22 ފެބުރުއަރީ 2019 - 11:06
މެޑްރިޑް (ފެބްރުއަރީ 22) - ޒުވާން އުމުރުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ނުލިބުމުގެ ހިތާމަ އަދިވެސް ކުރައްވާ ކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް ވިދާޅުވެއްޖެ އެވެ.
ބާސެލޯނާ އަށް މެސީ ލިބުނީ އޭނާ އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް ކުޅުނުއިރު ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން އެ ކްލަބަށް އޭނާގެ ބޭސް ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދެވެން ނެތުމުން އެ ހަރަދުގައި ބާސެލޯނާ އިން ހިފުމުންނެވެ.
މެސީ ސްޕެއިނަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ފުޓްބޯޅަ އޭޖެންޓް ހޮރާސިއޯ ކަގިއޯލީ އެވެ. ކަގިއޯލީ ވަނީ 1999 ގައި މެސީ ރެއާލަށް ގެންނަން ލޮރެންޒޯއާ ވެސް މަޝްވަރާ ކޮށްފަ އެވެ. އެކަމަކު އެހާ ޒުވާން ކުޅުންތެރިޔަކަށް އެވަރުގެ ބޮޑު ހޭދައެއް ކުރަން ރެއާލުން ބޭނުމެއް ނުވި އެވެ.
"މެސީގެ އާއިލާ އިން ކަގިއޯލީ ގާތުގައި ބުނީ އޭރު އުމުރުން 10 އަހަރުގެ މެސީ އަށް ސްޕެއިނުން ރަނގަޅު ކްލަބެއް ހޯދަން. މެސީގެ ބަލި ހާލަތު ހުރި ގޮތް ވެސް އޭރު އޮތީ އޮޅުންފިލުވައިދީފައި. ކަގިއޯލީ ފުރަތަމަ އައީ ރެއާލަށް މެސީގެ މަޝްވަރާ ކުރަން. އެ ދުވަސް ވަރު އަހަރެމެން ބޭނުމެއް ނުވި ޒުވާން ކުޅުންތެރިޔަކަށް އެވަރުގެ ހޭދައެއް ކުރަން. އެ ނިންމުމާ މެދު އަދިވެސް ހިތާމަކުރަން،" ލޮރެންޒޯ ވިދާޅުވި އެވެ.
ލޮރެންޒޯ ވިދާޅުވީ މެސީއާ މެދު ބާސެލޯނާ އިން ކަންތައް ކުރިގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި މެސީގެ ބަލި ހާލަތު ހުރި ގޮތަށް ބެލުމެއް ނެތި ވެސް މެސީގެ ކަންތައްތަކާ ބާސެލޯނާ އިން ހަވާލުވީ ވަރަށް ވިސްނުންތެރިކަމާ އެކު ކަަމަށެވެ.
ލޮރެންޒޯ އަކީ ގިނަ އަހަރުތަކެއް ވަންދެން ރެއާލުގައި މަސައްކަތްކުރެއްވި ފަރާތެކެވެ. އޭނާ އެންމެ ފުރަތަމަ ރެއާލުގައި އަދާކުރެއްވީ ޑިރެކްޓަރެއްގެ މަގާމެވެ. އެކަމަކު 1995 ވަނަ އަހަރުގެ ފަހުކޮޅުގައި ރެއާލަށް ދިމާވި މާލީ މައްސަލަތަކާ ހުރެ އޭރުގެ ރައީސް ރާމޮން މެންޑޯޒާ އިސްތިއުފާ ދެއްވުމުން ރެއާލުގެ ރައީސްކަމާ ލޮރެންޒޯ ހަވާލުވެވަޑައިގަތީ އެވެ.
ލޮރެންޒޯ ވަނީ އަލުން ރެއާލް ކޮޅަށް ޖެހުމުގައި މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ. އެގޮތުން ކްރޮއޭޝިއާގެ ފޯވާޑް ޑާވޯ ސުކާ އާއި ޔޫގޯސްލާވިއާގެ ޕްރެޑްރަގް މިޔަޓޯވިޗް ގެނައީ އަމިއްލަ ހަރަދުގަ އެވެ. އަދި 1966 ވަނަ އަހަރުން ފެށިގެން ރެއާލަށް ނުލިބި އޮތް ޔޫރަޕްގެ އެންމެ ޝަރަފްވެރި ތަށި ޗެމްޕިއަންސް ލީގު 1998 އާއި 2000 ވަނަ އަހަރު ހޯދައިދިނެވެ. އެ ފަަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ލޮރެންޒޯ މަގާމުން ވަކިވެވަޑައިގަތުމާ އެކު، ފްލޮރެންޓީނޯ ޕެރޭޒް ރެއާލުގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް ވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެރޭޒް
22 February 2019
އަނެއްކާ ސެންޓިއާގޯ ބާރނެބާއުއަކީ މެސީގެ ހޯމް ސްޓޭޑިއަމް.
