ކުޅިވަރު / ބަހުރެއިން

ބަހުރޭންގެ ފުޓްބޯޅަ ކުޅުންތެރިއަކު ތައިލެންޑު ޖަލުގައި ތާށިވެފައި

ހައްޔަރުކޮށްފައިވާ ބަހްރޭނުގެ ކުޅުންތެރިއާ ހަކީމް.-- ފޮޓޯ: އޭއެފްޕީ

ބެންކޮކް، ތައިލެންޑް (ފެބްރުއަރީ 8) - ބަހްރޭނަށް އުފަން އެކަމަކު އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދާފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ ހަކީމް އަލް-އަރައީބީ، ތައިލެންޑުގެ ޖަލުގައި ތާށިވެފައިވާތާ 60 އަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ ސަލާމަތްކޮށްދޭން ދުނިޔޭގެ މައި ކުޅިވަރު އިދާރާތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަން ފަށައިފި އެވެ.

މި މައްސަަލައިގައި އެންމެ ފަހުން ތައިލެންޑުގެ އެޓާނީ ޖެނެރަލް އޮފީހުން މިދިޔަ ބުދަ ދުވަހު ނިންމާފައިވަނީ ހަކީމް އިތުރު 60 ދުވަހަށް ހައްޔަރުކޮށްފައި ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ކޯޓުގައި ދާދި ފަހުން ހަކީމް ވަނީ އޭނާ އަލުން ބަހްރޭނަށް ފޮނުވާނުލަން އެދިފަ އެވެ. އަލުން ބަހުރޭނަށް ފޮނުވައިފިނަމަ އޭނާގެ ފުރާނަ އަށް ނުރައްކާވާނެ ކަމަށް ވެސް ބުންޏެވެ.

ހަކީމް އަލް-އަރައީބީ އަކީ ކާކު؟

ހަކީމް އަލް-އަރައިބީ އަކީ 2010 ވަނަ އަހަރުން ފެށިހެން ބަހްރޭނުގެ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެމުން އައި ކުޅުންތެރިއެކެވެ. އޭނާ އަކީ އޭރު ވެސް ބަހްރޭނުގެ ކުޅިވަރުގައި އުޅޭ ނުފޫޒު ގަދަ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލަމުން އައި ކުޅުންތެރިއެކެވެ. އެގޮތުން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަކީމް ވަނީ ބަހްރޭނުގައި ހައްޔަރުކޮށްފަ އެވެ. އޭނާ އެ ފަހަރު ހައްޔަކުރީ ޕޮލިސް ސްޓޭޝަނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ ތުހުމަތަށް ހަކީމް އިންކާރުކުރެ އެވެ. އޭނާ ބުނީ އެއީ އޭނާގެ އަޑުކަނޑުވާލަން ބަޔަކު ކުރާ މަސައްކަތެއް ކަމަށެވެ.

ހަކީމް ދޫކޮށްލުމަށް އެދި އޮސްޓްރޭލިއާގެ މެލްބަންގައި ކުރިއަށްދިޔަ އެއްވުމެއްގެ ބައިވެރިއަކު އޭނާގެ ޕޯސްޓަރުތަކެއް ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ހަކީމް، ޕޮލިސް ސްޓޭޝަނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހިންގި ތަހުގީގުގައި އެތަކެއް މައްސަލަތައް ކުރިމަތިވިއިރު، ހަމައެކަނި އޭނާއާ ދެކޮޅަށް ލިބިފައިހުރި ހެއްކަކީ އޭނާގެ ބޭބެ އިމާދަށް އަނިޔާކޮށްގެން ހޯދާފައިވާ ބަޔާންތަކެވެ. ފަހުން އޭގެ ހަގީގަތްތައް އެނގުމުން ހަކީމްގެ މައްޗަށް އެ ދައުވާ ނުކުރެވޭނެކަން އެނގުނެވެ.

ތަހުގީގުތައް ދިގުލައިދާތީ އޭރު ކަފާލާތުގެ ދަށުން ހަކީމް ދޫކޮށްލުމުން އޭނާ ވަނީ 2013 ވަނަ އަހަރު ގަތަރަށް ގޮސް ފިލައިފަ އެވެ، ފުރަތަމަ އީރާނަށް ދިއުމަށް ފަހު އޭގެ ފަހުން މެލޭޝިއާ އާއި ތައިލެންޑުގައި ދުވަސްތަކެއް ހޭދަކޮށް ހަ މަސް ފަހުން އޮސްޓްރޭލިއާ އަށް 2014 ވަނަ އަހަރު ގޮސް އޭނާ ވަނީ އެ ގައުމުގެ ރަށްވެހިކަން ހޯދައިފަ އެވެ. ފަހުން އެ ގައުމުގެ ސްޓޭޓް ލީގުގެ ޓީމުތަކަށް ކުޅެމުން އަންނައިރު ވަރަށް ފަހު ވަނީ ކައިވެނިކޮށްފަ އެވެ.

