ފްރާންސްގެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭ.-- ފޮޓޯ: އޭއެފްޕީ
16 ނޮވެމްބަރ 2018 - 08:49
ޕެރިސް (ނޮވެމްބަރު 16) - ފްރާންސްގެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭ ގެންދަން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ބޭނުންނުވީ ކަމަށް މަޝްހޫރު ފުޓްބޯޅަ އޭޖެންޓް ޔޯސެފް މާރިއާ މިންގޭލާ ބުނެފި އެވެ.
މޮނާކޯ ދޫކޮށް މިދިޔަ އަހަރު އޮގަސްޓް މަހު އެމްބާޕޭ ފުރަތަމަ ގުޅޭނެ ކަމަށް ބެލެވުނީ ރެއާލް މެޑްރިޑަށެވެ. އެކަމަކު ރެއާލުން އެ ފުރުސަތުގެ ބޭނުމެއް ނުހިފި އެވެ. މޮނާކޯގެ ވާދަވެރި ޕީއެސްޖީ އަށް އެމްބާޕޭ ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުން ދާއިމީ ކުރަން ޕީއެސްޖީން 170 މިލިއަން ޔޫރޯ ދައްކަން ޖެހެ އެވެ.
ފުޓްބޯޅަ އޭޖެންޓް މިންގޭލާ ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެމްބާޕޭ އަށް ބާސެލޯނާ އިން ނޫނެކޭ ބުނި ކަމަށެވެ.
"މިދިޔަ އަހަރު އޮގަސްޓް 5 ގައި އަހަރެން އެމްބާޕޭ ބާސެލޯނާ އަށް ހުށަހެޅިން. އެ ހުށަހެޅުމަށް ބާސެލޯނާ އިން ބުނީ ނޫނެކޭ. އަހަންނަށް ޔަގީން އެ ނިންމުމާމެދު ކުރިއަށް އޮތް 10 އަހަރު ވަންދެން ބާސެލޯނާ އިން ދެރަވާނެކަން،" މިންގޭލާ ބުންޏެވެ.
އޭނާ ބުނީ އެމްބާޕޭ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވި އެންމެ ބޮޑު ސަބަބަކީ މެސީ ކަމަށެވެ.
"އަހަރެން ގާތުގައި އެމްބާޕޭގެ ބައްޕަ ވެސް އެދުނު އޭނާ ބާސެލޯނާ އަށް ގެންދަން. ހަަމައެކަނި ސަބަބަކީ މެސީއާ އެއް ޓީމަކަށް އޭނަ ކުޅުވަން ބޭނުންވުން. އެކަމަކު އެކަމެއް ނުވި،" މިންގޭލާ ބުންޏެވެ.
ބާސެލޯނާ އިން އެމްބާޕޭގެ ބަދަލުގައި މިދިޔަ ސީޒަނުގައި ގެނައީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު އޮސްމާން ޑެމްބެލޭ އެވެ. ޑެމްބެލޭ ގަތީ 100 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު އެމްބާޕޭ ވަނީ ފްރާންސަށް މި ފަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކޮށްދޭން އެހީތެރިވެފަ އެވެ. އެ މުބާރާތުގައި ހަތަރު ގޯލު ޖެހި އުމުރުން 19 އަހަރުގެ އެމްބާޕޭ ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ
17 November 2018
އޭނަ ނުގެނައީ މެސީއަތްތުރެ މޮޅުވެދާނެތީ......
މީނަ
17 November 2018
ދޮންކަލޯ އެމްބާޕޭ ބާސާއަށް ނުގެނައީ އަގު ބޮޑުވެފަ ބާސާގެ ސްޓްއިލާ ނުގުޅޭތީ. އެމްބާޕޭއަކީ ސްޕީޑަށް ޑިޕެންޑްވާ ކުޅުންތެރިޔެއް. އަދި އޭނަ ރަނގަޅުވާނީ ކައުންޓާރ އެޓޭކިންގް ފުޓްބޯޅައަށް. ކަންކަން އެނގިގެން ކޮމެންޓްކޮށްބަލަ.
އެންމްބާފެން
17 November 2018
އިހައް ބަލާބަލަ 10 އަހަރު ވަންދެން ތި އެންބައިތް ޕެން ހުއިތްނުވެ ބެހެއްޓޭނެ ގޮތެއް!! ބާސާ ދެރަވާނެ ޔޯ ކުރިއަށް އޮއިތް 10 އަހަރު ވަންދެން ހެހެހެ??? އެ ބައިތްޕެން ނުބޮވުނީމަ ....