14 ޖުލައި 2020 - 09:17
ގްރަނަޑާ (ޖުލައި 14) – ރަށުން ބޭރުގައި ގްރަނަޑާ އަތުން 2-1 އިން އުނދަގުލުން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބުކުރުމާ، ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން މޮޅުވެގެން ރެއާލަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ރެއާލް ބަލިވި ނަމަވެސް އެރޭ އޮސަސޫނާ އަތުން ބާސެލޯނާ ބަލިވެއްޖެ ނަމަ ރެއާލަށް ލީގު ކަށަވަރުކުރެވޭނެ އެވެ.
ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެ ނަމަ ބަލާ ހެޑް-ޓު-ހެޑް އުސޫލުން ވެސް ބާސެލޯނާގެ މައްޗަށް ރެއާލަށް ކުރި ލިބޭތީ، އެ ޓީމަށް ލީގު ކަށަވަރުކުރަން ދެން ބޭނުންވަނީ މެތެމެޓިކަލީ ދެ ޕޮއިންޓެވެ. މާނައަކީ ބާކީ ދެ މެޗު ބާސެލޯނާ މޮޅުވިޔަސް، އެ ދެ މެޗު އެއްވަރުކޮށްލައިގެން ވެސް ރެއާލަށް ލީގު ލިބެން އޮތުމެވެ.
ރެއާލް 36 މެޗުން 83 ޕޮއިންޓް ހޯދާފައިވާއިރު ބާސެލޯނާ އަށް އެ އަދަދަށް މެޗު ކުޅެގެން އެއްކުރެވިފައިވަނީ 79 ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ 16 މިނެޓުގެ ތެރޭ ރެއާލުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ފާލެންޑް މެންޑީ ޖެހިއިރު އަނެއް ގޯލް ކާމިޔާބުކުރީ ފޯމުގައި ހުރި ކަރިމް ބެންޒެމާ އެވެ. ގްރަނަޑާ އިން ރެއާލް ހާސްކޮށްލީ 50 ވަނަ މިނެޓުގައި ޑާވިން މަޗިސް ޖެހި ގޯލުންނެވެ. މި ސީޒަނުގައި ސްޕެނިޝް ލީގަށް ޕްރޮމޯޓްވެ، އަންނަ ސީޒަނުގެ ޔިުރޮޕާ ލީގުގެ ޖާގައަކަށް މަސައްކަތްކުރަމުން އަންނަ ގްރަނަޑާ އިން މެޗުން މަދުވެގެން ޕޮއިންޓެއް ހޯދުމާ ގާތަށް ދިޔަ އެވެ.
ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ކޮންމެ ސީޒަނެއް ފަށާއިރު ވެސް އަމާޒަކީ ލީގު ކާމިޔާބުކުރުން ކަމަށާއި ބާކީ ދެ މެޗު އޮތްއިރު، މިއޮތީ އެކަން ހާސިލްވުމާ ކައިރީގައި ކަމަށެވެ.
"އެކަމަކު އަދި އެހިސާބަށް ނުދެވޭ،" ޒިދާން ބުންޏެވެ.
ފަހު ހާފުގައި ގްރަނަޑާ ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ އަދި ފަސޭހަކޮށްލެވެން ނެތް ކަމަށާއި ކުރިއަށް ވުރެ ޗެމްޕިއަންކަމާ ގާތަށް ދެވުނަސް، އަދިވެސް ކުރިއަށް ދާން ޖެހޭ ރާސްތާއެއް އެބައޮތް ކަމަށެވެ.
"(މި މެޗުގައިި) ފުރަތަމަ ހާފުގައި އަހަރެމެން މޮޅުވި އެކަމަކު ދެ ވަނަ ހާފުގައި ވީ ބަލި. ވެދާނެ އެއީ އަހަރެމެންނަށް އިންޒާރެއް ކަމަށް ވެސް. އަހަރެމެން ޔަގީންކުރަން ޖެހޭނެ އެ ގޯސް ތަކުރާރުނުކުރާނެކަން،" ރާމޯސް ބުންޏެވެ.
ސްޕެއިނުގެ އިތުރުން ދުނިޔޭގެ ވެސް އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ޓީމު ކަމަށްވާ ރެއާލުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2016/2017 ގެ ސީޒަނުގަ އެވެ. އެ ޓީމު، ލީގު ލިބޭ ހިސާބަށް މި ގެނެސްދިނީ، އެ ޓީމަށް ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު 2018 ވަނަ އަހަރު އިސްތިއުފާ ދިން ޒިދާނެވެ. މިދިޔަ ސީޒަނުގައި ދެ ކޯޗުން ބަދަލުކުރުމަށް ފަހު ތިން ވަނަ ކޯޗަކަށް ޒިދާން ގެނައީ ފަހުކޮޅެވެ. އޭނާ މިވަނީ ޓީމު އަލުން ހަމަޔަކަށް އަޅުވައި ބޮޑު ކާމިޔާބަކާ ދިމާލަށް ގެންގޮސްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިރަށުއައްމަޑޭ
15 July 2020
ނުކުޅެ ގޭގަ އޮތަސް ޕެނެލްޓީ ލިބޭ. ދެން މޮޅުވާނެދޯ.
