30 މެއި 2018 - 10:08
ބީނޯސް އޭރީޒް، އާޖެންޓީނާ (މެއި 30) - ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރޭ ހައިޓީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ކެޕްޓަން ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-0 އިން އާޖެންޓީނާ ފުރިހަމަ މޮޅެއް ހޯދައިފި އެވެ.
މިއީ މާޗް މަހު ސްޕެއިން އަތުން 6-1 އިން ވި ބޮޑު ބައްޔަށް ފަހު އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗެވެ. ޕީއެސްޖީގެ އުއްމީދީ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިން ރޭގެ މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ލިއޮނަލް މެސީ ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ލޮ ސެލްސޯ އަށް ހައިޓީ ކުޅުންތެރިއަކު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފުގައި އިތުރު ދެ ލަނޑު ޖަހައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، އަނެއް ގޯލު ޖެހީ މެސީ ދިން ބޯޅަ އަކުން ސާޖިއޯ އަގުއޭރޯ އެވެ. މި ސީޒަންގައި މެންޗެސްޓާ ސިޓީ ފަހުން ކުޅުނު މެޗުތަކުގައި އަނިޔާގެ ސަބަބުން އަގުއޭރޯ ނުފެނުނު ނަމަވެސް ރޭ އެނބުރި އައިސް އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނީ މިއީ އޭނާ ބޭނުންވި ހުރިހާ ކަމެއް ފުރިހަމަ މެޗެއް ކަމަށެވެ.
"ވަކިވަކި ކުޅުންތެރިންގެ ފަރާތުން އަހަރެން އުއްމީދުކުރި ހުރިހާ ކަމެއް މި މެޗުގައި ފެނިގެންދިޔަ. އަހަރެމެންގެ ކެޕްޓަން (މެސީ) ހެޓްރިކެއް ހެދި. ދެން ގޯލްކީޕަރު ވެސް ރަނގަޅު ކުޅުމެއް ދެއްކި. މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް،" ސަމްޕައޮލީ ބުންޏެވެ.
ރޭގެ މެޗަކީ އާޖެންޓީނާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހަވިއޭ މަޝެރާނޯ އެ ޓީމަށް ކުޅެދިން 143 ވަނަ މެޗެވެ. އެއާ އެކު އޭނާ ވަނީ އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީގެން ހަވިއޭ ޒެނެޓީ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.
އާޖެންޓީނާ ދެން ކުޅޭ މެޗުގައި އަންނަ މަހު ނުވަ ވަނަ ދުވަހު ނުކުންނާނީ އިޒްރޭލާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
01 June 2018
ހިރިލަންދޫ ކޮޅަށް ހެޓްރިކު ހެދިދާނެ
ހަގީގަތް
31 May 2018
ތެދުވިއްޔާ ތެދު، ތިވިދާޅުވީ ވަރަށް ބުޑު ތެދުފުޅެއް. ދުނިޔެދުއް އެންމެ ކާމިޔާބު ކޯޗު ކަމަށްވާ ސަރ އެލެކްސް ފަރގަސަން ވެސް ވިދާޅުވެފައިވޭ، 'ރޮނާލްޑޯ އިޒް އަ ކޮމްޕްލީޓް ޕަރސަން' އޭ.
ތެދު
01 June 2018
ދޮނަކަލޯ ރޮނާލްޑޯ މޮޅު. އެކަމަކު އަހަރުމެން މިބުނަނީ މެސީއެއީ އެހެން ލެވަލްއެކޭ. ކަލޯ މިސީޒަނަށް ބަލާލިޔަސް އެކަން ފެންނާނެ. މެސީ އެއީ ގޭމް ޗޭންޖާއެއް. މެސީ މޮޅޭ މިބުނަނީ މިޑްފީލްޑަރަކަށް ކުޅެގެން 45 ގޯލާއި 18 އެސިސްޓް ހަދައި ބައެއް މެޗުތަކުގައި އޭނާގެ ހުނަރުން އެކަނި މެޗުތަކުން މޮޅުވެފައިވާތީ. މެސީއެއީ ނެޗުރަލީ ޓެލަންޓަޑް ކުޅުންތެރިޔެއް. އޭނާ އެދޭ ތްރޫ ބޯލްސްތަކާއި ލޯންގް ބޯލްސްތައްއެއީ އާދައިގެ އިންސާނުނަށް ކުރެވޭނެ ކަންތައްތަކެއްނޫން. ދުނިޔޭގެ ފުޓްބޯޅައަށް އިންޤިލާބު ގެނައި ޖޯހަން ކްރައިފް މެސީއަށްކުރި ތަޢުރީފުންވެސް އޭނާގެ މޮޅުކަން ހާމަވޭ. ވަރަށް ވެދުން.
މެހި
31 May 2018
ދަނޑުމަތީގަ އެދުވެއުޅޭ ހިކަންޖަށްވުރެ ސީ.އާރް-7 ހުރިހާ ގޮތަކުންވެސް ކާމިޔާބު.
ރަދީފް
30 May 2018
ހެއިޓީ އޮތީ 108 ވަނައިގަ.
