ބާސެލޯނާގެ މެޗެއްގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ
05 ފެބުރުއަރީ 2020 - 09:23
ބާސެލޯނާ (ފެބްރުއަރީ 5) - ސްޕެއިނުގެ ނޫހެއް ކަަމަށްވާ ޑާރިއޯ ސްޕޯޓްސް އަށް ބާސެލޯނާގެ ޑިރެކްޓަރު އެރިކް އަބިދާލް ދިން އިންޓަވިއުއެއްގައި މަސްލަހަތު ގެއްލޭ ވާހަކަތަކެއް ދައްކާފައިވާތީ އޭނާ އަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ޑާރިއޯ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އަބިދާލް ބުނީ ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ. ވަލްވޭޑޭ މަގާމުން ވަކިކުރިއިރު ބާސެލޯނާ އޮތީ ލީގުގެ އެއް ވަނައިގަ އެވެ. އޭނާ ވަކިކުރީ ސްޕެނިޝް ސުޕަ ކަޕް ސެމީގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމުންނެވެ. ވަލްވޭޑޭ ވަކިކޮށް މިދިޔަ މަހު ބާސެލޯނާގެ ކޯޗަކަށް ހަމަޖެއްސީ ކީކޭ ސެޓިއެން އެވެ.
އަބިދާލް ބުނީ ކުރީގެ ކުޅުންތެރިންގެ ހައިސިއްޔަތުން ބާސެލޯނާ ޓީމުގައި ވަލްވޭޑޭގެ ކޯޗުކަމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެެވެ. އެ ގޮތުން ބައެއް ކުޅުންތެރިންނާއި ވަލްވޭޑޭއާ ދެމެދު މައްސަލަތަކެއް އުފެދި އެ ކަންތައްތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވީ ކަން ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.
އަބިދާލް ދިން އިންޓަވިއުގެ ހަބަރު އިންސްޓަގްރާމްގައި ޕޯސްޓުކޮށް މެސީ އެއަށް ރައްދުދީފައިވަނީ މީގެ ކުރިން ވާހަކަ ދައްކާފައިނުވާ މޭރުމަކުންނެވެ. މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގެންޖެހޭނެ ކަމަށެވެ.
"ކުޅުންތެރިންނާ މެދު ވާހަކަ ދައްކާއިރު އެބަޖެހޭ ކުޅުންތެރިންގެ ނަންތައް ވެސް ކިޔައިދޭން. އެހެންނޫނީ ގޯސް ވާހަކަތަކެއް ފެތުރުމުގެ ފުރުސަތު އެ ހުޅުވެނީ. މިއީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫން. އެކަމަކު ކޮންމެ މީހެއްގެ ވަޒީފާގައި ވެސް އެބައޮވޭ ޒިންމާތަކެއް. އެކަން ފުރިހަމަ އަށް އަދާކުރުން މީގެ އެންމެ ރަނގަޅު ގޮތަކީ،" މެސީ ލިޔެފައިވެ އެވެ.
"ކުޅުންތެރިން ޒިންމާ ނަގަން ޖެހޭނީ ދަނޑުމަތީގައި ކަމެއް ގޯސްކޮށް ދަންޏާ އެންމެ ފުރަތަމަ ގަބޫލުކުރަން ވެސް ތިބޭނީ ކުޅުންތެރިން. ހެޑް އޮފް ސްޕޯޓްސް ޑިޕާޓްމަންޓުން ވިސްނަން ޖެހޭނީ އެ މީހުންނާ ގުޅުންހުރި ނިންމުންތަކާ މެދު. އެ ނޫން ވާހަކަތަކެއް ދައްކައިގެން މަސްލަހަތު ގެއްލުމަކީ ރަނގަޅު ކަމަކަށްނުވާނެ،"
އަބިދާލްގެ އެ އިންޓަވިއުގައި އޭނާ ވަނީ އުމުރުން 32 އަހަރުގެ މެސީ، ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އެކަމަކު އެ އިންޓަވިއުއާ ގުޅިގެން މެސީ ދީފައިވާ މި ރައްދުގެ މައްސަލަ އިތުރަށް ހޫނުވެ، އާ ކޮންޓްރެކްޓްގެ މަޝްވަރާތައް މަޑުޖެހިގެންދާނެ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރަދޯނާ
05 February 2020
މެސީ ވަރު ކުޅުންތެރިއެއް އަދި މިހާތަނަށް ބާސާއަކުން ފެނިފައެއް ނެތް! ހިއެއްނުވޭ ދެން ފެންނާނެހެނެއްވެސް.
