ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް (ވ) ފޯވާޑް މުހައްމަދު ސަލާއާ ސަލާމްކުރަނީ. --ފޮޓޯ: އޭއެފްޕީ
15 އެޕްރީލް 2019 - 10:12
ލިވަޕޫލް (އޭޕްރިލް 15) – ލިވަޕޫލުގައި މިހާރު އޮތް ޓީމުގައި ބައިވެރިވެވޭތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި މި ޓީމާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ 2-0 އިން ބަލިކޮށް އެއް ވަނައިގައި މަގާމް ދެމެހެއްޓުމަށް ފަހު އެވެ. ވާދަވެރި މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕެލަސް 3-1 އިން ބަލިކޮށް ރޭ ވަގުތީ ގޮތުން އެއް ވަނަ އަށް އަރާފައި އޮއްވާ ލިވަޕޫލުން ހޯދި މޮޅާ އެކު އެ ޓީމު ވަނީ އަލުން އެއް ވަނަ އަށް އަރައިފަ އެވެ. ލިވަޕޫލް 34 މެޗުން 85 ޕޮއިންޓް ހޯދާފައިވާއިރު ސިޓީ ދެ ވަނައިގައި އޮތީ 33 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އަށް އިތުރު މެޗެއްގެ އެޑްވާންޓޭޖް އެބައޮތެވެ. އެއީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ލިވަޕޫލަށް ރޭގެ މެޗުގައި ގޯލް ޖަހައިދިނީ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހެވެ.
"މި ޓީމާ މެދު އަހަރެން ވަރަށް ބޮޑަށް ފަހުރުވެރިވޭ. މިއީ ވަރަށް މޮޅު ކުޅުމެއް. މި ޓީމުގައި ބައިވެރިވެވޭތީ އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އާދަޔާހިލާފު އިހުސާސްތަކެއް ކުރެވޭ ފަހަރުތައް އާދޭ،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ސިޓީން ހުރިހާ މެޗަކުން މޮޅުވާނެ ކަމަށް ދެކޭ ކަމަށާއި އެހެންވެ ލިވަޕޫލަށް ވެސް އޮތީ ލިބެން ހުރި ހުރިހާ ޕޮއިންޓެއް ހޯދުން ކަމަށެވެ. އަދި ތަށި ލިބިއްޖެ ނަމަ އެއީ ބޮޑު ކާމިޔާބަކަށް ވާނެ ކަމަށާއި ނުލިބުނަސް މި ޓީމު ވާނީ މޮޅު ޓީމަކަށް ކަމަށް ކްލޮޕް ބުންޏެވެ.
ސިޓީ އާއި ޕެލަސް ރޭ ކުޅުނު މެޗުގައި ރަހީމް ސްޓާލިން ވަނީ ސިޓީ އަށް ދެ ގޯލުގެ ލީޑެއް ފުރަތަމަ ނަގައިދީފަ އެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ޕެލަސްގެ ލޫކާ މިލިވޮޔެވިޗް ލަނޑެއް ޖަހައި ސިޓީ ހާސްކޮށްލި ނަމަވެސް 90 ވަނަ މިނެޓުގައި ގެބްރިއަލް ޖީސުސް ލަނޑެއް ޖަހައި ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައްބެ
15 April 2019
ލިވަޕޫލް މިސީޒަނުގެ ތަފާތަކީ މުހިންމު ކުޅުންތެރިންގެ އިންޖެރީ މައްސަލަ ދިމާނުވުން މިސާލަކައް ސަލާހް މާނޭ ނުވަތަ ވެންޑައިކްގެ އެންޖެރީ މައްސަލައެއް ދިމާވިނަމަ އެގުނީހީ ކިހިނެއް ވާކަމެއްކަން ، މިހާރު ލިވަޕޫލް މިއޮތީ ސިޓީއާ އެއްހަމައެއްގަ ސިޓީ އެއްވަނައިގަ ހަމަޖެހިލިސް އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޑިބްރޭނާއައް އަނިޔާ ނުވިނަމަ ، މިދިޔަ ސީޒަނުގަވެސް އެންމެގިނަ އެސިސްޓް ހެދިކުޅުންތެރިޔާ ނެތުމަކީ އަސްލު މައްސަލަ...
ަގުއިޒް
16 April 2019
ޑަބިޔަލޭ ކިޔާބަލަ
ީމޭން
15 April 2019
84 މެޗުން އެއްނޫން 34 މެޗުން
ރަދީފް
15 April 2019
މަރުހަބާ މައުމޫން ބްރޯ.
ޗެލްސީ
15 April 2019
މަރުހަބާ ލިވަޕޫލް..