15 ފެބުރުއަރީ 2020 - 15:26
މެޑްރިޑް (ފެބްރުއަރީ 15) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައިވާތީ ޔުއެފާ އިން މެންޗެސްޓާ ސިޓީ އަށް އަދަބުދިން ގޮތަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ މެދު ވެސް އަމަލުކުރަންޖެހޭ ކަމަށް ސްޕެނިޝް ލަލީގާ ހިންގާ އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
އެފްއެފްޕީގެ އުސޫލުތަކާ ހިލާފުވެ ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ސިޓީ އަށް ދީފައިވާ އަދަބަކީ ދެ އަހަރު ދުވަހަށް ޔޫރަޕްގެ ކްލަބް މުބާރާތްތަކުން ސަސްޕެންޑްކުރުމުގެ އިތުރުން 30 މިލިއަން ޔޫރޯގެ ޖޫރިމަނާ އެކެވެ.
ސިޓީން މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލްކުރަން ނިންމާފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން ޓެބާސް ވަނީ ޔުއެފާގެ މި ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މިއީ ފުޓްބޯޅަ ރަނގަޅު ގޮތުގައި ކުރިއަށް ގެންދަން ލިބުނު ފަސޭހައެއް. ފެއާޕްލޭ އުސޫލުން ފުޓްބޯޅަ ހިނގާނީ މީގައި ގޯސް ހަދާ ބަޔަކާ ދެމެދު ފިޔަވަޅު އަޅައިގެން. އަހަރެން އުފާކުރަން ޔުއެފާ އިން މި ފަދަ ނިންމުމެއް ނިންމީމަ. ހަގީގަތުގައި މިއީ ޕީއެސްޖީ އަށް ވެސް އަންނަންޖެހޭ އަދަބެއް،" ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވި އެވެ.
އެލްއެފްޕީގެ ރައީސް ޓެބާސް: އޭނާ ވަނީ ސިޓީ އަށް ފިޔަވަޅު އެޅި ގޮތަށް ޕީއެސްޖީ އަށް ވެސް އަދަބުދޭން ގޮވާލާފައި.
މިއީ ސިޓީ އަށް އެފްއެފްޕީއާ ހިލާފުވެގެން އަދަބުދިން ދެ ވަނަ ފަހަރެވެ. މި ފަހަރު އެ ޓީމަށް މި ވަރުގެ އަދަބެއް ދިނީ އެފްއެފްޕީ ގަވާއިދުތަކާ ހިލާފަށް ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ފައިސާ އެތެރެ ކުރުމުގައި މަކަރު ހަދާފައިވާތީ އެވެ.
ޓެބާސް މީގެ ކުރިން ވެސް ވަނީ ޕީއެސްޖީ އާއި ސިޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ފުޓްބޯޅައިގައި ރަނގަޅު ވިސްނުމުގައި ކުރިއަށްދާ ޓީމުތަކަށް އޮތް އެންމެ ބޮޑު ބިރަކީ ޕީއެސްޖީ އާއި ސިޓީ ފަދަ އުސޫލުން ބޭރު ކަންތައްތައް ކުރާ ކްލަބްތަކުގެ ނުރަނގަޅު ނުފޫޒު ކަމުގައި ޓެބާސް ސިފަކުރެއްވި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެފްއެފްޕީ ގަވާއިދާ ސިޓީ ހިލާފުވުމުން ޔުއެފާ އިން އެޅި ފިޔަވަޅު