ރަދީފްް
05 February 2020
ހަހަހަ. މިސްކިތު ހުޅުޖެހި މީހާއަށް ވީވަރުދޯ މެސީއަށް ވަނީ. "މަށޭ އެބަ ކިޔާހޭ؟" އެބަ ބުނޭ. އަމިއްލައަށް ސޯޓު ބޭލި، ބުޅާ ގޯނިން ބޭރުވަނީ. އެހެންޏާ، ލިވަރޕޫލް އަތުން 4-0 އިން ބަލިވި މެޗަށްފަހު ޓީމުންނާ ސަޕޯރޓަރުންވެސް މެސީއާމެދު ކަންތައް ކުރި ގޮތުން އިނގޭ މެސީގެ ކުޅުމާމެދު ސަޕޯރޓަރުންވެސް ހިތަހަމަ ނުޖެހިފަ ތިބި ވަރު. އޭގެ ފަހުން އެއާރޕޯރޓުންނާ، ދަނޑުމަތިންވެސް ދިމާކުރި، އެހެން ނޫންތޯ؟ ވަލްވާރޑޭގެ ކޯޗުކަމުގައި މެޗުތަކުން މޮޅުވާ ރޭޓް ނުލާހިކު ރަނގަޅު
އޭނަ
05 February 2020
ދޮންކަލޯ މެސީ ކަންތައް ކުރީ ރަނގަޅަށް. އަބިޑާލް ދެއްކީ ގޯސް ވާހަކައެއްނޫން. އެކަމަކު އޭނަ އެފަދަ ވާހަކަތައް ދައްކަންޖެހޭނީ މީޑިޔާ ކުރިމަތީގައެއްނޫން. މެސީޔަކީ ކްލަބުގެ ކެޕްޓަން. އޭނަ ޖެހޭނެ ކުޅުންތެރިން ހިމާޔަތްކުރަން. އަބިޑާލް އެފަދަ ވާހަކަތައް ދައްކަންޖެހޭނީ ކްލަބާ ވަކިން. މެސީ އެބުނީ ބައެއް ކުޅުންތެރިން ބުރަކޮށް މަސައްކަތްނުކުރެޔޭ ބުނީމަ (ނަންނުބުނެ) ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިންވެސް އޭގަ ޝާމިލްވެޔޭ.
ޑޮލަރޭ
05 February 2020
ދެން ސަޕޯރޓަރުން މެސީ އާ ދިމާކުރީ މަސައްކަތުގެ ރޭޓް ދަށްވީމާ ނޫންތަ؟ އަބިޑާލް ދެއްކީ ރަނގަޅު ވާހަކައަކަށް ވަންޏާ އޭގަ މެސީވެސް ހިމެނޭ. މެސީ ދިފާއުކުރަން އެއުޅެނީ އަމިއްލަ ނަފްސު. ކެޕްޓަނެއްގެ ހައިސިއްޔަތުން ނަތީޖާ ނެރެންޖެހޭ މެޗުތަކުގަ ލީޑަރޝިޕް ނުދެއްކި ކަޓައިގެން ދާތަން ފެންނަނީ. އެވަގުތު ތަކުގައި މާޔޫސްވެ މޫނު ކުނިކޮށްގެން މޮޅިވެފަ އިނުމުގެ ބަދަލުގައި ކުޅުންތެރިންނަށް ހިތްވަރުދީ ޖޯޝާއެކު ކުޅޭތަނެއް ނުފެނޭ.
އޭނަ
05 February 2020
ޑޮލަރޭޔަށް. ދޮންކަލޯ ބާސާ މެޗުތައް ބަލަންތަ؟ އެންމެ ފަހުން ލިވަޕޫލް އަތުން 4-0 ކުން ބަލިވި މެޗުގައި މެސީ އަދި ވިޑާލްނޫނީ ނެތް ބުރަކޮށް މަސައްކަތްކުރި ކުޅުންތެރިޔެއް. އޭނަގެ ކުޅުން ދަށެކޭ އެކަކުވެސް ނުބުނޭ. ހަމައެކަނި މަދުވީ ގޯލެއް. އެކަން ނުވީ ނަސީބުވެސް އެހީނުވެގެން. ލިވަޕޫލުން މުޅިންވެސް ޖަހާފައިހުރީ ބާސުލޯނާޔަށް ހެދުނު މިސްޓޭކްތަކުން ގޯލް. މެސީޔަކީ 11 ކުޅުންތެރިންގެ ތެރެއިން އެންމެ މީހެއް. މިކަން ނޭނގޭތީ ދެރަޔީ.
