21 މެއި 2018 - 12:41
މެންޗެސްޓާ (މެއި 21) - އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ފަސް ކުޅުންތެރިން ގަންނަން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބޮޑު ބަޖެޓަކަށް ޔުނައިޓެޑްގެ ބޯޑުގައި އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބޮޑު ހަރަދުތަކެއްކޮށް މި ސީޒަނުގައި ޔުނައިޓެޑް ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ އެވެ. އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރަން ކުޅުންތެރިން ގެންނަން ޖެހޭ ކަމަށް އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އަތުން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން މޮރީނިއޯ އާއި ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑްވުޑްވާޑް ބޭއްވި ބައްދަލުވުމުގައި މޮރީނިއޯ ވަނީ ފަސް ކުޅުންތެރިއަކު ގަންނަން 250 މިލިއަން ޕައުންޑް (335 މިލިއަން ޑޮލަރު)ގެ ބަޖެޓަކަށް އެދިފަ އެވެ. ވުޑްވާޑް ވަނީ މޮރީނިއޯ އަށް ބޮޑު ބަޖެޓެއް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
މޮރީނިއޯ އެވަރުގެ ބަޖެޓަކަށް އެދުނީ މިހާރު ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި އެއްވެސް ކްލަބަކުން އަގުހެޔޮކޮށް ކުޅުންތެރިން ނުވިއްކާނެކަމަށް ބުނުމަށް ފަހު އެވެ.
ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ އަށް އެވަރުގެ ބަޖެޓެއް ދިނުމާ މެދު މި ހަފްތާ ތެރޭގައި ބާއްވާ ޔުނައިޓެޑްގެ ބޯޑް މީޓިން ތެރޭގައި މަޝްވަރާކުރާނެ އެވެ.
މޮރީނިއޯ ގެންނަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ގަރެތު ބޭލް، ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިލްޑް، ނަޕޯލީގެ ޖޯޖީނިއޯ، ނީސްގެ ޖިއަން މައިކަލް ސެރީ އަދި މޮނާކޯގެ ފަބީނިއޯ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާރީޙް
22 May 2018
ހުރިހާ ގޮތަކުންވެސް ސަރ އެލެކްސް ފަރގަސަން ވަރެއްނެތް. ކޮން ވެންގާއެއްތަ. މުޅި ދުނިޔެ މިކަމަށް ހެކިދެއޭ.
ހަޑިގިއްލާ
21 May 2018
އެހެންވީމާ އާސެންވެންގާ އާ މޮރީނިއޯ ކިހިނެތް އަޅާކިޔަނީ! އެހެން ކުލަބުތަކުން ކޯޗުބުނާވަރަކަށް ފައިސާދޭއިރު ވެންގާއަށް މިޖެހެނީ ކުޅުންތެރިން ވިއްކައިގެންވެސް ކުލަބަށް ފައިސާ ހޯދަން.... ވެންގާވަރެއް ނެތް.....
ސޯދިގު
21 May 2018
ތިބުނީ އަސްލު ވަރައްރަނގަޅު ވާހަކައެއް
ޗިކުސް
21 May 2018
މިފަހަރު ރޮނާ ނޫނީ މެސީ އުފުރާލާތި.
ޢަހްމަދު
21 May 2018
ރޮނާ އުފުރާލިއަސް މޭސީ އުފުރާނުލެވޭނެ
ފަލަޑޭ
21 May 2018
ހުސްއަތާ މިފަހަރުވެސް ދިޔައީ!