ޕީއެސްއެމްގެ ސިޔާސީރައިވަރު
14 July 2020
މަރުހަބާ ޒިދާން، މެސީ ކުޅުން ހުއްޓާލާފައި ކޯޗިން ފަށަންފެނޭ، ފަހަރުގައި ޒިދާނު މެނާ ވާދަކުރެވިދާނެ، މިހާރުދެން މުސްކުޅިވެގެން މެސީއަކަށް ކުޅެވެނީ ކީ ނޫންވިއްޔާ
ހަޤީގަތް ޤަބޫލް ކުރޭ
14 July 2020
ސްޕެނިޝް ލީގްގެ ޓޮޕްސްކޯރާ އަދި އެންމެ ގިނަ އެސިސްޓް ހަދާފައިވަނީ މެސީ ދެން ކީކޭބާ މިކިޔަނީ. ކިތަށް މެޗް ނުކުޅެ ހުރެފަ އެއީވެސް. ޑްރިބަލް، ކީޕާސް، ތުރޫބޯލް މި އެއްޗެހި އެއީ ކޮން އެއްޗެއްކަން ބޭފުޅާ އަކަށް ނޭގެ... ސްޕެނިޝް ލީގްގެ ތާރީޚްގަ އެއް ސީޒަނެއްގަ 20+ ގޯލް 20+ އެސިސްޓް ހެދި ޕުލޭޔަރެއް މެސީ ނޫނީ ނެތް.. އެވެސް މި ސީޒަނުގަ. ޒިދާން، 2 ރޮނާލްޑޯ، ޑީނިޔޯ، ރައުލް، ފީގޯ ނަން ހުސްކޮށް މޮޅު ކުޅުންތެރިން ކުޅުނު އިރުގަ މި ރިކޯރޑް ހެދީ މުސްކުޅި މެސީ
އޭނަ މީނަ
14 July 2020
ލޮލް. މިސީޒަނުގެ ލީގުގައިވެސް މިހާރު 22 ގޯލާއި 20 އެސިސްޓް ހަދައިފި. މެސީއަށްވުރެ ގިނައިން ގޯލް ކޮންޓްރިބިއުޓްކުރި އެހެން ކުޅުންތެރިޔެއް ދައްކަބަލަ. މިބުނީ ގަދަ ފަސް ލީގުގެ ތެރެއިން. މިއީ މެސީގެ ސްޓޭންޑަޑްގައި ދަށް ސީޒަނެއްނަމަވެސް އެހެން ކުޅުންތެރިންނާ އަޅާކިޔާއިރު މާކުރީގައި އެއުޅެނީ. ދެން ޗާންސް ކްރިއޭޝަން ޑްރިބްލިންގެ ވާހަކަތައް ދައްކާކަށްނެތިން.
މެސީޙު
16 July 2020
ކިތައް އަހަހަރު ކުޅެގެން ތިޔަ ރިކޯޑެއް ތިހެދުނީ.. ކޮބާ ރަންޒަމާން؟ އޭރު ތިރިކޯޑެއް ނުހެދޭ.. ކާޅެއް ހިފިގެން ތިވަރުވާކަށް ނުވޭ އަދި
ނިއުމާާ
14 July 2020
ސައިކަލުތައް ފޮހެ ބުރަށް ރެޑީވަމާ...
ޗަންދުރިއާ ދ
14 July 2020
މިހާރު އެންމެންވެސް ޤަބޫލުކުރާނެ ޒިދާންއަކީ ޓެލެންޓެޑް ކޯޗެއްކަން.
ކްއިކްގަން މުރުގަން
14 July 2020
އަދި ރެއާލް މެޗުތަކުގައި ރެފްރީކަން ކުރާ އެންމެންވެސް އެއީ އެހާމެ ޓެލެންޓެޑް ބައެކަން ހަދާނައްތާލައިގެން ނުވާނެ . ހިޕް ހިޕް ހުރޭ ރެއާލް
ރަދީފްއޮފިޝިއަލް
14 July 2020
މަރުހަބާ ރެއާލް މެޑްރިޑްގެ އެކުވެރި ''އަސްލު'' ހުރިހާ ދިވެހި ފޭނުން.ލީގް މެދުކަނޑާލުމަށްފަހު އަލުން އެނބުރިއައިސް ރެއާލް އޮތީ ވަރަށް ރަނގަޅު ފޯމެއްގަ.ލީގްގަ ބާކީ އޮތް މެޗްތައް (ރެއާލް > ވިލަރެއާލް ، ލެގަނޭސް) ، (ބާސާ > އޮސަސޫނާ ، އަލަވޭސް).ލީގަށްފަހު ޔޫސީއެލްގަ 02 ކްލަބަށް ވެސް އޮތީ އުނދަގޫ މެޗެއް. (ރެއާލް > ސިޓީ ، ބާސާ > ނަޕޯލީ). #ވިސްކައެލްބާސާ #ހަލަމެދްރިދް