ޑޮލަރޭ
06 February 2020
4-0 އިން ބަލިވި މެޗުގެ 90 މިނިޓް ހަމައެކަނި މެސީގެ މޫވްމެންޓް ޔޫޓިއުބްގަ އެބަހުރި. މޮޅިވެރިކަމާއެކު ދަނޑުމަތީގަ ހިނގުން ނޫން އިތުރު ކަމެއް ނުކުރޭ. ކެޕްޓަނެއްގެ ޒިންމާ އަދާކުރި ތަނެއް ނުފެނޭ. ޓީމް ލީޑްކުރި ތަނެއް ނުފެނޭ. ކްލަބަށް މަރުދޭ ސަޕޯރޓަރުން މެސީއާ ދިމާކުރީ މިކަންކަމާ ހެދި ނޫންތަ؟
އޭނަ
06 February 2020
ޑޮލަރޭޔަށް. މެޗު ނުބަލައި ޔޫޓިއުބް ވިޑިޔޯ ބެލިޔަކަސް އެއްޗެއް ނޭނގޭނެ. މެސީޔަކީ އެ މެޗުގައި ބާސެލޯނާއިން އެންމެ މަތިން ރޭޓިންގް ވެސް ހޯދި ކުޅުންތެރިޔާ. 10 ކުން 8 ހޯދި. އަނެއްކާ ބާސެލޯނާއިން އެންމެ ގިނަ ޗާންސް އުފެއްދީ އޭނަ. 7 ނޫނީ 8 ވަރަކަށް ޗާންސް އުފެއްދި. ވަލްވާރޑޭގެ ކޯޗުކަމުގައި އެއްވެސް ޓެކްޓިކަލް ޑިސިޕްލިންއެއްނެތި ކުޅުުނު މެޗެއްގައި މެސީގެ ކުޅުން ގޯހޭ ކިޔަނީ ބާސެލޯނާގެ ޕްލާސްޓިކް ފޭނުން. އަދި އިދިކޮޅުގައި ހަޖަމްނުވާ މީހުން
ޑޮލަރޭ
06 February 2020
ޓެކްޓިކަލީ ދަށްވެގެން ވަލްވާރޑޭގެ ކޯޗުކަމުގައި ބަލިވީ ކިތައް މެޗުންކަން ބުނެދީބަލަ؟
އޭނަ
06 February 2020
ޑޮލަރޭޔަށް. ބާސެލޯނާގެ ހަގީގީ ސަޕޯރޓަރުން މެޗުތަކުގެ ނަތީޖާޔަކަށް ނުބަލާނެ. އެމީހުންގެ ފުރަތަމަ ފޯކަސްއަކީ ބާސާގެ ސްޓައިލްގައި ކުޅުން. އެކަން ކުރެވިއްޖިއްޔާ ގިނަ މެޗުތަކުން މޮޅުވާނެ. ވަލްވާރޑޭގެ ކޯޗުކަމުގައި މަދު މެޗުތަކުން ބަލިވެފަހުރީ މެސީ، ޓާ ސްޓޭގަންގެ އިންޑިވިޖުއަލް ބްރިލިއަންސުން. ދެން ބައެއްފަހަރު ޑެމްބެލޭ އަދި އުމްޓިޓީގެ(ފުރަތަމަ ސީޒަނުގައި) ބްރިލިއަންސްވެސް އެހީވި. ދެން ނަސީބު އެހީވީ. މިއީ ހަގީގަތަކީ.
ކޭޖޭ
05 February 2020
އެއްވެސްގޮތަކަށް ކަމަކުނުދޭ މިހާރު.. ރޮނާލްޑޯ އަށްވުރެ މީނާގެ ހާލަތުގޯސް، އެހެން މީހުން ކުރާ މަސައްކަތުގެ ފޮނިކޮޅު ބޯން ހުންނަ މީހެއް.
ބާލައާދަނު
05 February 2020
ގަސް ވަކިވަރަކަށް ބޮޑުވުމުން އުނދގޫވާން ފަށަ އެވެ. ފައިދާވިޔަސް އުނދަގޫ ބޮޑުވުމުން ކަނޑާލުން ނޫންގޮތެއް ނޯވެ އެވެ.
މުގާބޭ
05 February 2020
މެސީވެސް އުޅުނީ މިހާރު ކުލަބަށްވުރެ ބޮޑުވެގެން. ދަނޑުމަތިންވެސް ހަމައެގޮތަށް. ތިހަތަރު ފްރީކިކު ބޭރަށް ޖަހާއިރުވެސް ދެންލިބޭ ފުރީކިކެއް އެހެން ކުޅުންތެރިއަކާ ހަވާލު ނުކުރާނެ.
އޭނަ
05 February 2020
ލޮލް. ކޮން އިރަކުތަ އޭނަ ކްލަބަށްވުރެ ބޮޑުވީ. ކިތައް ކްލަބުން އޭނަޔަށް ރެކޯޑު މުސާރައެއް ހުށައެޅި. އެކަމަކު ބާސާގައި މަޑުކުރީ. ދެން އަނެއްކާ ކިތަންމެ ފަހަރަކު އެބަހުރި އޭނަގެ އަސްލު ޕޮސިޝަން ކްލަބަށްޓަކައި ސެކްރިފައިސްކޮށްފައި. އަދި މިއާއެކު އޭނަ އެބަހުރި ކުޑަ އިންޖަރީއެއް އުޅުނު ނަމަވެސް ކްލަބަށް އޮންނަ ލޯތްބެއްގެ ސަބަބުން ކުޅެފަވެސް. މިހާރުވެސް އޭނަ 100 ޕަސެންްޓް ފިޓެއްނޫން. އެކަމަކު ބާސާޔަށް ދައްކާނެ ގެއްލުމަކަށްޓަކައި މަޑުކުރަނީ.