ބާސެލޯނާ އާއި ސެލްޓަ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
28 ޖޫން 2020 - 09:45
މެޑްރިޑް (ޖޫން 28) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ސެލްޓަ ވީގޯއާ 2-2 އިން އެއްވަރުވެ ލީގުގެ ރޭހުގައި ބާސެލޯނާ އަށް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެ އެވެ.
ރޭގެ މެޗުން އެއްވަރުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ 32 މެޗުން 69 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތީ އެއް މެޗު މަދުން ކުޅެ 31 މެޗުން 68 ޕޮއިންޓާ އެކު އެވެ. މިރޭ އެސްޕަންޔޯލް އަތުން މޮޅުވެގެން ރެއާލަށް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ މި ވަގުތަށް ބަލާއިރު ރެއާލަށް އެޑްވާންޓޭޖް އޮތް ކަމުގައި ވިޔަސް އޭނާގެ ނަޒަރުގައި އަދިވެސް ބާސެލޯނާ އަށް ފުރުސަތު އެބައޮތެވެ.
"އަހަރެމެންނަށް އަމިއްލަ ބާރެއް ނެތަސް އަހަރެން ގަބޫލުކުރަނީ ރެއާލަށް ހުރިހާ ޕޮއިންޓެއް ނުހޯދޭނެއޭ. އެއީ ފަސޭހަކަމެއް ނޫން. އަހަރެމެން ދުލެއް ނުދޭނަން،" ކުރިން ރެއާލް ބެޓިސް އަށް ކޯޗުކޮށްދިން ސެޓިއެން ބުންޏެވެ.
ސެލްޓަ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިއިރު، ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުން ވަނީ ޕްރޮމޯޓްކޮށްފަ އެވެ. އަންނަ މަހު 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އެކި ހަރަކާތްތައް ސެލްޓަ އިން އަންނަނީ ކުރަމުންނެވެ. އެއީ ސެލްޓައާ އެކު ރާއްޖޭން ވެފައިވާ އެއްބަސްވުމުގެ ތެރެއިންނެވެ.
ރޭގެ މެޗު ފަށައިގެން 20 ވަނަ މިނިޓްގައި ލިއޮނަލް މެސީ ދިން ބޯޅައަކުން ބާސެލޯނާ އަށް ލީޑުނަގައިދިނީ ލުއިސް ސުއަރޭޒް އެވެ. ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ސެލްޓަ އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެކަމަކު ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ސެލްޓަ އަށް ކުޅޭ ރަޝިއާ ކުޅުންތެރިޔާ ފިޔޯޑޯ ސްމޯލޯފް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ވެސް ސުއަރޭޒް އެވެ. އޭނާ މެޗުގެ 67 ވަނަ މިނިޓްގައި ޖެހި މި ލަނޑަކީ ވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ. ބާސެލޯނާ މޮޅުވާން ދަނިކޮށް މަންޒަރު ބަދަލުވީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. ސެލްޓަ އަށް ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 88 ވަނަ މިނިޓްގައި އިއާގޯ އަސްޕާސް ވަނީ މޮޅު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ 2-1 އިން އަލަވޭސް ބަލިކޮށްފަ އެވެ. ލީގުގެ ތިން ވަަނައިގައި އެތުލެޓިކޯ އޮތީ 32 މެޗުން 58 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ސެވިއްޔާގެ އޮތީ 32 މެޗުން 54 ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރު ނިއުމާ
29 June 2020
މަގޭ 26 ވަނަ ފެވަރިޓް ކްލަބް ސެލްޓާ އެއީ ރާއްޖެއިން ސްޕޮންސަކޮށްފައިވާ ކްލަބެއް.މަރުހަބާ ސެލްޓާ
އަސްލު ހަގީގަތް
28 June 2020
ބާސެލޯނާޔަށް މިހާރު ދިމާވެގެން އުޅޭ މައްސަލަ ވަރަށް ސާފު. އިންކޮމްޕީޓަންޓް ބޯޑަކާ، މިޑް ޓޭބަލް ކޯޗަކާއި، އޭޖިންގް ސްކޮޑެއް އޮތުމުން ޓީމަށް ކުރިއަރައިގެން ނުދެވެނީ. އެންމެފަހުންވެސް އެވިއްކާލީ 23 އަހަރުގެ ކުޅުންތެރިޔެއް. ބަދަލުގައި ލިބުނީ 30 އަހަރުގެ ކުޅުންތެރިޔެއް. ބާސެލޯނާގައި ފާސްޓް ވިންގަރުންނެއްނެތް. 17 އަހަރުގެ ފަޓީއަކަށް ހުރިހާ ކަމެއްނުވާނެ. ދެންހުރި މީހާއުޅެނީ ހޮސްޕިޓަލްގައި. 2021 ގެ އިލެކްޝަންގެ ފަހުން ޓީމް ހަމަޔަކަށް އެޅޭނީ.
ރަދީފްްް
28 June 2020
މަރުހަބާ މައި ނިއު ފެވަރިޓް ކްލަބް ސެލްޓާ
މުން ދަރަ ނިއުމާ
28 June 2020
އަހަރެން ވަރަށް އުފާވެއްޖެ މަގޭ 26 ވަނަ ފެވަރިޓްކސެލްޓާވިގޯ މޮޅުވީމަ.
ރަދީފްއޮފިޝިއަލް
28 June 2020
ހާދަ ދެރައޭ މިވީ ގޮތް.ނަމަވެސް އުއްމީދުކުރަނީ އަދިވެސް ކާމިޔާބް ލިބޭނެކަމަށް.ވ.ވެދުން.#ވިސްކައެލްބާސާ #ވިސްކައެލްބާސާ #ޕުތަމެޑްރިޑް #ޕުތަމެޑްރިޑް #ޖޮޑެންސޯޓޮޑޯސްލޮސްވާޑެރޯސްފެނޮޓިކޯސް #ހޮދާޕެރޯސްމެދްރިދް
ލޯންްސްޓަރ
28 June 2020
ކީއްވެ ދެރަ ގޮތަކަށް ވާންވީ؟ އަދިވެސް އެއްވަނައިގަ އޮތީ ބާރސާ. ދެވަނައިގަ ރަދީފްގެ ރެއާލް. ކޮންމެ ގޮތެއް ވިޔަސް ވިން-ވިން އެއް އެހެންނު؟
ނިއުމާާ
28 June 2020
ޕޮއިންޓެއް ލިބުނީމަ ޝުކުރު ކޮށްބަލަ. މޮޅަށް ކުޅުނީ ސެލްޓާ. އިތުރު ވަގުތުގައިވެސް ކިރިޔާ ލަނޑެއް ނުޖެހީ. ސެލްޓާއިން 7 އޮން ޓާރގެޓް ޝޮޓް ހެދިއިރު ބާރސާއަށް ހެދުނީ އެންމެ 2 ޝޮޓް. އެއީ 2 ލަނޑު.