24 ޖޫން 2020 - 09:58
ބާސެލޯނާ (ޖޫން 24) – އެތުލެޓިކް ކްލަބް އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދައި ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް އަލުން އަރައިފި އެވެ.
މިއީ އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާއާ 0-0 އިން ބާސެލޯނާ އެއްވަރުވުމުން، ރެއާލުން ފައިދާ ނަގައި އެއް ވަނަ އަށް އަރާފައިވަނިކޮށް ބާސެލޯނާ އަލުން މަގާމަށް އެރި އެރުމެކެވެ. އެކަމަކު ބާސެލޯނާ 68 ޕޮއިންޓާ އެކު އެއް ވަނަ އަށް މި އެރީ އެއް މެޗު އިތުރަށް ކުޅެގެން ކަމަށްވާތީ، ރެއާލުން މިރޭ މަޔޯކާ އަތުން މޮޅުވެގެން އަނެއްކާ ވެސް އެއް ވަނަ އަށް އެރޭނެ އެވެ. އެ ޓީމު މިވަގުތު ދެ ވަނައިގައި އޮތީ 65 ޕޮއިންޓާ އެކު އެވެ. ރޭ ބާސެލޯނާ އަތުން ބަލިވި އެތުލެޓިކް ކްލަބް އޮތީ 42 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.
ބާސެލޯނާގެ ހަމައެކަނި ގޯލް 71 ވަނަ މިނެޓުގައި ޖެހީ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗެވެ. ފުރުސަތު ތަނަވަސްކޮށްދިނީ ލިއޮނަލް މެސީ އެވެ. ބާސެލޯނާ އަށް ރޭގެ މެޗުގައި މާގިނަ ފުރުސަތުތަކެއް ނުހޯދުނެވެ. އަދި އެ ޓީމުގެ ރަސްމީ، ކުޅުމެއް ވެސް ނުދެއްކުނެވެ. ބާސެލޯނާގެ ކޯޗު ކުއިކީ ސެޓިއެން ބުނީ މެޗު އުނދަގޫވާނެކަން ކުރިން ވެސް އެނގޭ ކަމަށާއި ހާލަތުގެ ގޮތުން، ގޯހެއް ހަދައިގެން ފަރުޖެހެން ނެތުމުން ކުޅުންތެރިންގެ ހާސްކަން ބޮޑު ކަމަށެވެ.
ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ލެވަންޓޭ އަތުން 1-0 އިން މޮޅުވެފަ އެވެ. ހަމައެކަނި ގޯލަކީ 15 ވަނަ މިނެޓުގައި ލެވަންޓޭގެ ބްރުނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމު އޮތީ 55 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާާ
24 June 2020
މަރުހަބާ ރަދީފް
އަސްލު ހަގީގަތް
24 June 2020
ރޭގަ ފެނުނީ ޒުވާން ކުޅުންތެރިންގެ ތަފާތު، އަދި ނެޗުރަލް ޕޭސީ ވިންގަރެއް ލުމުން ޓީމުގެ ކުޅުން އަވަސްވެގެން ދިޔަތަން. ބާސެލޯނާ ދެންވެސް ކޮޅަށް ޖެހޭނީ ލާމާސިޔާޔަށް. ބާރޓެމޯ މުޅި ކްލަބު ހަލާކުކޮށްލައިފި. އަންނަ އަހަރަށްފަހު ބާސާ އެމީހުންގެ ހަގީގީ ސިފައިގައި ފެނިގެންދާނެ އިންޝާ ﷲ. މިޒަމާނަކު ފުޓްބޯޅައެއް ނުކުޅެވޭނެ ވިންގަރުން ނުލައެއް.
ރަދީފްއޮފިޝިއަލް
24 June 2020
ސާބަހޭ ބާސާ.އިރާދަކުރެއްވިޔާ ލީގް ކާމިޔާބްކުރާނީ ބާސާއިން.އިންޝާﷲ.ވ.ވެދުން. #ވިސްކައެލްބާސާ #ވިސްކައެލްބާސާ #ޕުތަމެޑްރިޑް #ޕުތަމެޑްރިޑް #ޖޮޑެންސޯޓޮޑޯސްލޮސްވާޑެރޯސްފެނޮޓިކޯސް #ހޮދާޕެރޯސްމެދްރިދް
ނިއުމާ
24 June 2020
ވަރަށް ދެރަވެއްޖެ އެތުލެޓިކް ކްލަބް ބަލިވީމަ.އަދި މިރޭ މަގޭ އެންމެ ފެވަރިޓް ކްލަބް ރެއާލް މޮޅުވީމަ އުފާވާނެ.
ކިނބޫ
24 June 2020
މިރޭ އިރާދަކުރެއްވިއްޔާ ރެއާލް މޮޅެއްނުވާނެ
ނިއުމާާ
24 June 2020
ރަދީފް ދެން ތީ ކޮން ކަމެއް، މީހުންގެ ނަމުގަ އައިޑީ ހަދައިގެން؟