03 ސެޕްޓެމްބަރ 2020 - 19:09
ބާސެލޯނާ (ސެޕްޓެމްބަރު 3) - ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ލިއޮނަލް މެސީ ބުނެފައިވީ ނަމަވެސް އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނަށް އޭނާ އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ ޖޯޖް މެސީ ވަނީ އިއްޔެ އާއި މިއަދު މެސީގެ ޓްރާންސްފާއާ ގުޅޭގޮތުން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އަދި ބޯޑް މެމްބަރުންނާ އެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މިއަދު ބޭއްވުނު ބައްދަލުވުންތަކަށް ފަހު ސްޕެއިނުގެ މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ޖޯޖް މެސީ ވަނީ އަންނަ ސީޒަނުގައި މެސީ ބާސެލޯނާގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.
އެގޮތުން މެސީގެ ވިސްނުން މިހާރު ހުރީ ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ އަށް ކުޅުމަށް ފަހު އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަތައް ޔަގީންކުރުމުގެ ގޮތުން ޖޯޖް މެސީ ގާތުގައި ނޫސްވެރިން އެހުމުން އޭނާ ވަނީ އެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކޯޓަށް ގޮސްގެން ބާސެލޯނާ ދޫކޮށްލާން މަސައްކަތްކުރުމުގެ ހިޔާލު މެސީ ވަނީ ދޫކޮށްލައިފަ އެވެ. އެއީ އޭނާގެ ގާނޫނީ ޓީމުގެ ލަފާގެ މަތިންނެވެ.
މިދިޔަ ހަފްތާގައި ފެކުހެއް މެދުވެރިކޮށް ބާސެލޯނާ ދޫކޮށްލަން މެސީ ހުށަހެޅީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެއީ ކޮންޓްރެކްޓްގައިވާ ވަކި މައްދާއެއްގެ ދަށުންނެވެ. އެކަމަކު ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. ބާސެލޯނާގެ ވާހަކަތަކަށް ތާއީދުކޮށް ސްޕެނިޝް ލީގުން ވެސް ވަނީ މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ބުނެފަ އެވެ.
ޖޯޖް މެސީ އާއި ބާސެލޯނާގެ ބޯޑު މެމްބަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމުގައި މެސީގެ އަގު 100 މިލިއަން ޔޫރޯ އަށް ކުޑަކުރަން ވެސް މަޝްވަރާކުރެވުނެވެ. އެކަމަކު އެ ގޮތަށް ކުރިއަށްދާން ބާސެލޯނާގެ ބޯޑު ވެސް އޮތީ ހިޔާލުތަފާތުވުންތަކެއްގެ ތެރޭގަ އެވެ.
އާޖެންޓީނާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރުގެ މެސީގެ ވިސްނުން ހުރީ އަންނަ ސީޒަނަކީ އޭނާ ބާސެލޯނާ ޖޯޒީގައި ކުޅޭ ފަހު ސީޒަނަށް ހެދުމަށެވެ. އަދި ކްލަބް ބަދަލުކުރުމުގެ ކަންތައްތައް އެންމެ ސުލްހަވެރިކޮށް ކުރިއަށްގެންދިއުމަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި މެސީ ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ މެސީ ގާތުގައި ބުނެފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭ ވާހަކަތައް މީޑިއާގައި ވަރަށް ގިނައިން ދެކެވުނެވެ. އެ ދެ ފަހަރު ވެސް މެސީ ވަނީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެހެން ނަމަވެސް މި ފަހަރު މެސީ ބާސެލޯނާ ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް އަންނަ އަހަރު ބާއްވާ އެ ކްލަބްގެ އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުން އަންނަނީ ބުނަމުންނެވެ.
އާ ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން މިދިޔަ ހޯމަ ދުވަހު ބާސެލޯނާ އިން ޕްރެކްޓިސް ފަށާފައިވާއިރު، އަދި މިހާތަނަށް އެއްވެސް ޕްރެކްޓިހެއްގައި މެސީ ބައިވެރިއެއްނުވެ އެވެ. ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ސްޕޯޓިން ޑިރެކްޓަރު ރާމޮން ޕްލޭނެސްއާ ހަވާލާދީ ސްޕެއިނުގެ އެލްމުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކުރާގޮތުގައި އަންނަ ހަފްތާ ތެރޭ މެސީ އެ ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކޭ
06 September 2020
الحمد لله
ޕޮގުބަ
04 September 2020
ޔޫރޯގެ އަގު ޑޮލަރަށްވުރެ ދަށްވެފަ ހުރީ
ކޮމެންޓޭ1
04 September 2020
މިސް ޓްރާންސަލޭޝަނަކުން ވިހެއި ބޮޑު ވާހަކައެއް. މެސީ ބައްޕަ ގާތުގަ ނޫސްވެރިން މެސީ މަޑުކުރުމުގެ ފުރުޞަތު އޮތްހޭ ެހުމުން ބުނީ ނޭންގޭ. ނޫސްވެރިންނަށް ހީވީ އާއެކޭ ބުނިހެން. އެކަމު އެއީ އާޖަންޓީނާ މީހުން ދައްކާ ސްޕެނިޝްބަހާ ސްޕެއިންގަ ވާހަކަ ދައްކާ ގޮތް ތަފާތުވީމަ އެރި އޮޅުމެއް. މެސީ ބައްޕަ ބުނީ ނޭންގޭ
Solah
04 September 2020
700 މިލިއަން ޔޫރޯގެ އަގު 700 މިލިއަން ޑޮލަރަށްވުރެ މަތިވާނެ. ޔޫރޯއަކީ ޑޮލަރަށްވުރެ އަގުބޮޑު ފައިސާއެއް. 700 މިލިއަން ޔޫރޯއަކީ 624 މިލިއަން ޑޮލަރޭ ކަލޭ ގާތުގައި ބުނީ ކާކު؟ތަންދޮރު ނޭނގޭ މީހުން އެއްޗެހި ނުލިޔެ ތިބިއްޔާ މާތާހިރުވާނެ.
ގާކޮށި ހުސޭނުނު
04 September 2020
8.2 ބަލިވީ ލަދުން މިސޮރު ބޮޑާ ހާކަނި
ހޮލާކޯ
04 September 2020
މީހަކު ކްލަބަކުން ހައިޖެކް ކޮށްގެން ގެންގުޅެނީ.
ރޮނާލްޑޯ
04 September 2020
މެސީ އުަޅެނީ ބާސާ ހައިޖެކް ކުރަންވެގެން
ކާބުރޭޓަރު
04 September 2020
މެސީއަކީ ވަށަފަރުމީހެއް ދޯ؟
މިދަނީ ދެން..
03 September 2020
މެސީ ދެން ބަލިވީމަ އުޅޭ ގޮތެއް. އާޖެންޓީނާގަވެސް ހަމަތިހެން.
ސީ އާރު7
03 September 2020
8-2 ވިބަލީގެ ވާހަކަ އޮއްބާލަން ކުރާކަމެއްމީ ނުދާނެ
ހަޒާނާ
03 September 2020
ޑްރާމާ ކުޅެ ނީ އެވެ.