26 ޑިސެމްބަރ 2019 - 10:50
ޕެރިސް (ޑިސެމްބަރު 26) – ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާގެ ގޮތުގައި ހުރި ނޭމާ ބޭރުކޮށް އެ މަގާމް ހޯދަން މަސައްކަތްނުކުރާނެ ކަމަށް ނޭމާ ގާތު ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާ އަށް އަނިޔާ އާއި އެނޫން ވެސް ސަބަބުތަކާ ހެދި އަސްލު ކުޅުން ދެއްކޭ ގޮތް ނުވީ ނަމަވެސް ހުރިހާ ގޮތަކުން ބެލިޔަސް އެ ޓީމުގެ ސުޕަސްޓާރަކީ އޭނާ އެވެ. އެކަމަކު އެމްބާޕޭ ދައްކަމުން އަންނަ ކުޅުމާ އެކު އެ ޖާގަ އޭނާ އަށް ލިބެން ދެން މާ ގިނަ ދުވަހެއް ނެތް ކަމަށް ބެލެވިދާނެ އެވެ.
"އަހަރެން ޕެރިހަށް އައިއިރު އެއްވެސް ބަހުސެއް ނެތް، އޭނާ އަކީ ސުޕަސްޓާރު. އޭގެ ފަހުން އޭނާ އަށް އަނިޔާވެ ބްރެޒިލް ވޯލްޑް ކަޕުން ކެޓީ. އެ ހިސާބުން ވާހަކަތައް އަންނަން ފެށީ އަހަރެމެން ދެ މީހުންގެ މެދުގައި ވާދަވެރިކަމެއް އެބައޮތޭ އަހަރެން އޭނާގެ ޖާގަ ހޯދަން މަސައްކަތްކުރާ ކަމަށް ބުނެ،" ފްރާންސް ފުޓްބޯލް އަށް ވާހަކަދައްކަމުން އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ބުނީ އެ ހުރިހާ ވާހަކަތަކެއް އަޑުއެހީ ހައިރާންކަމާ އެކު ކަމަށާއި އެ ވާހަކަ ނޭމާއާ ދެއްކި ކަމަށެވެ. އެގޮތުން ނޭމާގެ ޖާގަ އަތުލަން މަސައްކަތްނުކުރާނެ ކަމުގެ ޔަގީންކަން ނޭމާ އަށް ދިން ކަމަށް އެމްބާޕޭ ބުންޏެވެ.
ނޭމާ އަށް މިހާތަނަށް ޕީއެސްޖީ އަށް 70 މެޗުން ޖަހައިދެވުނީ 60 ގޯލެވެ. އެމްބާޕޭ ވަނީ 106 މެޗުން 78 ގޯލް ޖަހައިދީފަ އެވެ. ނޭމާ އަލުން ބާސެލޯނާ އަށް ބަދަލުވާން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނާއިރު އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ. އެ ހިސާބުން ދެ ކުޅުންތެރިންގެ މެދުގައި ހަގީގީ ވާދަވެރިކަމެއް އުފެދުމުގެ ފުރުސަތު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭން އޮފް ފުޓްބޯލް
27 December 2019
ނޭމާގެ އުޅެނީ ޕްރޮފެޝަނަލް ޑިސިޕްލިންގެ މައްސަލައެއް. ހުނަރުގެ މައްސަލައެއް ނެތް. މެސީގެ ހިޔަނިން ނުކުންނަން ބާސެލޯނާ ދޫކޮށްލުމަކީވެސް މައްސަލައެއް ނޫން. އެކަމަކު ޕެރިހަށް ދިއުމަކީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ނެގި އެންމެ ރަނގަޅު ޑިސިސަނެއް ނޫން. ތި ސްޓެޓް އަށް ބަލާއިރު ގޯލް ރޭޝިއޯވެސް އަދި މަތީގައި އުޅެނީ ނޭމާ.
ބައްތު ބިން ޖަވާ މާލްދިވް
28 December 2019
މާ ބޮޑައް އިނގިގެން ނޫޅެބަލަ. ހުނަރައް ބަލާ އިރު ސިޓީގެ ރަހީމް ސްޓާލިން ވަރު ގެ ކުޅުން ތެރި އަކު ނުހުންނާނެ މިދުނިޔޭ ގަ ވެސް. #ޓުރޫޓޯރީ