14 މެއި 2018 - 09:04
ލެވާންޓޭ، ސްޕެއިން (މެއި 14) - ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ބާސެލޯނާ އިން މި ފަހަރު ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ލެވަންޓޭ އިން ނިމުން ގެނެސްފި އެވެ. ލެވާންޓޭ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 5-4 އިންނެވެ.
މި މެޗުގެ ކުރިން އެންމެ ފަހުން ބާސެލޯނާ ލީގުގައި ކުޅުނު 36 މެޗުން ވެސް ބަލިވެފައިނުވެ އެވެ. ލީގުގެ 15 ވަނައިގައި އޮތް ލެވާންޓޭ އަތުން ބަލިވުމުން ލީގު ތަށި މެޗަކުން ބަލިނުވެ އުފުލާލުމަށް ބާސެލޯނާ އިން ދެކެމުން އައި ހުވަފެނަށް ވެސް ވަނީ ނިމުމެއް އައިސްފަ އެވެ.
ލިއޮނަލް މެސީ ނުލައި ބާސެލޯނާ އިން ކުޅުނު މި މެޗުގެ ފުރަތަމަ 30 މިނިޓް ތެރޭ ލެވާންޓޭ އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ދެ ލަނޑު ޖެހީ އެމަނުއެލް ބޯޓެން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސެލޯނާ އަށް ލަނޑެއް ޖަހައިދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ 11 މިނިޓް ތެރޭ ލެވާންޓޭ އިން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. މި ހާފުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ މެސެޑޯނިއާގެ އެނިސް ބާދީ އެވެ. އޭގެ ތިން މިނިޓް ފަހުން ބޯޓެން ވަނީ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ލެވާންޓޭގެ ފަސް ވަނަ ލަނޑު ޖެހީ ބާދީ އެވެ.
ލެވާންޓޭ އިން ބޮޑު ލީޑެއް ނެގި ނަމަވެސް ބާސެލޯނާ އިން ވަނީ މެޗުގެ ތެރެއަށް އަންނަން ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. ކުޓީނިއޯ އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، ހަތަރު ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ސުއަރޭޒް އެވެ.
އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރަން ބާސެލޯނާ އަށް 19 މިނިޓް ލިބުނު ނަމަވެސް އެ ޓީމަށް އެކަން ކާމިޔާބުނުވި އެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކުޓީނިއޯ އާއި ސުއަރޭޒް އަށެވެ.
ލީގުގައި ބާކީ އެއް މެޗު އޮތްއިރު، ބާސެލޯނާ އެއް ވަނައިގައި އޮތީ 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 78 ޕޮއިންޓް ލިބިފައި އޮތްއިރު، ތިން ވަަނައިގައި ރެއާލް މެޑްރިޑް އޮތީ 75 ޕޮއިންޓާ އެކު އެވެ.
ސްޕެއިންގެ ފުރަތަމަ ޑިވިޝަން ލީގުގައި މެޗަކުން ބަލިނުވެ ލީގު ނެގުމުގެ ރެކޯޑް އޮތީ ރެއާލް އަތުގަ އެވެ. އެއީ 1932 ވަނަ އަހަރުގެ ލީގުގަ އެވެ. އެ ފަހަރު ރެއާލުން ބަލިނުވެ ފުރަތަމަ ޑިވިޝަން ލީގު ކާމިޔާބުކުރިއިރު، ލީގުގައި ވާދަކުރަނީ 10 ޓީމެވެ. އޭރު ލީގުގައި ކުޅެނީ 18 މެޗެވެ.
ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މިއީ ބާސެލޯނާ ބަލިވުން ހައްގު މެޗެއް ނޫން ކަމަށެވެ.
