13 އޯގަސްޓް 2019 - 07:44
ލަންޑަން (އޮގަސްޓް 13) - އާސެނަލްގެ މެސުޓު އޮޒިލް އާއި ސީޑް ކޮލަސިނަޗަށް ހަމަލާދޭން މަސައްކަތްކުރި ދެ މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް އެ ދެ ކުޅުންތެރިންނަށް އިތުރު ހަމަލާތަކެއް ދޭނެކަމަށް ބުނެ އިންޒާރުތައް ދެމުން އަންނާތީ ލަންޑަނުގެ ފުލުހުން ދެ ކުޅުންތެރިންގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
މިދިޔަ މަހު 26 ވަނަ ދުވަހު އޮޒިލާއި އޭނާގެ އަންހެނުން އޭމިން ގަލްސް އަދި ކޮލަސިނަޗް ދިޔަ ކާރު ފަހަތުން އައި ދެ ސައިކަލުގައި ތިބި މޫނުގައި މާސް އަޅައިގެން ހުރި ދެ މީހުން އެ ކުޅުންތެރިން އަތުން ފޭރެން މަސައްކަތް ކޮށްފައިވާއިރު، ހަތިޔާރު ހިފައިގެންތިބި އެ ދެ މީހުންނާ ކުރިމަތިލީ ކޮލަސިނަޗް އެވެ. އޭގެ ފަހުން އޮޒިލާއި ކޮލަސިނަޗް އަދި އޭމިން، ލަންޑަނުގައި ހުރި ތުރުކީ ރެސްޓޯރެންޓަކަށްދިޔައިރު، އެ ކާރު ފަހަތުން އެ ދެ ސައިކަލް ވެސް އަ އެވެ.
މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އޮޒިލްގެ ގޭގެ ސެކިއުރިޓީ ސްޓާފުންނާ ހަމަނުޖެހުންހިންގި ދެ މީހެކެވެ. އެއީ ލަންޑަނުގެ ތަފާތު ދެ ސަރަހައްދެއްގައި އުޅޭ ދެ މީހެއް ކަމަށްވާ ފަރުހަތު އާކިން އާއި ސަލަމާން އެކިންސީ އެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ އޮޒިލާއި ކޮލަސިނަޗް ދުއްވި ކާރުގެ ހާދިސާއާ ގުޅުން ހުރި ގޭންގަށް ނިސްބަތްވާ ބައެެކެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ "ދި ޓައިމްސް" އިން ރިޕޯޓްކުރާގޮތުގައި އޮޒިލާއި ކޮލަސިނަޗް އަތުން ފޭރެން މަސައްކަތްކުރި ދެ މީހުން ނިސްބަތްވާ ގޭންގުން އަންނަނީ އިތުރު ހަމަލާތަކެއް ދޭނެ ރާވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އޮޒިލާއި ކޮލަސިނަޗަށް އިތުރު ހަމަލާދިނުމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ގިނަވާތީ ކުރިން ހަމަލާދިން ގޭންގަށް އީސްޓާން ޔޫރަޕަށް ނިސްބަތްވާ އެހެން ގޭންގަކުން ވަނީ އިންޒާރުދީފަ އެވެ. މިހާރު މި މައްސަަލަ ވަނީ ގޭންގު ހަމަނުޖެހުންތަކެއްގެ ދެމެދުގައި ތާށިވެފަ އެވެ.
