16 ފެބުރުއަރީ 2020 - 09:17
ބާސެލޯނާ (ފެބްރުއަރީ 16) - މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ ސްޕެނިޝް ލީގުގައި އެންޓޮއިން ގްރީޒްމަން ޖެހި ފުރަތަމަ ގޯލާ އެކު 2-1 އިން ގެޓަފޭ އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ރެއާލުން 23 މެޗުން 52 ޕޮއިންޓް ހޯދާފައިވާއިރު، ބާސެލޯނާ އިން 52 ޕޮއިންޓް ހަމަކުރީ 24 މެޗުންނެވެ. މިރޭ ސެލްޓަ ވިގޯ ބަލިކޮށް ރެއާލަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނެގޭނެ އެވެ.
ރޭގެ މެޗަކީ ޑިސެމްބަރު މަހު 21 ވަނަ ދުވަހަށް ފަހު ލީގުގައި ގްރީޒްމަން ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ. ގްރީޒްމަން މެޗުގެ 33 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ލިއޮނަލް މެސީ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. އޭގެކުރިން ގެޓަފޭގެ އެލާން ނިޔޯމް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ކެންސަލްކޮށްފަ އެެވެ.
ގްރީޒްމަން ބުނީ ބާސެލޯނާ ގުޅުނުތަން އަދިވީ ހަތް މަސް ދުވަސް ކަމަށާއި ޓީމުގެ ކުޅުންތެރިންނާ އެކު ރަނގަލު ކޮމްބިނޭޝަނެއް ގާއިމްކުރެވެން ފެށުނީ ވަރަށް ފަހުން ކަމަށެވެ.
ފުރަތަމަ ހާފުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ 39 ވަނަ މިނިޓްގައި ސާޖީ ރޮބާޓޯ އެވެ. އޭނާ މި ލަނޑު ޖެހީ ޖޫނިއާ ފާޕޯ ނަގައިދިން ހުރަހަކުންނެވެ. ދެ ވަނަ ހާފްގައި ކުރިއަށް ޖެހިގެން ކުޅެ ލަނޑެއް ޖަހަން ކުރި މަސައްކަތުން ގެޓަފޭގެ އެންހެލް ރޮޑްރިގޭޒް ވަނީ އެ ޓީމަށް މެޗުގެ 66 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. ފަހުން ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއްކުރި ނަމަވެސް ގެޓަފޭ އަށް ކާމިޔާބެއްނުވި އެވެ.
ރޭގެ މެޗަށް ބާސެލޯނާ އިން ނުކުތީ އެ ޓީމުގެ ވިންގް އޮސްމާން ޑެމްބެލޭ އަށް ހާއްސަ ޖޯޒީއެއް ލައިގެންނެވެ. އަނިޔާގެ ސަބަބުން ޑެމްބެލޭ ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާއިރު، އޭނާ ނެތްތަނަށް އިމަޖެންސީ ޓްރާންސްފާއެއް ފުރިހަމަކުރަން ބާސެލޯނާ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހޫ
16 February 2020
މިފަހަރު ބާރސާ ޖެހޭނީ މަހަށް ދާން! އިނގިއްޖެ!
އޭނަ
16 February 2020
ބަލަ މިފަހަރުގެ ލީގު އަދި ޔޫސީއެލް ލިބޭނެކަމަށް ބާސާގެ ސަޕޯޓަރުން އުންމީދެއްނުކުރޭ. އެއަށްވުރެ ސްކޮޑު ކުޑަ. އިންޖަރީސްއާއި ބޯޑުގެ ކައްޕަޅުކަމުން މިފަހަރު ސީޒަން ނިންމާލައިގެން މިހުރީ. އަންނަ ސީޒަނަށް ދެން އުންމީދުކުރަނީ. ބާސެލޯނާޔަށް ވަރަށް ބަދުނަސީބު ސީޒަނެއް މިސީޒަނަކީ.
ޢިބޫ
16 February 2020
މެސީދޭ އެސިިިސްޓްތަކުގެ ބޭނުން ނުކުރެވޭ ރަނގަޅަކަށް ބާސާ ކުޅުންތެރިންނަށް.
ނަގިއްޔާ
16 February 2020
ކިރިއަކިރިއާ މޮޅުވީ. އާކޯޗުގެ ފުރަތަމަ މެޗުގަ ރީތި ޝޯޓް ޕާސިން ގޭމެއް ފެނުނު އެކަމަކު މިހާރު ފެންނަނީ ފެށުނީއްސުރެ ޕްރެޝަރުގަ ކުޅޭތަން. މެސީ ތަނަވަސްކޮށްދޭ ރީތި ފުރުސަތުތަށް ގްރީޒްމަން ފޮނުވާލަނީ ރޭގަޑުގެ އަނދިރި ޖައްވަށް.
ރަދީފް
16 February 2020
މަރުހަބާ ބާސާ.2/03/2020 ގެ ކުރިން (ޔަޢުނީ އެލްކްލެސިކޯ މެޗް) ސެލްޓަވީގޯ އަދި ލެވަންޓޭގެ ފަރާތުން ރަނގަޅު އެހީތެރިކަމެއް ބާސާއަށް ލިބޭނެކަމަށް އުއްމީދުކުރަން.#ވިސްކައެލްބާސާ #ޕުތަމެޑްރިޑް #ފެރޯސްމެޑްރިޑް #ޙޮދާމެޑްރިޑް
ރަދީފާާ
16 February 2020
ދަމަކުން ބަޑިއެއް ޖަހާހެން ރަދީފް މިހާރު މިފެންނަނީ ކީއްވެބާ؟ ހޮރު 5ސްޓަރ ފެންވަރަށް ހެދީބާ އެތަނުން ނުނިކުމެވެނީ؟ ވީ މިސް ޔޫ. -ބާރސާ ފޭން-