"އަހަރެމެން މި ތިބީ ރުޅި އައިސްފައި. މި މެޗުން ނުކުންނަން ޖެހޭ ނަތީޖާއެއް ނޫން މިއީ. އަހަރެމެންނަށް މި މެޗު ސަލާމަތްކުރަން ގިނަ ފުރުސަތުތަކެއް ލިބި އަމިއްލަ އަތުން ބީވެގެން ދިޔައީ. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ ދިގު ސީޒަނެއް މިއީ. ހުރިހާ ފަހަރަކު ބޭނުން ގޮތެއް ނުވާނެ. އަބަދު ނަތީޖާ ނުކުންނާނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫން." ވަލްވޭޑޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބްނަމް
14 May 2018
މެސީ ވީއްވެ ނުކުޅުނީ
ރަށްދު
14 May 2018
ނުވާނެ ބަށްޔެއް
ރޯޒް އަދި ނިއުމާގެ ބްރާ
14 May 2018
ބާސާ މެޗަކުން ބަލިނުވެ ލީގް ހޯދީމަ މަރުހަބާ ކިޔާލަން ވެސް ނޭނގުނު ބަޔަކު ބާސާ 37 ވަނަ މެޗުން ބަލިވީމަ އެކަމަށް މަލާމާތްކޮށް ހަޖޫޖެހީމަ ދޭހަވަނީ ފުޓްބޯޅައިގަ އޮންނަ ޕްރޮފެޝަނަލް ވިނިންގް ފޯމިއުލާ ނުދަންނަކަން.ހިނގާބަލަ ދޯ ފާއިތުވި 10 އަހަރު ރެއާލަށް ކުރިމަތިވި އެންމެ ލަދުވެތި / ހިތްދަތި ނަތީޖާތަކަށް ބަލާލަން. ބާސާ 05 ރެއާލް 0 (ލަލީގާ 2010/2011)،އެތުލެޓިކޯ 4 ރެއާލް 0 (ލަލީގާ 2014/2015)، އަލްކޮން 4 ރެއާލް 0 (ކޮޕަޑެލްރޭ 2009/2010)،ރެއާލް 2 ބާސާ 6 (ލަލީގާ 2008/2009)، ލިވަޕޫލް 4 ރެއާލް 0 (ޔޫސީއެލް 2008/2009)
ހަސަންމަނިކުފާނު
14 May 2018
ބްރޯ! ހާދަ ހާޓްވެފަ!
ހައިސަމް
14 May 2018
ހަސަންމަނިކްފާނު.ރޯޒް އަދި ނިއުމާގެ ބްރާގެ ކޮމެންޓުން އެހާމަވަނީ ރެއާލް ފޭނުން އެއީ މަރުހަބާ ކިޔަން ދަންނަ ބައެއް ނޫންކަން.ޕުއަރ މެޑްރިޑް ޑޯގްސް.
ރޯޒްް
14 May 2018
ހާރޓް ވާނެ އެންނު، ބޮޑު ތަފާތަކުން ބަލިވި މެޗުތައް ބަހައްޓާފަ، ބާރސާއަށް މިދިޔަ ތިން އަހަރުތެރޭ ލިބުނު އެންމެ ބޮޑު ހިތްދަތިކަމަކީ ރެއާލް ޖެހިޖެހިގެން 3 ޔޫސީއެލް ތަށި ނަގަން އުޅޭތީ
ރޯޒްގެ ބަފާގެ މާމަ
14 May 2018
ލެގަނޭސް އަތުން ބަލިވެ ސްޕެނިޝްކަޕުން ރެއާލް ކަޓައިގެން ވެސް ދިޔަ.
ޞަންތި މަރިޔާ 7780
14 May 2018
ރެފްރީން ގަންނަވާހަކަ ދައްކާއިރު ކޮބާ އެންމެފަހުން އެލްކްލެސިކޯގަ ހިނގާދިޔަ ކަންތައް؟ ޥަރާން ކަނޑާ ވައްޓާލާފަ ދިންބޯޅައިން ގޯލުޖެހީ، މާސެލޯ ކަނޑާވައްޓާލަފަ ޕެނެލްޓީނުދޭ. ބޯޅަނެތި ރޮނާއައް ފައުލްކޮއް އިންޖަރީކޮއްލީ
ހާންބެ
14 May 2018
ދެން ރެފްރީން ނުގަންނަކަމަކައް ނުވާނެ މެޑްރިޑް
ބޯން ޓު ހޭޓް ބާރކަލޯނާ777
14 May 2018
ޙެވެނީ ހަމަ، ރެއާލްގެ ކާމިޔާބީއައް ހަސަދަވެރިވާ ހަޖަމްނުވާ ބާސާފޭނުންފެނިފަ.
