ރެނެސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
28 އެޕްރީލް 2019 - 10:03
ޕެރިސް (އޭޕްރީލް 28) - ފްރެންޗް ލީގު ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށް ރެނެސް އިން 48 އަހަރަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ރެނެސް އިން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1971 ވަނަ އަހަރު އެވެ. އެންމެ ފަހުން ހަތަރު ފަހަރުގެ ޗެމްޕިއަން ޕީއެސްޖީން ރޭގެ މެޗު ފެށީ ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ 21 މިނިޓް ތެރޭ ޕީއެސްޖީން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ 14 ވަނަ މިނިޓްގައި ޑެނީ އަލްވޭސް އެވެ. އޭގެ އަށް މިނިޓް ފަހުން ނޭމާ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެނެސް އިން މެޗުގެ ތެރެއަށް އެނބުރި އައީ މެޗުގެ 40 ވަނަ މިނިޓްގައި ޕީއެސްޖީގެ ޒުވާން ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެ ވަނަ ހާފް ފަށައިގެން ވެސް ރެނެސް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ މެޗުގެ 66 ވަނަ މިނިޓްގައި މެކްސާ އެވެ.
ރޭގެ މެޗުގައި އެމްބާޕޭ (ކ) އަށް ރަތް ކާޑު ދެއްކުމުން އޭނާ އެކަމާ ރެފްރީއާ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
ޕީއެސްޖީން މެޗުގެ ފުރިހަމަ ވަގުތު ނިމުމުގެ ކުރިން އަލުން ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި އެ ޓީމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ރެނެސްގެ ޑަ ސިލްވާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ އެމްބާޕޭ އަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ރެނެސް އިން ވަނީ އެ ޓީމުން ފޮނުވާލި ހަ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުނުވީ ޒުވާން ކުޅުންތެރިއާ ކްރިސްޓޮފާ އެންކުންކޫ ޖެހި ޕެނަލްޓީ އެވެ.
މި ފަހަރުގެ ސީޒަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަމާޒުގައި ނުކުތް ޕީއެސްޖީ އަށް ފްރެންޗް ލީގު ކަޕް ވެސް ނުލިބުމުން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލްގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޓުޗެލް ބުނީ އޭނާގެ އުއްމީދަކީ އަންނަ އަހަރު ވެސް ޕީއެސްޖީ ކޯޗަކަށް ހުރުން ކަމަށާއި އެކަމަކު އޭގެ ގޮތެއް ނިންމާނީ ކްލަބުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގަފިނދު
28 April 2019
ނޭމާގެ ހިޔަނީގަ އެޅެންޖެހޭބާ؟ ކާމިޔާބަކީ މެސީގެ އެކަނި މަސައްކަތެއްނޫން! މެސީވެސް މޮޅު
މީނަ
28 April 2019
ލޮލް. ބާސާ ދޫކޮށް ފައިސާޔަށް ހެއްލިގެން މޮޅުތަކެއް ހޯދަން ދިޔުމުން ވަކި ކާމިޔާބުތަކެއް ލިބިއްޖެ. ހުރިހާ ފުޓްބޯޅަ ކުޅުންތެރިންވެސް ކުޅެނީ މެސީގެ ހިޔަނީގައި. މެސީއަކީ ފުޓްބޯޅައިގެ ބެންޗްމާރކް.
ލކއވ
28 April 2019
މެސީގެ ހިޔަނިން ނޭމާ ސަލާމަތް ވާންވެގެން ޕީއެސްޖީއަށް ބަދަލުވީމަ ވަރަށްބޮޑެތި ކާމިޔާބުތަކެއް އެބަލިބޭދޯ....