ތެދުވިޔާ ތެދު
30 May 2018
ވޯލްޑް ކަޕް ގަ މެސީ ދާނީ މަހައް މެސީ މޮޅު އެކަމު ގައުމީ ވަންތަ ކަމެއް ނެއް މެސީ ގެ ނެއް ލީޑަރސިޕް ކޮލެޓީއެއް
ރަދީފް
31 May 2018
ތެދުވިއްޔާ ތެދަށް.މުސްތަގްބަލުގަ ވާނެގޮތް ބުނަން ދަސްކުރީ ކިހިނެތްތޯ؟؟ އެއިލްމް ކިޔަވައިދެނީ ކޮން ކޮލެޖަކުންތޯ؟؟ އަޅުގަނޑުވެސް ބޭނުން އެކޮލެޖުން ކިޔަވަން.ޕްލީޒް..ވ.ވެދުން..-™ރަދީފް®-
ހަގީގަތަކީ މިއީ
30 May 2018
މިކުޑަކުޑަ ދިވެހިރާއްޖޭގެ އެންމެ ގިނައީ މެސީގެ ފޭނުން. އިހަކަށް ދުވަހަކު މަޝްހޫރު ކުޅިވަރު ޗެނަލް އަކުން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނައީ މެސީ އަށް ވުރެ ކްރިސްޓިއަން ރޮނާލްޑޯގެ.
ތެދުވިޔާ ތެދު
30 May 2018
ބުރަމަސައްކަތް ކުރާތި ރޮނާލްޑޯ ބެސްޓް ޕެނަލްޓީ ޖަހާ މެސީވެސް
ހަހަހހަހަހ
30 May 2018
ކީއްވެބާ އާޖަންޓީނާ ފޯކައިދޫއާ ނުކުޅުނީ؟ 5 ވަރަކަކައް ހެޓްރިކް ހަދާލެވުނީސް
ނަފާ
30 May 2018
ހެއިޓީއަކީ ގަދަ ޓީމެއް ރޭންކިން ބައްލަވާ
އަސޭލާ
30 May 2018
ރޮނާޑޯ ވަނީ މެސީތެޅިތެޅި ހުއްޓް ޗެމްޕިއަންސްލީގުގެ ތަށި 5 އުފުލާލުމު ސަރަފް ލިބިގަނެފަ މުޅި ބާސެލޯނާއަށް ވެސް ޗެންޕިއަންސްލީގު ލިބުނީ 5 ފަހަރު (ހަޖަމް)
ތެދުވިޔާ ތެދު
30 May 2018
2002،2014،2016،2017،2018 ވެއިތުވެދިޔަ 18 އަހަރުވެސް އެންމެ ގިނަ ތަށި ހޯދީ ރިއަލްމެޑްރިޑް ބާސާ އަދި 30 އަހަރު ނަގާނެ ރިއަލްއާއި ހަމަކުރަން ރިއަލް މެޗެއްނުކުޅެ ތިއްބަސް
އަސްލުހާލަތު
30 May 2018
މެސީ ވެސް 4 ފަހަރު.. ރޮނާލްޑޯ 5 ތަށި ހޯދީ އެތަށް މެޗެއް އަދި 2 މުބާރާތް އިރުތަށް ކުޅެގެން.. އުމުރުވެސް 2 އަހަރު ދޮށީ.. މެސީ އެވަރަށް މެޗު ހަމަކުރާއިރު 6 ތަށި ހުންނާނެ އިރާދަފުޅުން..
ޕޮގުބާ
30 May 2018
ހައިޓީ އެއީ ސުންނާފަތވެފައޮތްތަނެއް ޓީމުވެސް ހަމަވީ އެހައްދުވަހު ހައިޓީކޮޅަށް މަވެސް ހަދާނަން ހެޓުރިކް ޖަހާށޭކިޔާ ދިނީމަ މެސީ 3 ގޯލްޖެހީ މާމޮޅަށް ކުޅިގެންނެއްނޫން ބަޔަކުކުރި މަސައްކަތެއްގެ ފައިދާ ނަހަމަ ގޮތުގަ ކުޅުމުގެ ތެރެއިން ނެގީ ނާޖާއީޒް ގޮތުގަ
ވޮލަންޓިއަރު
30 May 2018
މެސީ ވަނީ ރެއާލް ކޮޅައްވެސް ހެޓްރިކް ހަދާފަ ، އެއީ އަދި އެންމެ 21 އަހަރުގަ، ދެން ހަޖަމް ކޮއްލާ
އަބޭ
30 May 2018
ބްރެޒިލް ކޮޅައްވެސް ހެޓްރިކް ހެދި ރެއާލް ކޮޅައްވެސް. ޕެނާއަކައް ނުވޭ
ޕެނާ
30 May 2018
ކޮއިފުޅާ ކަލޭގެ މޮޅު ރޮނާލްޑޯއަށް ފްރާންސް ޖާރމަނީ އިޓަލީ ބްރެޒިލް އަދި ސްޕެއިން ކޮޅަށް ލަނޑެއް ޖެހުނުތޯ. މުޅިންވެސް ލަނޑު ޖަހާފައިހުރީ ފީފާ ރޭންކިންގައި ދަށް ޓީމުތައްކޮޅަށް. އެވެސް ޓެޕިންގް އާއި ޕެނަލްޓީތަކުގެ އިތުރަށް އީޒީ ހެޑާރސް. ކިތަންމެ ޖޭ ވިޔަސް މެސީ އެއީ ދުނިޔޭގެ އެންމެ ގިނަ ސޯލޯ ގޯލްޖެހި ކުޅުންތެރިޔާ. ކަލޭގެ ރޮނާލްޑޯއަށް މިފަދަ 50 ގޯލްވެސް ނުޖެހޭ. މެސީވަނީ 100 އަށްވުރެ ގިނަ ގޯލްޖަހާފައި. ވަރަށް ވެދުން
ޢަޒީ
30 May 2018
މެސީ ބަގްލަ ދޭޝް ކޮޅައްވެސް ތިހާވަރައް ގޯލްޖަހާނެ... ގޯހެއް ނޫން??