ކުޅިވަރު / މެންޗެސްޓާ ސިޓީ

ކޯޓުގައި އޮތް ސިޓީ މައްސަަލަ އަންނަ މަހަށް ތާވަލުކޮށްފި

ލީގުގެ މެޗެއްގެ ތެރެއިން ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޒިއުރިކް (މެއި 20) - ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކޮށްފައިވާ މެންޗެސްޓާ ސިޓީގެ އިސްތިއުނާފުގެ އަޑުއެހުންތައް އަންނަ މަހު ފަށަން މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ނިންމައިފި އެވެ.

ޔުއެފާ އިން ކުރި ދިގު ތަހުގީގަށް ފަހު، މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރީ ކުރިއަށް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑްކުރުމުގެ އިތުރުން ވަނީ 30 މިލިއަން ޔޫރޯ އިން ޖޫރިމަނާކުރާށެވެ. ސިޓީ އަށް އަދަބު ދޭން ނިންމީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ އެވެ. ސިޓީން މި ތުހުމަތުތަށް ދޮގުކޮށް މައްސަލަ ވަގުތުން ސީއޭއެސް އަށް ހުށަހެޅި އެވެ.

ކޮވިޑް-19 ގެ ސަބަބުން އަންނަ ސީޒަން ފެށުމުގެ ކުރިން ސިޓީގެ މައްސަަލަ ސީއޭއެސްގައި ނުބޭއްވޭނެ ކަމަށް ކުރިން ބެލެވުނެވެ. އެކަމަކު ސީއޭއެސް އިން ވަނީ އަންނަ މަހު އަށް ވަނަ ދުވަހަށް ސިޓީގެ އިސްތިއުނާފު މައްސަލަ ތަހުގީގުކުރަން ފަށާނެ ކަމަށް ބުނެފަ އެވެ. ސީއޭއެސް އިން އޭއެފްޕީ އަށް ބުނީ ތަހުގީގުގެ އަޑުއެހުންތައް ގެންދާނީ ވީޑިއޯ ކޮންފަރެންސްކޮށްތޯ ނޫނީ ސިޓީގެ އޮފިޝަލަކު ސްވިޒަލެންޑަށް ގެނެސްގެންތޯ ކުރިއަށް ދުވަސްތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސީއޭއެސް އިން މި މައްސަލަ އަވަހަށް ބަލަން ނިންމީ ޔުއެފާގެ އެދުމުގެ މަތިން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފެށުމުގެ ކުރިން މި މައްސަލައިގައި އަމަލުކުރާނެ ފައިނަލް ގޮތެއް ކަނޑައެޅުމަށެވެ.

މީގެ ކުރިން މީޑިއާތަކުން އާންމު ކޮށްފައިވާ ސިޓީގެ ލިޔެކިއުންތަކުގައިވާ ގޮތުން ސިޓީން އެފްއެފްޕީ ގަވާއިދުތަކާ ހިލާފަށް ކްލަބަށް ފައިސާ އެތެރެ ކުރުމުގައި މަކަރު ހަދާފައިވަނީ އެކި ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ހަރަދުކޮށްގެން ކަމަށާއި އެކަމަކު އެ ހަރަދުތަކުގެ ތަފްސީލެއް ސިޓީގެ އެއްވެސް ރަސްމީ އެކައުންޓްތަކުން ނުހިމަނައި ކަމަށެވެ. އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން ޔުއެފާ އިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު ފިޔަވަޅު އަޅައިފަ އެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރި ސިޓީގެ ސްކޮޑުގެ އަދަދު މަދުކުރަން ނިންމީ އެވެ.

އިނގިރޭސި މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކުރި ގޮތުގައި ސިޓީގެ ސަސްޕެންޝަން ދަމަހައްޓަން އިނގިރޭސި ބައެއް ކްލަބްތަކުން އަންނަނީ ބާރުއަޅަމުންނެވެ.

ސިޓީގެ އަދަބު ސީއޭއެސް އިން ލުޔެއްނުދީފިނަމަ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސިޓީ އަށް ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ ގާޑިއޯލާ އެ ކްލަބްގައި މަޑުނުކުރާނެ ކަމަށް މީޑިއާގައި މީގެ ކުރިން ވެސް ވަނީ އަޑުފެތުރިފަ އެވެ. ދާދި ފަހުން ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ވެސް ވަނީ ސިޓީގެ ސަސްޕެންޝަނަށްވާ ގޮތަކުން މުސްތަގުބަލާ މެދު ގޮތެއް ނިންމައި އުނދަގޫ ނިންމުމެއް ނިންމަން ޖެހިދާނެކަމުގެ އިޝާރާތެއް ދީފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454