02 ސެޕްޓެމްބަރ 2019 - 09:17
ކަލިއާރީ (ސެޕްޓެމްބަރު 2) – ރޮމެލޫ ލުކާކޫގެ ގޯލާ އެކު ރަށުން ބޭރުގައި ކަލިއާރީ އަތުން 2-1 އިން މޮޅުވެ އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ބައިނަލްއަގްވާމީ މެޗުތަކަށް ލީގު ދެ ހަފުތާ އަށް މެދުކަނޑާލިއިރު އެއް ވަނައިގައި އޮވެވުމަކީ، މި ސީޒަނުގެ ލީގު ތަށްޓަށް ވާދަކުރާ އިންޓަ އަށް ލިބޭނެ ބޮޑު އިތުބާރަކަށް ވާނެ އެވެ.
ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވަނީ އިންޓަގެ އިތުރުން ޗެމްޕިއަން ޔުވެންޓަސް އާއި ޓޮރިނޯ އެވެ. ލަނޑުގެ ތަފާތުން އިންޓަ އަށް އެއް ވަނަ ލިބުނުއިރު ޔުވެންޓަސް ދެ ވަނައިގައި އޮތީ ޓޮރިނޯ އޮތީ ތިން ވަނައިގަ އެވެ.
މި މެޗުގެ 27 ވަނަ މިނެޓުގައި އިންޓަ ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒްގެ ގޯލުން ލީޑު ނަގައިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު ޔޮއާއޯ ޕެޑްރޯގެ ގޯލުން ކަލިއާރީ އެއްވަރުކުރީ އެވެ. އިންޓަ މޮޅުވި ލަނޑު 72 ވަނަ މިނެޓުގައި ލުކާކޫ ޖެހީ ޕެނަލްޓީއަކުންނެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އިންޓައާ މި ސީޒަނުގައި ގުޅުނު ބެލްޖިއަމްގެ ފޯވާޑަށް ކަލިއާރީގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ނަސްލީ ދިމާކުރުންތައް އަމާޒުވި އެވެ. އެ ކްލަބުގެ ސަޕޯޓަރުން ވަނީ މީގެ ކުރިން ޔުވެންޓަސްގެ މޮއިސް ކީން އާއި ބްލައިސް މަޓުއިޑީ އަދި ޕެސްކާރާގެ ކުރީގެ ކުޅުންތެރިޔާ ސުލޭ މުންތާރީއާ ވެސް ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. އެ ކްލަބާ ދެކޮޅަށް ފިޔަވަޅު ނާޅާތީ އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ލީގުގައި ރޭ ރޯމް ޑާބީ މެޗުގައި އޭއެސް ރޯމާ އާއި ލާޒިއޯ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެލެކްސެންޑާ ކޮލަރޯފް ޕެނަލްޓީއަކުން 17 ވަނަ މިނެޓުގައި ރޯމާ އަށް ކުރިހޯދައިފައިވަނިކޮށް ލާޒިއޯ އަށް އެއްވަރުކޮށްދިނީ 58 ވަނަ މިނެޓުގައި ލުއިސް އަލްބާޓޯ އެވެ. ލާޒިއޯ އޮތީ ހަތަރު ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.އާ ކޯޗު ޕައޮލޯ ފޮންސެކާގެ ކޯޗުކަމުގައި ކުޅޭ ރޯމާ އޮތީ ފުރަތަމަ ދެ މެޗުން ދެ ޕޮއިންޓް ހޯދައިގެން 15 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
02 September 2019
1 ވަނަ އަށް މަރުހަބާ.ނަމަވެސް ލީގް ލިބޭނީ ޔުވޭއަށް.ވވ.ވެދުން
އަންްނި
02 September 2019
ކިހިނެއް އިރާދައަކާ ނުލާ ތިހާ ބޮޑު ވާހަކައެއް ބުނަން އެނގުނީ؟
ޒައިދު
02 September 2019
ޔުވެންޓަސްއަކީ މެޗު ފިކްސިންގެ އައްޕައިންތަކެއް އެހެންވެ ލީގު ލިބިދާނެ އެކަމަކު ޗެމްޕިއަންސްލީގު ލިބުންދުރު އަމުދުން ތިޔަ ސާރީ ބާރީ ކަހަލަ ބޯހަމަނުޖެހޭ ގޮލަޔަކު ކޯޗަކަށް ލައިގެން އެކަންކުރުމަކީ މުސްތަހީލުކަމެއް.. ޒިދާނު އަންޖަލޮއްޓީ ގާޑިއޯލާ ނޫނީ ކޮންޓޭ ކަހަލަ ކޯޗަކު ނަމަ ޔޫވޭގަ މިހާރު ތިޔަ އޮތްޓީމާއެކު އެކަން ކުރީސް..
ރަދީފް
02 September 2019
@އަންނި އަހަރެން ހިތުގަ އެގޮތަށް ކަނޑައޅައިގެން އެެހެންބުނީ.