މި މައްސަލައިގައި ލަންޑަނުގެ ފުލުހުން ވަނީ އޮޒިލާއި ކޮލަސިނަޗްގެ ގެއިން ބޭރުގައި ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި އާދިއްތަ ދުވަހު ނިއުކާސަލް އަތުން އާސެނަލް މޮޅުވި މެޗުގެ ސްކޮޑުގައި އޮޒިލާއި ކޮލަސިނަޗް ނުހިމެނީ ޕޮލިހުންގެ އެދުމާ އެކު އެވެ. އެ މެޗަށް ފަހު އާސެނަލްގެ ކޯޗު އުނާއި އެމެރީ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާގެ ސަލާމަތަށް ކުރަންޖެހޭ ހުރިިހާ ކަމެއް ކްލަބުން ކުރާނެ ކަމަށާއި އޮޒިލާއި ކޮލަސިނަޗަށް ދިމާވެފައިވާ ކަންތައްތަކުގައި ކްލަބުން ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޕޮލިހުން ވަނީ މި މައްސަލައިގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބެނިސް އޮޒިލާއި ކޮލަސިނަޗް އާސެނަލްގެ މެޗުތަކުގައި ބައިވެރިނުކުރަން އެދިފަ އެވެ. ކޯޗު އެމެރީ ވެސް ވަނީ އަންނަ ހޮނިހިރު ދުވަހު ބާންލީއާ ދެކޮޅަށް ކުޅޭ މެޗުގައި އޮޒިލާއި ކޮލަސިނަޗް ކުޅޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ބުނެފަ އެވެ.
ލަންޑަނުގައި ފަހަކަށް އައިސް ކާރުގައި އުޅޭ މީހުންނަށް އަމާޒުކޮށް ގިނަ ފޭރުންތަކެއް ވަނީ ހިނގައިފަ އެވެ. މީގެ ކުރިން އެ ފަދަ ކަމެއް ދިމާވި ފުޓްބޯޅަ ކުޅުންތެރިއަކީ ކުރިން ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު އިނގިރޭސި ފޯވާޑް އެންޑީ ކެރޯލް އަށެވެ. އެ ގޮތުން 2017 ވަަނަ އަހަރު ވެސްޓް ހޭމްގެ ޓްރެއިނިން ނިންމުމަށް ފަހު ކެރޯލް ގެޔަށް ދިޔަ މަގުމަތީގައި ސައިކަލެއްގައި އައި ދެ މީހަކު ވަނީ ބޮލުގައި ބަޑި ޖެއްސުމަށް ފަހު އޭނާ ފޭރެން މަސައްކަތްކޮށްފަ އެވެ. އެ މައްސަލައިގައި އުމުރުން 22 އަހަރުގެ ރޮމްފޯޑަށް އުފަން ޖެކް އޯބްރަޔަން ވަނީ ހަ އަހަރަށް ޖަލަށްލިއިރު، އަނެއް މީހާ އަދި ނުހޯދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޗް
16 August 2019
"އޮޒިލާ" މިއީ އަދި އަޑުވެސްނާހާ ނަމެއް.
ޚަމްޒާ
15 August 2019
ނަމާދަށް ވުރެންވެސް ޕްރެމިއަރ ލީގާއި ޗެންޕިޔަން ލީގު މާ މުހިންމު ބައެއް މީހުނަށް.
ރަދީފް
17 August 2019
ހެހެހެހެ.ކަލެއަށް ހީވަނީ ނޫހުގަ ކޮމެންޓްކުރާ އެންމެން އެއީ ރާއްޖޭގަ ތިބެގެން ކޮމެންޓްކުރާ މީހުންކަމަށް ދޯ.ހެހެހެހެ ކަލޭ ތި ވިސްނުން ބަދަލުކުރަންޖެހޭ.
ރުކެޓް
13 August 2019
އޮޒިލާ އޭ ތޯ؟ އެއީ ޗީޒްގެ ވައްތަރެއްތަ :)
ރަދީފް
13 August 2019
ބްރަދާ Mozzarella ޗީޒް ދޯ ކިޔަނީ.އާސެނަލްގެ ކުޅުންތެރިޔާއަށް ކިޔަނީ އޮޒިލް ދޯ.
ހަބުހުންނަ މީހާ
13 August 2019
އިގިރޭސިވިލާތުގަ ފޭރުނީމަ 6 އަހަރަށް ޖަލަށް ރައްޖޭގަ އެއްދޮރުން ވައްދާފަ އަނެތް ދޮރުން ނެރެނީ ނޫނީ ކޯޓުން ދޫކޮށްލަނީ ދުވަހަކުވެސް ސާބިތެއްނުވޭ
ރަދީފް
13 August 2019
ސްޕާސް ފޭނުންތަކެއް ކުރިކަމެކޭ ބައެއް މީހުން ބުނޭ.