާސާއާއި ރެއާލް ކުޅުންތެރިއަކަށްވާހިސާބުން ލަނޑުތައް ޖަހަން ހިތަކަށް އޮންނާނީ ލިބިފަ، މެސީގެ ފެންވަރު އިނގޭނީ އެހެން ލީގެއްގައި ކުޅެލައިގެން، ގައުމީ ޓީމުގައި އަދިވެސް ޗޮކުންދާތީ މިހެން މިބުނަނީ
ރައްދު
30 April 2018
ކަލޯ ތިއަހެން ކުރިން ގޮވި ގާޑިޔޯލާއައި ދިމާލަށްވެސް ކިހިނެއްވީ.... ލަދުން ދެފައި ކާރިކުރަންވެސް ނުކެރޭ!!
އަޝްރަފް
30 April 2018
ދެބަސްވެވެން ނެތް ޙަޤީޤަތަކީ މެސީއަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާކަން.
ހަސަންމަނިކުފާނު
30 April 2018
ވަރަށް ބޮޑަށް މަރުހަބާ!
އަލިހޮއްކޮބެ
30 April 2018
މެސީ އެއީ ހަމަ ދުނިޔޭގެ 1 ވަނަ. 6 ވަނަ ބެލޮންޑޯރ ލިބުމާ ގާތަށް.