ތައިލެންޑުގެ ބެންކޮކުގައި އުމުރުން 25 އަހަރުގެ ހަކީމް ހައްޔަރުކުރީ މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ހަނީމޫނަށް އެ ގައުމަށް ދިޔަ ދަތުރުގައި އެއާޕޯޓުންނެވެ. އޭގެ ފަހުން އޭނާ ހުރީ އެ ގައުމުގެ ޖަލުގަ އެވެ. ހަކީމް މިނިވަން ކުރުމަށް ބަހްރޭނުގައި އެކި އެއްވުންތައް ބާއްވަމުން އަންނައިރު، އޮސްޓްރޭލިއާގައި ވަނީ ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.

އޭއެފްސީގެ ރައީސް ޝެއިހް ސަލްމާނަށް ތުހުމަތުތަކެއް!

އުމުރުން 25 އަހަރުގެ ހަކީމް އަކީ 2011 ވަނަ އަހަރުން ފެށިގެން ބަހްރޭނުގެ ކުޅިވަރު ދާއިރާގައި ނުފޫޒުގަދަ ފަރާތްތަކާ ދެކޮޅަށް އެކި އެއްވުންތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. އަދި އޭރު އޭނާ ވަނީ މިހާރު އޭއެފްސީގެ ރައީސަކަށް ހުންނެވި ޝެއިހް ސަލްމާނާ ދެކޮޅަށް ވެސް އެއްވުންތަކެއް ބާއްވައިފަ އެވެ. އެ އެއްވުންތަކުގައި ޝެއިހް ސަލްމާނާ ދެކޮޅަށް ހަކީމް އިސްވެ ހުރެ ވަނީ ގިނަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިޔަ އެވެ. ހަކީމްގެ ގާތް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ އަށް ސަލާމަތްނުވެވިގެން އުޅޭ އެއް ސަބަބަކީ ޝެއިހް ސަލްމާންގެ ނުފޫޒެވެ.

މި މައްސަލައިގައި މިިދިޔަ މަހު 28 ވަނަ ދުވަހު އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަކީމްގެ މައްސަލައިގައި އޭއެފްސީ ރައީސް ސަލްމާންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި ފެތުރެމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ހުޅަނގު އޭޝިއާގެ ކަންތައްތަކުގައި އޭއެފްސީން އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ނައިބު ރައީސް ޕްރަފުލް ޕަޓޭލް ކަމަށާއި މީގެ 18 މަސް ދުވަސް ކުރިން އޭނާއާ އެ ޒިންމާ ހަވާލުކުރީ އޭއެފްސީގެ ރައީސް ޝެއިހް ސަލްމާނާ މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހިނގަމުން އަންނާތީ އޭގެ އެންމެ ރަނގަޅަށް އެ ކަންތައްތައް ގެންދިއުމަށް ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގައި އޭއެފްސީ ރައީސް އަދި ފީފާގެ ނައިބު ރައީސް ޝެއިހް ސަލްމާނުގެ ފަރާތުން އެއްވެސް ކަމެއް ނުފެންނާތީވެ، އެ ދެ މަގާމުން އެ ބޭފުޅާ ވަކިކުރުމަށް ވޯލްޑް ޕްލޭޔާސް އެސޯސިއޭޝަނުން ވަނީ މަސައްކަތް ފަށައިފަ އެވެ.

އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން 2016 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯލްޑް ޕްލޭޔާސް އެސޯސިއޭޝަނުގެ ޗީފް އެގްޒެކްޓިވް ބްރެންޑަން ޝްވަބް ދި ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ޝެއިހް ސަލްމާނަށް މި މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިވާ ކަމަށާއި ރަސްމީކޮށް އޭނާ ވަކިކުރުމުގެ ކަންތައްތައް ފީފާ އަށް ހުށަހަޅާނެ ކަމަށާއި އަންނަ އޭޕްރީލް މަހުގައި އޮތް އޭއެފްސީ އިންތިހާބުގައި އޭނާ އަށް ވާދަނުކުރެވޭނެ ގޮތް ހެދުމަށް ވެސް ހުށަހަޅާނެ ކަމަށެވެ.