އަދިވެސް
22 February 2019
އަދިވެސް މި ވަރެއް ނެތް.....
ރިލުވާން
22 February 2019
ލާރި ކޮޅެއް މެސީ ދިނީ ދޯ. މެސީ ވާހަކަ ދައްކާލަން. މެސީ އަކަށް މިހާރު ނުކުޅެވޭ. މެސީ އޮއްސިއްޖެ
ހަގީގަތް
22 February 2019
ދޮންކަލޯ ތިކިޔޭ އެއްޗެއް އެބަ އިނގޭތަ. މެސީއަކީ މިސީޒަނުގައިވެސް ޓޮޕް ސްކޯރާ. އަދި އެންމެ ގިނަ އެސިސްޓު ހެދި ކުޅުންތެރިޔާ. ކީ ޕާސްއަށް ބެލިޔަސް މެސީޔާ ވާދަކޮށްލެވޭ ކުޅުންތެރިޔަކުނެތް. ކަލޭމެންގެ ހީރޯ ލީގުގައި 100 އަށްވުރެ ގިނަ ޝޮޓް ހަދައިގެންވެސް ޖެހުނީ އެންމެ 19 ގޯލު. އެވެސް 24 މެޗުން. މެސީ 22 ގޯލް ޖެހީ 22 މެޗުން. އޭގެތެރެއިން ފުރަތަމަ 11ގައި ކުޅުނީ 19 މެޗު. ދެން ޗެމްޕިއަންސް ލީގުގެ ވާހަކަ ނުދައްކާ.
މުލޭ
22 February 2019
މެސީ ވަރެއް ހަމަނެތް. ރޮނާއަކީ އެއްގޮތަކަށްވެސް މެސީއާ އަޅާކިޔޭނެ މީހެއްނޫން. މެސީ ހަމަ މޮޅީއޭ.
ޒޫނާ
22 February 2019
މެސީ މޮޅުކަން ފެންނަމުން އެދަނީ. މަ ގަތަށް ނުބައި ހިންޏެއް އަންނަނީ ރޮނާލްޑޯ އާ މެސީ އާ މި މީހުން އަޅާކިޔާތީ.
ނިއުމާާ
22 February 2019
މެސީއަކީ ރޮނާލްޑޯއަށްވުރެ ޒުވާންކުޅުންތެރިއެއް. ނަމަވެސް މެސީއާ ވާދަކޮށް ފަހުގެ އަހަރުތަކުގައި ކުރި ހޯދާފައި ހުރީ ރޮނާލްޑޯ. މެސީއަށްވުރެ ދަށްކޮށް ދަނީ މިއަހަރު އެކަނި.
ނިއުމާާ
22 February 2019
މެސީއަކީ ހަމަ ނުލާހިކު މޮޅު، ތަފާތު ކުޅުންތެރިއެއް. އެކަމާ ދެބަސްވާނެ ފުޓްބޯޅަ ބަލާ މީހެއް ނުހުންނާނެކަންނޭނގެ
ނިއުމާގެ ދޮންދަރި
22 February 2019
ނިއުމާއެވެ. ބެލޮންޑޯ އަދި ފީފާ ބެސްޓް އެވޯރޑަކީ ދިނީމަ ދެވޭ އެއްޗެއް. ކަލޭ މިދިޔަ ދިހަ އަހަރުގެ ޕްލެޔާ ރޭޓިންއަށް ބެލިޔަސް މެސީ އަށްވުރެ ރޮނާލްޑޯ ކުރި ލިބުނު އެންމެ އަހަރެއްވެސް ނެތް. މެސީއަކީ ދުނިޔޭގައި މިވަގުތު ހުރި ނެޗުރަލީ އެންމެ ޓެލެންޓަޑް ކުޅުންތެރިޔާ. މިކަމާ އެއްވެސް މީހަކު ދެބަހެއްނުވާނެ. މެސީ ކުޅޭތަން ބަލާލުމުން ހަގީގީ ފުޓްބޯޅަ ފެންނާނެ. މެސީޔަކީ އިމްޕޮސިބަލް ޕޮސިބަލަށްހަދާ ކުޅުންތެރިޔެއް.
ނިއުމާާ
22 February 2019
އޯކޭ. މީހަކާ ޒުވާބުކުރާކަށްނެތިން. އެކި މީހުންގެ ހުންނާނީ ތަފާތު އޮޕީނިއަން
ސަޅި
22 February 2019
ކޮބާ މިތާ އުޅޭ ރިއާލް ކުދިންކޮޅު. އަދިވެސް މެސީ މޮޅުކަމަށް ޤަބޫލު ނުކުރަންތަ.
ސުޒޭންް
22 February 2019
މެސީ އަކީ މޮޅު މީހެއް ހަމަ. ދެން؟