ޗެލްސީގެ ވިލިއަން އާއި ރުޑީގާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
23 ޖުލައި 2018 - 10:21
ބާސެލޯނާ (ޖުލައި 23) – ޗެލްސީގެ ބްރެޒިލް ވިންގާ ވިލިއަން ގަތުމަށް ބާސެލޯނާ އިން ކުރާ މަސައްކަތުގައި 72 މިލިއަން ޔޫރޯގެ އޮފާއެއްކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ އިން މީގެ ކުރިން ކުރި ތިން އޮފާއަށް ވެސް ޗެލްސީން ވަނީ ނޫނެކޭ ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 72 މިލިއަން ޔޫރޯއަކީ ބާސެލޯނާ އިން އޭނާ ގަތުމަށް ހުށަހަޅާނެ އަގެވެ.
ލިއޮނަލް މެސީ އާއި ފިލިއްޕޭ ކުޓީނިއޯ ފަދަ ކުޅުންތެރިންނާ އެކު ކުޅެލުމުގެ ފުރުސަތަށް ވިލިއަން ނޫނެކޭ ބުނާނެ ކަމަށް ނުބެލެވެ އެވެ. އެކަމަކު އެކަމަށް އޮތް ހުރަހަކީ ޗެލްސީގެ އާ ކޯޗު މައުރީޒިއޯ ސާރީ ކަމަށް ބެލެވެ އެވެ. ޕްލޭމޭކަރު އެޑެން ހަޒާޑާއި ގޯލްކީޕަރު ތިބައޫ ކޯޓުއާ ވިއްކާލަން މަޖުބޫރު ހާލަތެއްގައި އޮތްއިރު އިތުރު ތަރިއަކު ވިއްކާލަން ސާރީ ބޭނުމެއް ނުވާނެ އެވެ.
ވިލިއަން ވަނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް 13 ގޯލް ޖަހައިދިނީ 12 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. ބްރެޒިލްގެ ކޮރިއަންތިއަންސް އިން 2006 ގައި ކެރިއަރު ފަށައި ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކާއި ރަޝިއާގެ އަންޒީ މަކްއަލްޗާ އަށް ކުޅެފައިވާ އުމުރުން 29 އަހަރުގެ ވިލިއަން އަކީ ބްރެޒިލް ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
24 July 2018
ތަށްޓެއް މިލިބެނީވެސް ދުނިޔޭގެ އެންމެ އަގުބޮޑު ސްކޮޑަށް ވެގެން. ބެންޗުގަވެސް މިތިބެނީ އަގުބޮޑު ކުޅުންތެރިން. އެވަރުންވެސް ޗެމްޕިއަންސް ލީގުގެ ތަށްޓެއްގަ އަތްލެވޭ ވަރެއްނޫން.
ޗެލްސީ
23 July 2018
ވިލިއަމް 72 މިލިއަނަން ދޫ ކޮއްލުން ރަނގަޅު.. ޒުވާން ކުޅުންތެރިން ގެނޭ.
އަބްދުﷲ
23 July 2018
މިޓީމުން ބޭނުންވަނީ ބެންޗް ބޮޑުކުރަންތަ؟؟؟!!!’
އެޑަމް
23 July 2018
ތަނެއްގަ މޮޅު ކުޅުންތެރިޔަކު ހުރިއްޔާ ބާސެލޯނާއާއި، ރެއާލް ހީވާނީ މޮޔަވެގެން އުޅޭހެން.. ފުޓްބޯޅަ ހަލާކުވެ ފޯރި ކުޑަވަނީ މިމީހުންނާހުރެ.. ދެން ގެންގޮސް ބެންޗްގަ ބައިތިއްބައިގެން ކުޅުންތެރިން ހަލާކުކޮށްލަނީ