ވެސްޓް ހޭމްގެ ދެ ކުޅުންތެރިން ކައިރިން ޓޮޓެންހަމްގެ ކޭން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
24 ޖޫން 2020 - 09:38
ލަންޑަން (ޖޫން 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ އަންނަ ސީޒަނުގެ ޔޫރަޕްގެ ފުޓްބޯޅައިގެ ޖާގައެއް ހޯދުމުގެ މަސައްކަތުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ކުރިއަށް ޖެހިލައިފި އެވެ.
ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭއިރު، ޔޫރޮޕާ ލީގުން ޖާގަ ލިބޭނީ ފަސް ވަނައިގައި ނިންމާ ޓީމަކަށެވެ. ދެން އޮތް ޔޫރޮޕާ ލީގުގެ ދެ ޖާގައަކީ އެފްއޭ ކަޕާއި ލީގު ކަޕްގެ ތެރެއިން ލިބޭ ދެ ޖާގަ އެވެ. ކުރިއަށް އޮތް ދެ ސީޒަނަށް މެންޗެސްޓާ ސިޓީ ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑްކޮށްފައިވާތީ ލީގުގެ ގަދަ ހަ ޓީމަށް އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ލިބޭ ގޮތަށް އޮތްއިރު، އެ މަގާމުގެ ވާދަވެރިކަން އޮތީ ވަރަށް ބޮޑުވެފަ އެވެ.
ޓޮޓެންހަމް ރޭ ހޯދި މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 31 މެޗުން 45 ޕޮއިންޓް ހަމަކޮށްގެންނެވެ. ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަ ވަނައިގައި އޮތް ވުލްވްސް އަށް އޮތީ 30 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. އަދި ހަތަރެއްގައި އޮތް ޗެލްސީ އަށް ވަނީ 30 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ.
މޮރީނިއޯ ބުނީ ޔޫރަޕްގެ ޖާގައެއް ހޯދުމަށް ޓޮޓެންހަމަށް އަދިވެސް ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ.
"ކީއްވެ އަހަރެމެންނަށް ގަދަ ހަތަރަކަށް ނުވަދެވެންވީ. އަހަރެންގެ ނަޒަރުގައި މަސައްކަތްކޮށްފިނަމަ އެ ފުރުސަތު ނެތެކޭ މި ޓީމުގެ އެއްވެސް މީހަކު ނުބުނާނެ. އަހަރެމެން މި ރޭހުގައި (ޔޫރަޕްގެ) އެބައޮތް،" މޮރީނިއޯ ބުންޏެވެ.
ރޭގެ މެޗަކީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ޓޮޓެންހަމަށް ލިބުނު ފުރަތަމަ މޮޅެވެ. ފުރަތަމަ ހާފުގައި ސޮން ހެއުން މިންގެ ގޯލުން ޓޮޓެންހަމުން ލީޑުނެގި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. ޓޮޓެންހަމް ލީޑުނެގި ގޯލަކީ މެޗުގެ 64 ވަނަ މިނިޓްގައި ވެސްޓް ހޭމްގެ ތޯމަސް ސޯޝެކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ޓޮޓެންހަމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ ހެރީ ކޭން އެވެ.
ލީގުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ރޭ ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި ބްރައިޓަންއާ އެއްވަރުވެފަ އެވެ. މި މެޗުން ބްރައިޓަން މޮޅުކޮށްދޭން ނީލް މޯޕޭ ޖެހި ޕެނަލްޓީ ލެސްޓާގެ ކީޕަރު ކެސްޕަ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ޕްރިމިއާ ލީގު އަލުން ފެށި ފަހުން ލެސްޓާ އަށް ކުރިން ދެއްކި ކުޅުން އަދި ދެއްކޭ ގޮތެއްނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްްް
25 June 2020
ސްޕަރސް އިން މަގޭ ޓީމެއްގެ ގޮތުގައި އޮންނަން ބޭނުމިއްޔާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާންޖެހޭ. މަގޭ ޓީމުތަކުގެ ތެރެއިން ޔޫސީއެލް ނޫނީ ޔޫރޮޕާ ނުކުޅުނަސް މަގޭ ޓީމެއްގެ ގޮތުގައި ދެމިއޮވެވޭނީ މަގޭ ނަމްބަރ ވަން ކްލަބް އާރސެނަލްއަށް އެކަނި ކަމުގައި ހަނދާންކޮށްދެން.
ހައްމާދު
24 June 2020
ކަމޯން ޓޮޓެންހަމް! ޔޫ ކޭން ޑޫ އިޓް! ސްޕާސް އަކީ އައިގެ ފެވަރިޓް! ލަވްޔޫ ކޭން!
ނިއުމާ
24 June 2020
މަރުހަބާ މަގޭ ފެވަރިޓް 02 ޓީމް.އެއީ ސްޕާސް އަދި ލެސްޓަރ.
އެޓީމް މިޓީމް
24 June 2020
ކަލޭގެ ކިތައް ޓީމް އޮވޭތަ؟
ނިއުމާާ
24 June 2020
ރަދީފް ހާދަ ޑެސްޕަރޭޓް ދުވަސްކޮޅެކޭ...