25 ޖޫން 2020 - 10:03
މެޑްރިޑް (ޖޫން 25) – މަޔޯކާ އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމް އަލުން ހޯދިއިރު، މި މެޗުގައި ކުޅެ މަޔޯކާގެ އުމުރުން 15 އަހަރުގެ ލޫކާ ރޮމޭރޯ، ސްޕެނިޝް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފި އެވެ.
ލީގުގައި ބާސެލޯނާ އިން މި ހަފުތާގެ ކުރީކޮޅު ސެވިއްޔާއާ އެއްވަރުވި ހިސާބުން، ރެއާލަށް ކުރި އަށް އެރުމުގެ ފުރުސަތު އޮތީ ލިބިފަ އެވެ. އެކަމަކު ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުން އަންގާރަ ދުވަހުގެރޭ އެތުލެޓިކް ކްލަބް އަތުން 1-0 އިން މޮޅުވެ އަލުން އެއް ވަނަ ހޯދީ އެވެ. ރެއާލުން އެ ޓީމު ފަހަތަށް ޖައްސާލައި އެއް ވަނަ އަށް މި އެރީ، ބާސެލޯނާއާ އެއްވަރަށް 31 މެޗުން 68 ޕޮއިންޓް ހޯދައިގެން އެކަމަކު ހެޑް-ޓު-ހެޑް އިން ކުރި ހޯދައިގެންނެވެ. އެ ދެ ޓީމާ އެންމެ ކައިރީގައި އޮތް އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ 55 ޕޮއިންޓާ އެކު އެވެ. މަޔޯކާ އޮތީ 26 ޕޮއިންޓާ އެކު 18 ވަނައިގައި ރެލިގޭޒަން ޒޯނުގަ އެވެ.
މެޑްރިޑުގެ ބީ ޓީމުގެ ސްޓޭޑިއަމް ކަމަށްވާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އެ ޓީމަށް 19 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހައިދިނީ 19 އަހަރުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާ އެވެ. ރޭގެ މެޗުގައި ރެއާލުގެ ވޭލްސް ވިންގާ ގަރެތު ބޭލް ފެބްރުއަރީ 16 ގެ ފަހުން ފުރަތަމަ އެގާރައިގައި ކުޅުނު ނަމަވެސް، އޭނާ އާއްމުކޮށް ޖަހާ ހިލޭ ޖެހުން ޖަހަން އެރީ ރާމޯސް އެވެ. ކެޕްޓަން ރާމޯސް ވަނީ 56 ވަނަ މިނެޓުގައި ހިލޭ ޖެހުމުން ލަނޑެއް ޖަހައި މި ސީޒަނުގެ އަށް ވަނަ ގޯލް ޖަހައިފަ އެވެ. މިދިޔަ އާދީއްތަ ދުވަހު ރެއާލް ސޮސިއެޑާޑް ކޮޅަށް ގޯލް ޖަހައި އޭނާ ވަނީ ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރުގެ ރެކޯޑް ހަދައިފަ އެވެ.
މަޔޯކާގެ ރޮމޭރޯ (ވ) ރެއާލުގެ ކުޅުންތެރިން ކައިރީ ބޯޅަ ހޯދަން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ރެއާލުގެ ޕްލޭމޭކަރު އެޑެން ހަޒާޑް ވަނީ އަނިޔާގެ މައްސަލައެއްގައި ބާލައިފަ އެވެ. ޗެލްސީން މި ސީޒަނުގައި ރެއާލާ ގުޅުނު، އަދި އެތައް އުއްމީދުތަކެއް ކުރެވުނު ކުޅުންތެރިޔާގެ ކުޑަހުޅަށް ދިމާވި މައްސަލަ އަދިވެސް އެއްކޮށް ރަނގަޅެއް ނުވަނީ ކަމަށް ބެލެވެ އެވެ.
ރޭގެ މެޗު ތާރީހުގެ ތެރެއަށް ވަނީ 83 ވަނަ މިނެޓުގައި މަޔޯކާގެ ރޮމޭރޯ ކުޅެން އެރުމާ އެކު އެވެ. މަޔޯކާގެ ސީނިއާ ޓީމާ އެކު މި މަހުން 1 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ތަމްރީން ހެދި ރޮމޭރޯގެ އުމުރަކީ 15 އަހަރާއި 219 ދުވަހެވެ.
"އެއީ ހަނދާނުން ފޮހުނުލެވޭނެ ހިނދުކޮޅެއް،" މެޗަށް ފަހު އޭނާ ޓްވީޓްކުރި އެވެ.ސްޕެނިޝް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ކުރިން އޮތީ 1939 ވަނަ އަހަރު ސެލްޓާ ވީގޯ އަށް ކުޅުނު ފްރަންސިސްކޯ ބާއޯ ރޮޑްރިގޭޒް އަތުގަ އެވެ. އޭރު އޭނާގެ އުމުރުން 15 އަހަރާއި 255 ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަްަަަަަަާާއަހުމަދު ޝާތިރު
29 June 2020
މަރުހަބާާ
ގާނޫނީ ރަދީފް
25 June 2020
މަރުހަބާ މައި ނިއު ފެވަރިޓް ކްލަބް...
ރަދީފްއޮފިޝިއަލް
25 June 2020
ހެހެހެހެ.ކަލޭ ޑެސްޕަރޭޓްވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވޭ.ވ.ވެދުން
ބޯޅަ ބުޅާ
25 June 2020
ރެފްގެ އެހީގަ އަބަދު މޮޅުވާ ކްލަބް މޮޅުވީމަ އެއްބަޔަކު އުފާވާނެ.
ނިއުމާ
25 June 2020
ވަރަށް ބޮޑު އުފަލެއް ލިބިއްޖެ މަގޭ ނަމްބަރ 1 ކްލަބް ރެއާލް މޮޅުވީމަ.އަދި ލީގް ކާމިޔާބް ކުރާ ދުވަސްއެއީ އެންމެ އުފާވާނެ ދުވަސް.
ހިސޭ
25 June 2020
މަރުހަބާ ނިއުމާ.ވަރުގަދަ ސަޔެއް އޮންނާނެ ދޯ ރެއާލު މޮޅޮވީމަ.
ނިއުމާ
25 June 2020
ޕީޓްރަލް ހޮޓަލުން ސަޔެއް ދޭނަން ލޮކްޑައުން ނިމުނީމަ.އޯކޭތަ.