11 ފެބުރުއަރީ 2020 - 10:36
ބާސެލޯނާ (ފެބްރުއަރީ 11) – ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި އަދި އޭނާ އަށް ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ވެސް ކުޅެވިދާނެ ކަމަށް ބާސެލޯނާގެ ކުރީގެ ޑިރެކްޓަރު އަރިއެޑޯ ބްރެއިޑާ ބުނެފި އެވެ.
ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު އުފެދިފައިވާ މައްސަލަގަނޑުގެ ސަބަބުން މެސީ މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަފާނެ ކަމަށް ވާހަކަދެކެވެ އެވެ. އޭނާ ގެންދަން ޝައުގުވެރިވާނެ ކްލަބްތަކުގެ ތެރޭގައި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާން ހިމެނެ އެވެ.
ބްރައިޑާ ބުނީ މެސީ ގެންދެވޭނީ އިނގިރޭސި ކްލަބްތަކާށް ކަމަށާއި އެކަމަކު އިޓަލީގެ ވެސް ބައެއް ކްލަބްތަކަށް އެކަން ކުރެވިދާނެ ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް މެސީ ޔުވެންޓަސް އަށް ވެސް ގޮސްދާނެ ކަމަށް ބަލައި ބްރެއިޑާ ބުނީ މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެއްކޮށް ކުޅެވިދާނެ ކަމަށެވެ.
"މެސީ އަކީ އާދަޔާހިލާފު ކުޅުންތެރިޔެއް. އޭނާ އަންނަނީ ބާސެލޯނާގައި ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން. އޭނާ އުމުރުން 13 އަހަރުން ފެށިގެން އެ ކްލަބުގައި އެހުރީ، އަދި އާއިލާއާ އެކު ދިރިއުޅެމުން އެ އަންނަނީ. އޭނާ އެ ކްލަބް ދޫކޮށްލުމަކީ އުނދަގޫ ކަމެއް އެކަމަކު ނުވާނެ ކަމެއް ނޫން،" ބްރެއިޑާ ބުންޏެވެ.
ބްރެއިޑާ ބުނީ މެސީ ދާ ޓީމެއްގެ ވަރަށް ގިނަ މައްސަލަތައް އޭނާ ހައްލުކުރާނެ ކަމަށާއި އޭނާ ނެތި ބާސެލޯނާ ވެގެންދާނީ ހަމަ އާދައިގެ ޓީމަކަށް ކަމަށެވެ.
މެސީ އާއި އަބިދާލް މައްސަލަ ޖެހުނީ ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އަބިދާލް ބުނުމުންނެވެ. އެކަމުގައި މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގެންޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭމަރ
11 February 2020
މެސީ ނެތި ބާސާ ވާނީ ހަމަ އާދައިގެ ކުލަބަކަށް.. އެހެންވީމަ މެސީއަށްފަހު ދެން އެންމެ ހުނަރުވެރި ކުޅުންތެރިޔާ ނޭމަރ އެބަޖެހޭ ބާސާއަށް ގެންދަން މެސީ ދިއުމުގެ ކުރިން. އެހެން ނޫނީ ޗޮކުންދާނީ.
ޅިވަޕޫލް
12 February 2020
ށަޅި
އޭނަ
12 February 2020
ވަރަށް ރަނގަޅު ވާހަކައެއް. މެސީ ނެތި ބާސެލޯނާ ބޮޑު އަނދަވަޅަކަށް ވެއްޓޭނެ. އެކަމަކު ކޮންމެހެން ނޭމާ ގެންނާކަށް ނުޖެހޭ. އަނެއްކާ ނޭމާ އެއީ ޑެމްބެލޭ ގޮތަށް އެހާ ގިނައިން އިންޖަރީވާ ކުޅުންތެރިޔެއް. އޭނަގެ އޮޕަރޭޝަން ކާމިޔާބު ނޫންކަމަށް ވަރަށް ގިނަ ޖާރނަލިސްޓުން ބުނޭ. ބާސެލޯނާޔަކަށް އިންޖަރީ ޕްރޯން ޕްލެޔަރެއް ބޭނުމެއް ނޫން. މިހާރުވެސް އެކަހަލަ ކުޅުންތެރިޔެއްގެ ސަބަބުން އެތައް ގެއްލުމެއް އެބަވޭ.