ބެލޮންޑިއޯ ހަފްލާއެއްގެ ތެރެއިން ރޮނާލްޑޯ (ކ) އާއި މެސީ.
15 އޯގަސްޓް 2019 - 10:48
ލަންޑަން (އޮގަސްޓް 15) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ވުރެ އޭނާގެ ފުޓްބޯޅަ ކެރިއަރު ފުރިހަމަކަމަށާއި އެންމެ ބޮޑު ސަބަބަކީ ގިނަ ކްލަބްތަކެއްގައި އޭނާ އެންމެ މަތީ ފަންތީގެ ކާމިޔާބީތަކެއް ހޯދާފައިވުން ކަމަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މެސީ އޭނާގެ ސީނިއާ ކްލަބް ކެރިއަރުގައި ކުޅުނީ ހަމަައެކަނި ބާސެލޯނާ އަށެވެ. ރޮނާލްޑޯ ވަނީ ސްޕޯޓިން ލިޒްބަން އިން ފަށައި އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސް އަށް ކުޅެފަ އެވެ. މެސީ ވަނީ ބާސެލޯނާއާ އެކު 34 ތަށި އުފުލާލައިފަ އެވެ. ރޮނާލްޑޯ ވަނީ ހަތަރު ކްލަބްގައި 28 ތަށި އުފުލާލައިފަ އެވެ. މެސީ އަށް ގައުމީ ޓީމާ އެކު ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. އެކަމަކު ރޮނާލްޑޯ ވަނީ ޕޯޗުގަލާ އެކު ދެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
މިދިޔަ އަހަރު ޔުވެންޓަސްއާ ގުޅި އުމުރުން 34 އަހަރުގެ ރޮނާލްޑޯ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް ރެކޯޑެއް ގާއިމުކޮށްފަ އެވެ. އެއީ އިންގްލިޝް ޕްރިމިއާ ލީގާއި ސްޕެނިޝް ލަ ލީގާ އަދި އިޓާލިއަން ސެރިއާ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ.
މިޑިއާ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ އޭނާގެ ކާމިޔާބީ ހާއްސަވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"އަހަންނާ މެސީގެ ތަފާތަކީ ގިނަ ކްލަބްތަކަށް ކުޅެފައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވުން. އަހަންނަކީ ޖެހިިޖެހިގެން ހަ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ. ފަސް ޗެމްޕިއަންސް ލީގު ހޯދި މަދު ކުޅުންތެރިއަކު ތިބީ. މިއީ އަހަރެންގެ ކެރިއަރު ހާއްސަވާނެ އެންމެ ބޮޑު ސަބަބު،" ރޮނާލްޑޯ ބުންޏެވެ.
މެސީ އަކީ ވެސް ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމާ ދެބަސްނުވެވޭނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.
"މެސީ އަކީ ވެސް މޮޅު ކުޅުންތެރިއެއް. އެ ހަގީގަތް ވެސް ގަބޫލުކުރަންޖެހޭ. މެސީގެ ނަން މީހުން ހަނދާންކުރާނީ ހަމައެކަނި ބެލޮންޑިއޯ ހޯދާ ކުޅުންތެރިއެއްގެ ގޮތުގައެއް ނޫން. އޭނާ އަކީ ކޮންމެ އަހަރެއްގައި ވަކި ލެވެލެއްގައި ކުޅުން ދަމަހައްޓާ ކުޅުންތެރިއެއް،" ރޮނާލްޑޯ ބުންޏެވެ.
އޭނާ ކްލަބް ބަދަލުކުރަނީ ތަފާތު ޗެލެންޖުތަކެއް ދިރިއުޅުމުގައި ނަގަން ބޭނުންވާތީ ކަމަށާއި މި ނިންމުންތަކުގެ ފަހަތުގައި ފައިސާގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރޮނާލްޑޯ ބުންޏެވެ.
"އަހަރެން ބޭނުމީ ފައިސާއެއް ނޫން. ފުޓްބޯޅަ ތާރީހުން އަހަންނަށް ޖާގައެއް،" ރޮނާލްޑޯ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހޫ
16 August 2019
ތަފާތަކީ އަބަދުވެސް މީނަ އަމިއްލައަށް މޮޅޭ ކިޔަނީ. އެހެން މީހުން މެސީގެ މޮޅު ވާހަކަ ދައްކަނީ. މެސީ އަމިއްލައަށް މަމޮޅު ވެގެން ނޫޅޭ.
ޝެލަރީ
16 August 2019
ރޮނާލްޑޯ އަކީ ދުނިޔޭގަ މިވަގުތުހުރި އެއްމެ މޮޅު އެއްމެ ކާމިޔާބް ކުޅުންތެރިޔާ ކުދިންނޭ ކަޑަ ނުވައްޗޭ
އޭނަ
16 August 2019
ދުނިޔޭގެ އެއްވަނަ ކަމަށް ދައުވާކުރާ ސޮރަށް މިދިޔަ ސީޒަނުގައި ޖެހުނީ 28 ގޯލް. އޭނަގެ ލީގުގެ ޓޮޕް ސްކޯރާއަކީ 36 އަހަރުގެ ކުޅުންތެރިޔެއް. އުމުރުން 19 އަހަރުގެ ކުއްޖެއްވެސްވަނީ 40 ގޯލަށްވުރެ ގިނައިން ޖަހާފައި. ދުނިޔޭގައި މިވަގުތު އަދި ތާރީޚުގައިވެސް އެންމެ ކާމިޔާބީ ޑެނީ އަލްވޭސް. އޭނާވަނީ ކެރިޔަރުގައި ޖުމުލަ 40 ތަށި ހޯދާފައި.