ހަކީމް މައްސަލައިގައި އޮސްޓްރޭލިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ތައިލެންޑުގެ ސަރުކާރާ މެދު ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި އިންޓަޕޯލްގެ ނޯޓިސް އޮތް ނަމަވެސް އޮސްޓްރޭލިއާގެ ރަށްވެހިކަން ދީފައިވާ ފަރާތެއް ދޫކޮށްލެވޭނެ އުސޫލުތަކެއް ހުންނާނެ ކަމަށާއި ބަހްރޭނަށް އަލުން ހަކީމް ފޮނުވާލައިފިނަމަ އޭނާ ނުކުރާކަމެއްގެ އަދަބު ދޭނެ ކަަމަށެވެ. ބަހްރޭނަށް ހަކީމް ގެންގޮސްފިނަމަ އޭނާ 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަން ޖެހޭނެ އެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ހަކީމް ސަލާމަތްކުރުމަށް ތައިލެންޑު ސަރުކާރުގެ ފަރާތުން މިހާތަނަށް ތަފާތު އުޒުރުތަކެއް ދައްކަމުން އަންނަކަމަށާއި އެ ފަރާތްކަށް މީގެ ސަަބަބުން ކުރިމަތިވާނެ ގެއްލުންތައް ވަރަށް ރަނގަޅަށް އަންގާފައިވާނެ ކަމަށެވެ.

ތައިލެންޑާ މެދު ހިތްހަމަ ނުޖެހި އޮސްޓްރޭލިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ ގައުމަށް އޮސްޓްރޭލިއާގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ދާން ހަމަޖެހިފައި އޮތް ޓްރެއިނިން ކޭމްޕް ވެސް ކެންސަލްކޮށްފަ އެވެ.

6 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 64%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާދާސީދާ

10 February 2019

ސޭވް ޙަކީމް. ޙަކީމަށް އަނިޔާކުރުން ހުއްޓާލާ! އަނިޔާވެރިކަމަކީ އިސްލާމްދީން ނަޙީކުރައްވާފައިވާ ކަމެއް. މިއީ ޔާމީނުމެން ވެސް މީހުންނަށް އަނިޔާދިން ސްޓައިލް.

The name is already taken The name is available. Register?

Ahmed

09 February 2019

އެލް އަރަބިގެ ޝީއީ ބެކްގްރައުންޑު ގެ ވާހަކަ ނުގެނައުމަކީ ސްމާޓް ނިންމުމެއް. އިސްލާމުންނަށް ދެމުންދާ އަނިޔާތައް ވަރަށް ގޯހެވެ.މުސްލިމުން އެހެން ގަބޫލު ކުރުންތަަކުގެ މީހުންނަށް ގޯނާ ކުރޭތޯ ބަލާލުން ވެސް މުހިންމެވެ.ޕާކިސްތާން ފަދަ ގައުމު ތަކުގެ މައިނޯރިޓީއާ މެދު ކަންކުރެވެނީ ރަންގަލަށްތޯއެވެ.ބައެއް ގައުމު ތަކުގަ މުސްލިމަކަށް ބަދަލު ވެއްޖެނަމަ އުދަގޫ ކުރެއެވެ.މުސްލިމް ގައުމެއްގަ ދީން ބަދަލު ކުރާ މީހުންނަށްވެސް ހަމަ މިހެންތޯވެސް ބަލާލާލަން ވާނެއެވެ.

The name is already taken The name is available. Register?

ޣަފޫރު

09 February 2019

އަރަބިންގެ ތެރެއިން ތެޔޮވަޅުތަކުގެ ވެރިންގެ ނުފޫޒު ގަދައީ އަދިވެސް.

The name is already taken The name is available. Register?

ތުނިޔަ

08 February 2019

މުސްލިމެއްވީމަ ތިހެންތިވީ! ކާފަރެއްނަމަ ތިމީހާ ސަލާމަތް ކުރަން މުޅިދުނިޔެ ތެޅިފޮޅުނީސް!

The name is already taken The name is available. Register?

ހިޔަޅު

08 February 2019

ތި ސޮރު ބަހްރެއިނަށް ފޮނުވާފިއްޔާ ޚާޝްގީ ދިޔަ މަގުން ދުއްވާލާނެ. އަރަބި ކޮރަޕްޓް ގޭންގް

The name is already taken The name is available. Register?

ީކުރޭ

08 February 2019

މީދޯ މަހުލޫފު އިރުއިރު ކޮޅާ ގޮސް ބައްދަލުކޮއް ފޮޓޯނަގާފަ ފޮނިކަނޑާ ޟޭހް ސަލްމާން ގެ ފެންވަރު. ނުބައި ނުލަފާ މީހެއް! ރާއްޖެއިން ސަލްމާނަށް ވޯޓު ދީގެން ނުވާނެ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454