ބޯން ޓު ހޭޓް ޔޯ މަމް
14 May 2018
ހަސަދަވެރިވަނީ ރެއާލް ޕްލާސްޓިކް ފޭނުން ދޯ.
ލާހޫރޭ
14 May 2018
މެޑްރިޑް ފޭނުން މިކަމައް ފާޑުކީމަ އިތުރައްވާނީ ފަލީހަތް، ފުޓްބޯޅަ ނުބަލާ މީހަކު އަހާފާނެ އެބުނާ ރެފްރީން ގަނެގެން އުޅޭ މެޑްރިޑް ބަލިނުވެ ފުރިހަމަކުރީ ކިތައް މެޗެތޯ؟ މިސުވާލުގެ ޖަވާބުދޭން މެޑްރިޑް ފޭނުންނައް ހުޅުވާލަން...
ލާހޫރޭގެ ބަފާ
14 May 2018
ރެފްރިން ނުގަނެ ފާއިތުވި 10 އަހަރު ރެއާލަށް ކުރިމަތިވި އެންމެ ލަދުވެތި / ހިތްދަތި ނަތީޖާތަކަށް ބަލާލާނަން. ބާސާ 05 ރެއާލް 0 (ލަލީގާ 2010/2011)،އެތުލެޓިކޯ 4 ރެއާލް 0 (ލަލީގާ 2014/2015)، އަލްކޮން 4 ރެއާލް 0 (ކޮޕަޑެލްރޭ 2009/2010)،ރެއާލް 2 ބާސާ 6 (ލަލީގާ 2008/2009)، ލިވަޕޫލް 4 ރެއާލް 0 (ޔޫސީއެލް 2008/2009)
ސުޒޭން
14 May 2018
ހިތް ދަތި ނަތީޖާތަކަށް ބަލާލައިގެން ޗެމްޕިއަންސް ލީގުގެ ސެމީއާ ހަމައަށް ނުދެވި، އުފަލުން ތިބޭ.
އާރިއްޕެ
14 May 2018
މުބާރާތުގެ މިހާހިސާބުން މުހިންމު ކުޅުންތެރިންނާ ނުލާ މެޗް ފެށުމަކީ ކޯޗު ފެއިލްވުން. ވަލްވާޑޭ އިސްތިއުފާ ދީފަ ގެއަށްދޭ!
މެސީ
14 May 2018
ތިއިންވެސް އެނގެނީ "މަށަކީ" ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން
ވަލްވޭޑޭ
14 May 2018
ތަށަށް ނުކުޅެވެންޏާ ބައިންދާނީ ބެންޗުގަ ދޯ؟ މުހިއްމު މެޗުތަކެއް ހުރީއެއް ނޫން ވިއްޔާ ރެސްޓުދޭންވެސް، ހަަމަ ނުކުޅެވެންޏާ ކޮންމެ މީހަކުވެސް ބެންޗުކުރާކަށް ފަހެއް ނުޖެހޭނަން..
ބާލައާދަނު
14 May 2018
ދެކެމުން އައި ހުވަފެންތައް ކާމިޔާބުނުވުމަކީ ވަރަށް ވޭން ހުރި ކަމެކެވެ. ހިތާމައިގައި ބައިވެރިވަމެވެ. މި ސީޒަންގައި ބާސާގެ ނަތީޖާތައް ވަރަށް ރަނގަޅެވެ. އެކަމަކުވެސް އެންމެ މުހިންމު މެޗުގައި ނަތީޖާ ނުނެރެވުމަކީ މިކަމުގެ އަސްލެވެ.