ފޮނިސޮރުރޮނާ
16 August 2019
ސީއާރޫ ކަލެއަށް ނުލިބޭ ކިތަންމެ އެއްޗެއް މެސީއަށްވެސް ލިބިފަ އެބަހުރި.. ފަޚުރުވެރި އޮލިމްޕިކް ގޯލްޑް މެޑަލް ފުޓު ބޯޅައިން އާޖެންޓީނާއަށް ހޯދައިދިން.. ފީފާ ޔޫތު މުބާރާތުގެ ތަށި ހޯދި.. ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ އެ ވޯޑް ހޯދި.. ވޯލްޑްކަޕް ފައިނަލްގަ ކުޅުނު.. ކަލެއަށް ތިއުޅެނީ ކަލޭ ބޭލި ފަހުން ޕޯޗުގީޒުގެ ޒުވާން ކުޅުން ތެރިން ފައިނަލްގަ ގިއްގެޅެންދެން މަސައްކަތްކޮށްފަ ހޯދި ޔޫރޯ ތައްޓެއްގެ ކުރެޑިޓުނަގައިގެން އެ އިތުރުވެގެންނެއްނު..
ބޮޑާލްޑޯ
16 August 2019
ބޮޑާލްޑޯގެ އެންމެ ބޮޑު މައްސަލައަކީ އަމިއްލައަށް މޮޅުވާހަކަ ފުރިހަމަވާހަކަ ދައއކާ މަ ބޮޑޭވުން.. ބަލަ ކެރިއަރު ފުރިހަމަ ނަމަ ކެރިއަރުގެ ހުރިހާ ހިސާބެއްގަ ވެސް ފުރިހަމަވާނެ.. ބޮޑާލްޑޯއަށް ޔޫތު ލެވެލްގަ ވެސް ކާމިޔާބެއް ނުލިބޭ. ރެއާލްގަ ހުރީމަ މެސީއާ އެއްވަރަށް މޮޅު ކުޅުންތެރިޔާވެސް ތި ލިބުނީ.. މެސީއަކީ އޮލިމްޕިކް ގޯލްޑް މެޑަލިސްޓެއް، ފީފާ ޔޫތު ވިނަރއެއް، ވޯލްޑްކަޕު ފައިނަލްކުޅެ މޮޅު ކުޅުންތެރިޔާ ހޯދި. މެޗުގެ ނިސްބަތުން ގޯލިގެ އަދަދުވެސް ގިނަ.
ޝާހިދު
15 August 2019
މެސީ އަކީ މޮޅު މީހެއް އެކަމަކު ހައްގު ނޫން ބެލޮންޑީ ލިބިފައި އެބަހުރި
އޭނަ
15 August 2019
އިންޑިވިކުއަލީ ކުޅުންތެރިން އަޅާ ކިޔާނަމަ މެސީނޫން އެހެން ކުޅުންތެރިޔަކަށް މިފާއިތުވެދިޔަ 10 އަހަރު ބެލޮންޑޯއެއް ނުލިބޭނެ. އެ ފެންވަރަށް އެހެން ކުޅުންތެރިޔެއް ނުކުޅޭ.
ޢިބޫ
15 August 2019
ރޮނާލްޑޯއަށް ލިބުނީ ހައްގު އެންމެ 2 ބެލެންޑިއޯ..
މެސީގެ ދޮންބެއްޔާ
15 August 2019
އެއް ކުލަބުން އެނެއް ކުލަބަށް ދުވެގެން 28 ތަށި. ތީ މޮޅު ކުޅުންތެރިއެއްކަން އަހަރެމެން ވެސް ޤަބޫލު ކުރަމޭ. އެކަމަކު ވެސް، އެއް ކުލަބަށް ކުޅުނުނަމަ ތި 28 ތަށި ހުވަފެނުންވެސް ނުފެނުނީސް.
އަހޫ
15 August 2019
ޔޫރޯ ހޯދީ ބެންޗުގަ އިނދެގެން. ހުރިހާފޮންޏެއް މިސޮރަށް. ދެން ޔޫއެފާ ނޭޝަންސް ލީގު ކައްޕަޅި މުބާރާތެއް.
ީމޭން
15 August 2019
ބެންޗުގައި އިދެގެންވެސް ނުލިބޭ މީހުން އެބައުޅޭ
ފޮގުބަ
15 August 2019
ބޮޑާވާނެއްނު ކޮންމެކުލަބަކަށް ކޮންމެ ޓީމަކަށް 100%
ޢަހްމަދު007
15 August 2019
މީނާމީ އަބަދު މަބޮޑޭވަފަ ހުންނަ ސޮރެއް.
ސޯބެ
15 August 2019
ކެރިއަރ ފުރިހަމަވެދާނެ އެހެންނަމަވެސް މެސީއަކީ ފުޓްބޯޅައިގަ ޖާދޫގަރެއް މެސީގެ ކިބައިގަހުރި އިންޖިވިޖުއަލް ހުނަރެއް ރޮނާލްޑޯކިބަޔަކު ނެއް، ރޮނާލްޑޯ މޮޅުނޫނެކޭ ނުބުނަން..