05 ޑިސެމްބަރ 2018 - 10:39
ބާސެލޯނާ (ޑިސެމްބަރު 5) – މި އަހަރުގެ ބެލޮންޑިއޯ އެވޯޑުގައި ލިއޮނަލް މެސީ ފަސް ވަނަ އަށް ދިއުމަކީ ޖޯކެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ސިފަކޮށްފި އެވެ.
ދުނިޔޭގެ 180 ނޫސްވެރިންގެ ވޯޓުން ހޮވި މި މަގާމް ކާމިޔާބުކުރީ ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗެވެ. އޭނާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ކްރޮއޭޝިއާއާ އެކު ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މެސީ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށް އިންޑިވިޖުއަލީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ މި އެވޯޑުގެ ގަދަ ތިނެއްގައި މެސީ އަށް 2006 ގެ ފަހުން ޖާގަ ނުލިބުނު ފުރަތަމަ ފަހަރެވެ.
"އަހަރެމެން މޮޑްރިޗަށް މަރުހަބާ ކިޔަން ބެލޮންޑިއޯ އެވޯޑް ހޯދުމުން. އެކަމަކު މެސީ ފަސް ވަނައިގައި އޮތުމަކީ ޖޯކެއް،" ވަލްވޭޑޭ ބުންޏެވެ.
ގަދަ ތިނެއްގައި މެސީ ނުހިމެނޭތީ ވަލްވޭޑޭ ވަނީ ކުރިން ވެސް ފާޑުކިޔައިފަ އެވެ. އެގޮތުން ވަލްވާޑޭ ބުނީ އޭނާ ހުރީ ވަރަށް ގިނަ ބަޔެކޭ އެއްގޮތަށް ހައިރާންވެފައި ކަމަށާއި މެސީ ނެތި ގަދަ ތިން ކުޅުންތެރިން ދުނިޔޭގެ ނިސްބަތުން ނުނެގޭނެ ކަމަށެވެ.
"ޓީމުތަކުން ހޯދާ ކާމިޔާބީ އަކީ ވަކި ކުޅުންތެރިންނަށް ނޮމިނޭޝަން ދޭން ޖެހޭ ސަބަބެއް ނޫން. އިންޑިވިޖުއަލީ ބަލަންވީ. ތަފާސްހިސާބުތަކުން ވެސް ބަލަންވީ. މެސީ ފަހަތަށް ޖައްސާލެވޭނެ ކުޅުންތެރިޔަކު މަދުވާނެ،" ވަލްވޭޑޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީނާގެ އަމީން
06 December 2018
މިފަހަރު ހައްގު މީހާ އަށް އެއޮތީ އެވޯޑް ދީފަ... އެކަމަކު މެސީ ހިމެނެން ވާނެ ޓޮޕް ތްރީގަ... މީ ވަރަށް ބޮޑު އަޖައިބެއް.... މެސީ ވަނީ ލަލީގާ ނަގާ އެންމެ ގިނަ ލަނޑުވެސް ޖަހާފަ... ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައި ކޮށްދީ ވޯލްޑް ކަޕް ދެވަނަ ބުރަށް އާޖެންޓީނާ ގެންގޮސްދިނުމުގައި ބޮޑު ރޯލެއް އޭނާވަނީ ކުޅެފަ.... މި ސީޒަނަށް ބަލައިލިޔަސް އަދި މެސީ ފަހަތަށް ޖައްސާލެޥޭ ވަރުގެ މީހެއް ނެތް...
ބިއްލޫރި ތަށި
05 December 2018
ވަލްވޭޑޭ ވެސް ދައްކާ ވާހަކަ ދޯ ދެން. އަބަދު އެއްގޮތަކަށް ކަންކަން ނުހިނގާނެ ދޯ. ދިރިއުޅުމަކީ އެއް ތައްގަނޑަކަށް ޖަހާލެވޭ ސްޓޭމްޕެއް ނޫން ވިއްޔަ.
ޖަޑު ޖަޑު
05 December 2018
ވޯލްޑްކަޕާއި ޗެމްޕިއަންސް ލީގު އަދި ޔުރޮފާ ލީގު ކާމިޔާބު ކުރި ކުޅުންތެރިންތިއްބަ ހޮނދު މެސީ މިއެވޯޑަށް ނޮމިނޭޓްވާ ގަދަ 10ގަ ހިމެނުމަކީ މާބޮޑު ޖޯކެއް
ބަފާ ޖަޑު
05 December 2018
ތި ކޮމެންޓަށް ލިބިފަހުރި ލައިކްސް ގުނާަލީމެ އެކަން އެގޭ
އަބްދުﷲ
05 December 2018
މޮޑްރިޗް އެހާ މޮޅެއްނޫން. ނަމަވެސް ލިބުނީތީ މަރުހަބާ..
ރަދީފް
05 December 2018
އެއީ މައްސަލައެއް ނޫން.އަހަރުމެންގެ އިހުގެ ރައީސް މީހާ ބުނާހެން ދެންފަހަރަކު 01 ވަނަ ހޯދުން އެއީ ތިޔަކަމުގަ ބައިވެރިވި 180 ނޫސްވެރިންގެ މޫނުމަތީގަ ޖަހާލެވޭނެ ވަރަުގަދަ ފުޅާ ބިޔަ ތަފާލެއް ކަމުގަ ނޫނީ ނުވާނެ.މެސީ ހިތްވަރުކޮއްލާތި ، ނަމަވެސް ރޮނާލްޑޯ ބޭބެ ވެސް ހުރީ ވަރަށް ފޯމްގަ.ގުޑް ލަކް މެސީ އަދި ރޯނާލްޑޯ.ވ.ވެދުން