ދުނިޔޭގެ ކުޅިވަރު / ވޯލްޑް ކަޕް 2018

ޓީމް ޕްރޮފައިލް: ފްރާންސް

ފްރާންސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

01 ޖޫން 2018 - 00:00

ފްރާންސަކީ ޔޫރަޕްގެ ފުުޓްބޯޅައިގައި ފާހަގަކޮށްލެވޭ ނަމެކެވެ. ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް އުފައްދާފައިވާ ގައުމެކެވެ. ވޯލްޑް ކަޕެއްގައި ފްރާންސަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އެ އަހަރުގެ މުބާރާތް އޮތީ ފްރާންސްގަ އެވެ. ފްރާންސް ތަށި ހޯދީ ފައިނަލްގައި ވަރުގަދަ ބްރެޒިލް ބަލިކުރުމަށް ފަހު އެވެ.

ފްރާންސް ވަނީ 2006ގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު ފައިނަލްގައި އިޓަލީ އަތުން ބަލިވެފަ އެވެ. ފްރާންސަކީ 1998 ވަނަ އަހަރުން ފެށިގެން ގަވައިދުން ވޯލްްޑް ކަޕްގައި ވާދަކުރަމުން އަންނަ ގައުމެކެވެ. މިއީ ފްރާންސް ވޯލްޑް ކަޕްގައި ވާދަކުރާ 15 ވަަނަ ފަހަރެވެ.

ކޮލިފައިވި ގޮތް

ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގައި ފްރާންސް ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އެވެ. ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ފްރާންސް ގުރޫޕްގެ އެއްވަނަ ހޯދީ 23 ޕޮއިންޓާ އެކު އެވެ. މި ގުރޫޕްގެ ދެވަނަ ހޯދި ސްވިޑަން އަށް ލިބުނީ 19 ޕޮއިންޓެވެ. ކޮލިފައިންގައި ފްރާންސް ކުޅުނު 10 މެޗުގައި އެ ޓީމުން 18 ލަނޑު ޖެހި އެވެ. ބައިކޮޅަށް ވަނީ ހަ ލަނޑެވެ.

ކޯޗު

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަކީ ކުޅުންތެރިއެއްގެ ގޮތުގައި އެ ގައުމު ލެޖެންޑެކެވެ. ފްރާންސް އިން 1998ގެ ވޯލްޑް ކަޕާއި 2000ގެ ޔޫރޯ ކާމިޔާބުކުރިއިރު، ކެޕްޓަނަކީ ޑެޝޯމްޕްސް އެެވެ. އޭނާގެ ކޯޗިން ކެރިއަރު 2001 ގައި ފެށީ ފްރާންްސްގެ މޮނާކޯ އިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޔުވެންޓަސް އާއި މާސޭ އަށް ކޯޗުކޮށްދީފަ އެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ޑެޝޯމްޕްސް ހަވާލުވީ 2012 ވަނަ އަހަރެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2014 ގެގެ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. ފްރާންސްގައި 2016 ގައި އޮތް ޔޫރޯގެ ފައިނަލަށް ފްރާންސް ދަތުރުކުރީ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުންނެވެ. ފައިނަލްގައި ފްރާންސް ބަލިވީ ޕޯޗުގަލް އަތުންނެވެ.

މުހިންމު ކުޅުންތެރިން

ޕޯލް ޕޮގްބާ: ފްރާންސްގެ މުހިންމު މިޑްފީލްޑަރެއް ކަމަށްވާ ޕޮގްބާ އަށް މިއީ ދެވަނަ ވޯލްޑް ކަޕެވެ. ބްރެޒިލްގައި 2014 ގައި އޮތް މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދި އެވެ. ފްރާންސްގެ ގައުމީ ޓީމަށް ޕޮގްބާ ކުޅެން ފެށީ 2013 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފްރާންސްގެ ޔޫތު ޓީމުތަކަށް ކުޅެފަ އެވެ. ފްރާންސް އިން 2013 ގައި އޮތް 20 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރީ ޕޮގްބާގެ އިރުޝާދުގެ ދަށުންނެެވެ. ބޮޑު އަގެއްގައި ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް 2016 ގައި ބަދަލުވި ޕޮގްބާ މި ސީޒަންގައި ދެއްކިި ކުޅުމަށް ބައެއް ތަޖުރިބާކާރުން ވަނީ ފާޑުކިޔައިފަ އެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕަކީ ޕޮގްބާ އަށް އޭނާގެ ފެންވަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އެންޓޮއިން ގްރީޒްމަން: ފްރާންސްގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު، ގްރީޒްމަން ގައުމީ ޓީމަށް ކުޅެން ފެށީ 2014 ގަ އެވެ. އެ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ޓީމުގައި ގްރީޒްމަން ހިމެނުނެވެ. އަދި ފްރާންސްގައި 2016 ގައި އޮތް ޔޫރޯގެ ފައިނަލަށް ފްރާންސް ދަތުރުކުރިއިރު، ގްރީޒްމަން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ މުބާރާތުގައި ގްރީޒްމަން ހަ ލަނޑު ޖެހި އެވެ. މުބާރާތުގެ ރަން ބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ގްރީޒްމަނަށެވެ. އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ގްރީޒްމަނަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވަޑެވެ.

ފްރާންސްގެ އެންމެ މުހިއްމު ކުޅުންތެރިއާ އެންޓޮއިން ގްރިޒްމަން. --ފޮޓޯ: އޭއެފްޕީ

ހޫގޯ ލޮރިސް: ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް އަކީ ތަޖުރިބާކާރު ގޯލްކީޕަރެކެވެ. އުމުރުން 31 އަހަރުގެ ލޮރިސް ގައުމީ ޓީމަށް ކުޅެން ފެށީ 2008 ގަ އެވެ. ލޮރިސް ވަނީ 2010 އަދި 2014ގެ ވޯލްޑް ކަޕާއި 2012 އަދި 2016ގެ ޔޫރޯގައި ފްރާންސްގެ ގޯލު ބަަަލަހައްޓައިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ލޮރިސް އަކީ މި ވަގުތު ފްރާންސްގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އެހެންކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި ލޮރިސްގެ މުހިންމުކަން ފްރާންސަށް ބޮޑުވާނެ އެެެވެ.

ގްރޫޕުގައި އޮތް ފުރުސަތު

ގުރޫޕް ސީގެ ފޭވަރިޓަކީ ހަމަ ޔަގީނުން ވެސް ފްރާންސް އެވެ. މި ގުރޫޕްގައި ދެން އޮތީ ޕެރޫ އާއި ޑެންމާކް އަދި އޮސްޓްރޭލިއާ އެވެ. ފްރާންސް އަށް އެންމެ ބޮޑު ވާދައެއް ކުރާނެ ކަމަށް ބެލެެވެނީ ޑެންމާކެވެ. ނިސްބަތުން މިއީ ފްރާންސަށް ފަސޭހަ ގުރޫޕެކޭ ބުނެވިދާނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454