26 ޖުލައި 2019 - 09:29
އަސުންސިއޮން، ޕެރަގުއޭ (ޖުލައި 26) - ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ބާއްވާ ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވާ ކަމަށް ބުނެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި ވާހަކަތަކާ ގުޅިގެން ބަލަމުން އަންނަ މައްސަލައިގައި ކޮންމެބޯލުން ވާހަަކަ ދައްކަން ދެކޮޅު ހަދައިފި އެވެ.
ދާދި ފަހުން ކޮންމެބޯލުން ވަނީ ކޮޕަ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވި މެޗަށް ފަހު އެ މެޗުގެ ރެފްރީ ރޮޑީ ޒަމްބޮރާނޯ އަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ފާޑުކިޔައި، އެ މައްސަލައިގައި އަމަލުކުރި ގޮތުން ފީފާ ކައުންސިލުން އޭނާ ވަކިކޮށްފަ އެވެ.
އަދި ޗިލީ މެޗުގައި ދެއްކި ރަތް ކާޑާއި ގުޅިގެން ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗަށް މެސީ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ރެފްރީއާ ބެހޭގޮތުންނާއި ބައެއް އިންތިޒާމުތަކާ ބެހޭގޮތުން ދެއްކި ވާހަަކަތަކުގެ ސަބަބުން މެސީ ވަނީ 1،500 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. ދެއްކި ރަތް ކާޑާ ގުޅިގެން އުމުރުން 32 އަހަރުގެ މެސީ އަށް އައިސްފައިވާ އޮޓޮމެޓިކް ސަސްޕެންޝަން އެޕީލް ނުކުރޭވެނެ ކަމަށް ކޮންމެބޯލުން ވަނީ އަންގައިފަ އެވެ.
މެސީ ވަނީ ކޮންމެބޯލުގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް މައާފަށް އެދިފަ އެވެ. އެކަމަކު ކޮންމެބޯލުން މެސީ މައާފަށް އެދުނު ފަހުން އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި މެސީއާ މެދު ފިޔަވަޅު އަޅައި އާންމުކުރި ބަޔާނުގައި ވެސް ކޮންމެބޯލުގެ ކޮރަޕްޝަނާ ބެހޭގޮތުން މެސީ ދެއްކި ވާހަކައާ ބެހޭގޮތުން އެއްވެސް ކަމެއް ހިމަނާފައިނުވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮންމެބޯލްގެ ކޮރަޕްޝަން އޮތް ކަމަށް ތުހުމަތުކޮށް މެސީ ދެއްކި ވާހަކައިގެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. އަދި ގޮތެއް ނިމުމުގެ ކުރިން މީޑިއާގައި އެ ވާހަކަ ނުދެއްކުމަށް ކޮންމެބޯލުން ނިންމާފައިވާ ކަމަށް އެ ފެޑެރޭޝަނުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ކޮންމެބޯލްގެ ޑިސިޕްލިނަރީ ގަވާއިދުގައިވާ ގޮތުން އެ އިދާރާގެ އަގު ވެއްޓޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް މީޑިއާގައި ދައްކައިފި ނަމަ ދެ އަހަރު ދުވަހަށް ގައުމީ ޓީމުގެ މެޗުތަކުން ސަސްޕެންޑް ކުރެވޭ ގޮތަށް އޮވެ އެވެ. މެސީ އަށް ދެ އަހަރުގެ ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ އޭނާ އަށް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގެ އިތުރުން އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ބާއްވާ ކޮޕަ އެމެރިކާ ނުކުޅެވޭނެ އެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނާގޮތުގައި މެސީ އަށް ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
27 July 2019
އެމެޗުގެ ރެފްރީވެސް އެއޮތީ ކޮންމެބޯލް އަކީ ކޮރަޕްޓްވެފަ އޮތްތަނެއްކަން ސާބިތުކޮށްދީފަ އޭގެ ފަހުން ދިން އިންޓަވިއުގަ. ފައުލް ރިވިއު ކުރަން ވީ،އޭ،އާރު ރެފްރީންނަށް އެދުނީމަ ކޮންމެފަހަރަކުވެސް މާ ބޮޑުކަމެއް ނުވާކަމަށްބުނެ ޖަވާބު ދިންކަމަށް. އެކަމަކު ފަހުން ބެލިއިރު ފައުލްއަކީ ޕެނަލްޓީއެއް ލިބެންޖެހޭ ތަނެއްކަމަށް ރެފްރީގެ އިންޓަވިއުގަ ބުނެފަވޭ.
ކާއްޓެ
26 July 2019
މެސީ ސަސްޕެންޑް ކޮށްގެން މެސީއައް ލިބޭ ގެއްލުމައްވުރެ ބޮޑައް ދެކުނު އެމެރިކާ ފުޓްބޯޅައައް ލިބޭނެ ގެއްލުން މާބޮޑު
ރަދީފްް
27 July 2019
މެސީ ހުއްޓަސް ނެތަސް އެއްކަމެއް ވާނީ. މެސީ ހުރެގެން، އާރޖެންޓީނާ ކުޅުންތެރިންގެ ހިތްވަރުން ފައިނަލަށް ގެންގޮސްދިނުމުން ބަލިކޮށްދިނުން ފިޔަވާ އިތުރުކަމެއް އާރޖެންޓީނާއަކަށްވެސް ކޮށްނުދެވޭ.. ދެން ކޮން ދެކުނު އެމެރިކާ ފުޓްބޯޅައެކޭ ކިޔާކަށް؟
އަހޫ
26 July 2019
ކޮރަޕްޝަން ނެތްކަން އެމީހުންނަށްވެސް ޔަގީނެއްނޫން. އެހެންވީމަ އަގަމަޑުންލައިގެންތިބީ
ކެނެޑީ
26 July 2019
މެސީއަށް އެނގޭ ކޮންމެބޯލް ހިނގާގޮތް އެހެންވީމަ މެސީ ރަގަޅުވަރެއްގެ ޗެކެއް ވައްޓާލީ ކަންނޭގެ ކޮންމެބޯލް ވެރިންނަށް ހެހެ
ރަޑީފް
26 July 2019
މެސީ ވީމަ ތިކަންވެސް ތި ނުވީ.