އިނގިރޭސި އެފްއޭ އިން އަންނަނީ ބަލަމުންނެވެ. އަދި މީގެ ސިޓީން ކަންތައްތައް ކޮށްފައިވާ މިންވަރަށް ބަލައި އޮންނަ ގަވާއިދުގެ ތެރެއިން ޕްރިމިއާ ލީގުން ވެސް ސިޓީއާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އެންމެ ފުރުސަތު ބޮޑީ ސިޓީގެ ޕޮއިންޓު އުނިކުރުން ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ދެވަނަ
16 February 2020
ލަލީގާ ގައި އޮންނާނެ 2 ކުލަބް.. ލާރި ހޯދާ ތަނެއްވެސް ނޭންގޭ..100 މިލިޔަނުން 200 މިލިޔަނުން ކުޅުންތެރިން ގަންނަނީ އެ މީ ހުންނަށް އަދަބުދޭން ގޮވާލިއްޔާ މާރަނގަޅު ވާނެ
އޭނަ
17 February 2020
ލޮލް. ބާސެލޯނާޔަށްވުރެ ސޮޕޮންޝާޝިޕް ހައި އެއްވެސް ކްލަބެއް ނޯންނާނެ. އެމީހުންނަށް ނައިކީޔާއެކު މިހާރުވެސް 200 މިލިޔަން ޔޫރޯގެ ކޮންޓްރެކްޓެއް އޮވޭ. އަދި އެމީހުންގެ އޮތީ ޔޫރަޕުގެ އެންމެ ބޮޑު ސްޓޭޑިއަމް. ދެން އަނެއްކޮޅުން ޝާރޓް ސޭލްސް، ޔޫޓިއުބް، ޓްވިޓާ ފަދަ ސޯޝަލް މީޑިޔާގެ އެޕްލިކޭޝަންތަކުންވެސް އެންމެ ގިނައިން ރުފިޔާ ވައްދަނީ އެމީހުން. އަންނަ އަހަރު އާމްދަނީ އެއް ބިލިޔަން ޔޫރޯއަށްވުރެ މައްޗަށްދާނެ. ދެންވެސް ތިޔަ ބުނަނީ ރުފިޔަލެއް ނެތޭ.
ރަދީފްް
16 February 2020
ކޮބާ ރަދީފަށް ސަސްޕެންޝަނެއް ދޭން ނުގޮވާތަ؟
އަހޫ
16 February 2020
ޖޭ ވަނީ
ބެޓާސް
15 February 2020
ރެއާލައް ޖެހިޖެހިގެން ތިން ޗެންޕިއަންސް ލީގު ހޯދައިދިނުމުގަ ރެފްރީންގެ އެހީތެރިކަން ދީފަވާތީ ޔުއެފާއާމެދުވެސް ފިޔަވަޅު އަޅަންޖެހޭ..
އޭނަ
17 February 2020
ވަރަށް ރަނގަޅު ވާހަކައެއް. ރިއާލުން ތިން ޗެމްޕިއަންސް ލީގު ހޯދީ ސީދާ ރެފްރީންގެ އެހީތެރިކަމާއެކު. އެމީހުން މިފަދަ ޤަވާއިދުތަކާ ޚިލާފުވިޔަސް އަދަބެއް ނުދޭނެ. ލަލީގާގެ ރައީސް ޕެރޭޒާ ގުޅުން އޮންނާތީ ލަލީގާވެސް ރެފްރީންގެ އެހީތެރިކަމާއެކު ރިއާލަށްދޭން މަސައްކަތްކުރާތާ އެތަކެއް އަހަރެއްވެއްޖެ. އެކަމަކު ބާސެލޯނާ އެއަހަރުތަކުގައި ތަފާތު ދައްކާތީ އެކަން ނުވަނީ. ޓެބަސް މިއީ ސީދާ ފައްކާ ރޯނުއެދުރެއް. ބާސާގެ ސަޕޯރޓަރުން މީނަޔަށް ތާއިދެއްނުކުރާނެ.
ލޯންސްޓަރ.
15 February 2020
ރެއާލްއާއި ދެކޮޅަށްވެސް ފިޔަވަޅު އަޅަން ޖެހޭ.
ރަދީފްް
15 February 2020
ބާރސާއަށްވެސް. ފޯރިއެއް އެބަ ހުއްޓެއްނު؟
ޒިދާނު
15 February 2020
ބަލަ ކަމެއް ނުކޮއް ހުއްޓާ އަދަބު ދެވޭތަ؟