23 އޯގަސްޓް 2019 - 07:23
ޓިއުރިން (އޮގަސްޓް 23) – ލިއޮނަލް މެސީއާ އޭނާއާ ދެމެދު އޮންނަ ވާދަވެރިކަމުގެ ސަބަބުން ދެ ކުޅުންތެރިންނަށް ވެސް ފައިދާވި ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ އާއި މެސީ މި ޖީލުގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ އިތުރުން ފުޓްބޯޅައިގެ ތާރީހުގައި އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ދެ ތަރިންނެވެ. ރޮނާލްޑޯ ކުރިން ކުޅެމުން އައީ މެސީގެ ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑަށް ކަމަށް ވުމުން، ވާދަވެރިކަން ވަރަށް ބޮޑުވި އެވެ. އެކަމަކު ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުން ފޯރިވަނީ ކޮންމެވެސް ވަރަކަށް ކެނޑިފަ އެވެ.
'އަހަރެން އެއްވެސް ޝައްކެއް ނުކުރަން، އޭނާ އަހަރެން މޮޅު ކުޅުންތެރިޔަކަށް ހެދި. އަހަރެން ވެސް މެސީ އަށް މޮޅު ކުޅުންތެރިޔަކަށް ހެދިން. ވާދަވެރިކަމަކީ ރަނގަޅު ކަމެއް، އެއީ ވަރަށް ރަނގަޅު ބަދަލު ގެންނަ ކަމެއް، ފުޓްބޯޅަ ވިޔަސް އެހެން ކުޅިވަރެއް ވިޔަސް،" ސްޕެއިނުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވެ އެވެ.
އޭނާ އެ އިޝާރާތްކުރީ، ދެ ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުން، އެއް ކުޅުންތެރިޔަކަށް ވުރެ ކުރިއަރަން އަނެއް ކުޅުންތެރިޔަކު ކުރި މަސައްކަތުގެ ތެރެއިން ދެ ކުޅުންތެރިންނަށް ވެސް ފައިދާވި ކަމަށެވެ.
"މެސީއާ އަހަންނާ ދެމެދު ވަރަށް ފުރިހަމަ ޕްރޮފެޝަނަލް ގުޅުމެއް އޮވޭ،" ރޮނާލްޑޯ ބުންޏެވެ.
މެސީ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޔުވެންޓަސް އަށް ޖާގަ ހޯދައިދޭން ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ކުޅުމަށް ތައުރީފު ހައްގުވާ ކަމަށް ބުނެ އޭނާ އަށް ތައުރީފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
24 August 2019
މެސީގެ ވާހަކަ އެދައްކަނީ ރޮނާލްޑޯއަށް އިނގޭ މެސީއަށް މިފަހަރު ބެލެންޑިއޯ ލިބޭނެކަން އެހެންވެ މީހުން އޭނައަށް ފަހެއް މެސީއަށް 6 ކިޔާފަ ގޮވާނެތީ އެއުޅެނީ..
އޭނަ
24 August 2019
މި ސޮރު ހާދަވަރަކަށް މެސީގެ ވާހަކަ ދައްކަނީ. މެސީ ނޫޅޭ މިސޮރަށްވުރެ މޮޅުނުވެވިގެނެއް. އަދި މެސީ އަބަދުވެސް މިސޮރު ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ބަލާ. މީނަ އަމިއްލަޔަށް ތިމަންނަމީ އެންމެ މޮޅު މީހާޔޭ ކިޔަނީ. 20 އަހަރުގެ އެމްބާޕޭޔަށްވުރެވެސް މަދުން ގޯލު ޖެހުނު ސޮރެއް މިދައްކަނީ މެސީޔަށްވުރެ މޮޅުވާހަކަ. ރޮނާލްޑޯ އެއީ މޮޅު ކުޅުންތެރިޔަކަސް ފުޓްބޯޅައިގެ އިންޑިވިޖުއަލް ހުނަރަށް ބަލާނަމަ މެސީޔާ ކައިރިވެސް ނުކުރެވޭ.
އޭނަގެ ކާފަ
24 August 2019
މެސީ އަށް އިތުރު ގޮތެއް ނެތީމަ މެސީ ރޮނާލްޑޯގެ މޮޅު ކުޅުމުގެ ވާހަކަ ދައްކަނީ. މެސީ އަށްވެސް އެނގޭ ރޮނާލްޑޯގެ ކުޅުމުގެ ފެންވަރަށް މެސީ އަކަށް ނާދެވޭ ކަން. އިންޑިވިޖުއަލް ހުނަރަށް ބެލިޔަސް ޓީމް ވޯރކަށް ބެލިޔަސް ރޮނާލްޑޯ އުޅެނީ މެސީ އަށް ވުރެ މަތީގަ ކަން ޚުދު މެސީ އަމިއްލައަށް ވެސް ގަބޫލު ކުރޭ.
އޭނަ
24 August 2019
ލޮލް. ކަލޭ ފުޓްބޯޅަ ނުބަލާކަން މިހާރު އެނގިއްޖެ. ދުނިޔޭގެ މޮޅެތި ކުޅުންތެރިން، ލެޖެންޑުން، ކޯޗުން އަދި އެނަލިސްޓުންވެސް އެބުނަނީ ރޮނާލްޑޯ މެސީޔާ ކައިރިވެސް ނުކުރެވޭކަން. ކަލޭ ކިހިނެއްތަ ހަމައެކަނި ގޯލް ސްކޯރާއެއް، ގޯލް ސްކޯރިންގް، ޑްރިބްލިންގް އަދި ޕާސިންގް އެބިލިޓީސް އެންމެ މޮޅު ކުޅުންތެރިޔާޔާ އަޅާކިޔާނީ. އެމީހެއްގެ މޮޅުކަން ދައްކާނީ އެހެންމީހުން. ތިމާ ދައްކަންޏާ އޭގެ މާނަޔަކީ ތިމާޔަކީ ކިބުރުވެރި މީހެއްކަން.
ރަދީފް
24 August 2019
ސާބަހޭ ރޮނާލްޑޯ.މެސީ އަދި ރޮނާލްޑޯވެސް އެއީ ވަރަށް މޮޅު ދެކުޅުންތެރިން.
ހަލަމެޑްރިޑް
27 August 2019
ރަދީފް 6 ވަނައަށް ސަޕޯޓް ކުރާ ކުޅުންތެރިޔާ {ރޮނާލްޑޯ}