ކަރިމް ބެންޒެމާ ގޯލް ޖެހުމުން މާސެލޯ މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ
18 އޯގަސްޓް 2019 - 09:10
މެޑްރިޑް (އޮގަސްޓް 18) – އެކަކު މަދުކޮށް ކުޅެ ރަށުން ބޭރުގައި ސެލްޓާ ޑި ވީގޯ އަތުން 3-1 އިން މޮޅުވެ ރެއާލް މެޑްރިޑް އާ ސީޒަން ވަރަށް ރަނގަޅަށް ފަށައިފި އެވެ.
އަލަށް ގެނައި ޕްލޭމޭކަރު އެޑެން ހަޒާޑަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ނަމަވެސް މެޑްރިޑް ފެނުނީ ވަރުގަދަކޮށެވެ. އެންމެ ފާހަގަކުރެވުނީ ޓީމުން ދެންމެދެންމެ ބޭރުކޮށްލާނެހެން ހީވި ގަރެތު ބޭލް ފުރަތަމަ އެގާރައިގައި ކުޅުމެވެ. ކޯޗު ޒައިނުއްދީން ޒިދާނުގެ ޕްލޭނުގައި ނުހިމެނޭތީ ބޭލް ފޮނުވާލަން މެޑްރިޑުން ވަރަށް މަސައްކަތްކުރި އެވެ. އަދި އޭނާ ވެސް ޗައިނާ ކްލަބަކާ ގުޅުމާ ގާތަށް ދިޔަ އެވެ. އެކަމަކު ރޭގެ މެޗަށް ފަހު ޒިދާން ވަނީ ބޭލް މަޑުކުރާނެކަން ކަށަވަރުކޮށްދީފަ އެވެ.
"އޭނާ ކްލަބުގައި މަޑުކުރާނެ އަދި އަހަރެމެން އެންމެން ވިސްނަން ޖެހޭނީ އެއީ ޕޮޒިޓިވްކަމެއްގެ ގޮތުގައި. ހަޒާޑަށް އަނިޔާވުމަކީ ދެރައެއް. އެކަމަކު ބޭލް އަށް މި މެޗުގައި އޮތް ޕްލޭނަށް އެކަމުން ބަދަލެއް ނާދޭ. ބޭލް އާއި އެހެންވެސް ކުޅުންތެރިން މި ޖާޒީ އަށް ހައްގު އިހުތިރާމް ދައްކައިދޭނެ،" މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ.
މި މެޗުގައި މެޑްރިޑް ލީޑު ނެގީ 12 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ޖެހި ގޯލުންނެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު ލޫކާ މޮޑްރިޗަށް ރަތްކާޑެއް ދެއްކުމުން އެ ޓީމަށް އަސަރުކުރާނެ ކަމަށް ބެލެވުނެވެ. އޭގެ މާގިނަ އިރުތަކެއް ނުވަނީސް ޓޯނީ ކްރޫޒް ލީޑު ފުޅާކޮށްދިނެވެ. އަދި ލޫކަސް ވަސްކުއޭޒް ތިން ވަނަ ގޯލް ޖެހި އެވެ. ސެލްޓާގެ ހަމައެކަނި ގޯލް 90 ވަނަ މިނެޓުގައި ޖެހީ އިކާ ލޮސާޑާ އެވެ.
ވާދަވެރި ބާސެލޯނާ ވަނީ ފުރަތަމަ މެޗުން ހުކުރު ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ބަލިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
19 August 2019
މަރުހަބާ ރިއާލް. ޒިދާނަށް މިހާރު ވިސްނޭނެ ބޭލްގެ މުހިންމުކަން. އަދިވެސް ބޭލްއަށް ބަދުބަސްޖަހާ. ރިއަލްގެ ބައެއް ފޭނުންވެސް އުޅުނީ ބޭލް ނުފޮނުވިގެން.
ސުޒޭންް
18 August 2019
މަރުހަބާ ރަދީފްގެ 6ވަނަ ކްލަބް.
ޜާއްޖެ
18 August 2019
ވޭތުވެޔަ 27 މަސް ތެރޭ މެޑްރިޑް ލީގްގައި ބާސާއަށް ވުރެ މަތީގަ އޮތް ފަަަހަރު. އަދި އެ ކުޅެވުނީ ލީގްގައި ފުރަތަމަ މެޗް
ސައިމާ
18 August 2019
ވޭތުވެދިޔަ 27 އަހަރުގެ ވާހަކަ ދައްކަންވީނު؟
ލެއްގި ކޮމިޝަނަރ
18 August 2019
ވޭތުވެދިޔަ 27 އަހަރު ރެއާލްމެޑްރިޑް ވަނީ 8 ލީހުނަގާފަ. ބާސެލޯނާ ވަނީ 15 ފަހަރު ލީގު ނަގާފަ. އެހެންވީމަ ބާސެލޯނާއަށްވުރެއް ޓޭބަލްގެ ކުރި ލިބެނީ ކިތައްފަހަރުކަން ޜާއްޖެ އަށް އިގޭނެ ކަމަށް ހީކުރަން. ރެއާލް ގިނަތަށިތަކެއް ހޯދާފަހުރީ 2ވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރާއި ދާޚިލީ ހަމަނުޖެހުމުގެތެރޭގަ ސްޕޭން އޮތްދުވަސްވަރުގަ. އެވެސް މަރުކަޒީ ސަރުކާރުން ނުފޫޒް ފޯރުވައިގެންނޭ މަމެން ބުނަން ނެތީމް
ރަދީފް
18 August 2019
މަރުހަބާ ރެއާލް.ރެއާލް އެއީ ކާމިޔާބް ކްލަބެއްކަމާއި މެދު އެއްވެސް މީހަކު ދެބަހެއް ނުވާނެ.ނަމަވެސް @ސައިމާ ތިބުނި 27 އަހަރުގެ މުއްދަތަށް ބަލާއިރު ލީގްގަ ބާސާގެ ކާމިޔާބީތައް ގިނަ.20 ކްލަބްގެ ފޯމެޓަށް ލަލީގާ ސަންޓަންޑަރ ބަދަލުކުރީ 1987 ވަނަ އަހަރު.އޭގެ ފަހުން ބާސާއިން ވަނީ 16 ފަހަރު ލީގް ކާމިޔާބްކޮށްފަ.ރެއާލުން 11 ފަހަރު.އަދި ލީގްގަ މިސީޒަނުގަ ކުޅުނު ފުރަތަމަ މެޗުން މޮޅުވުން ނުވަތަ ބަލިވުން އެއީ ލީގް ލިބުމެއްނޫން.#ވިސްކައެލްބާސާ #ހަލަމެޑްރިޑް