ރޭމޯގެ ޑާންސް ފިލްމުގައި ސަލްމާން އާއެކު ލީޑް ރޯލު ކުޅެނީ ޖެކްލީން (ވ) ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ
12 ޖޫން 2017 - 08:01
މަޝްހޫރު ޑައިރެކްޓަރު އަދި ކޯރިއޮގްރާފަރު ރޭމޯ ޑިސޫޒާ އަލަށް ފަށާ ޑާންސް ފިލްމުގެ ބަތަލަކަށް ސަލްމާން ޚާން ހަމަޖައްސާފައި ވަނީ މިދިޔަ ހަފުތާ ގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ބަތަލާ އަކަށް ޖެކްލީން ފެނާންޑިސް ވަނީ ހަމަޖައްސައިފަ އެވެ.
ނަމަވެސް ޖެކްލީން މިއީ ތެދެއް ކަމެއް ނުވަތަ ދޮގެއް ކަމަކަށް ވެސް ނުބުންޏެވެ. އޭނާ ބުނީ އެ ފިލްމު ކުޅެން ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.
މީގެ ކުރިން "ކިކް"ގައި ސަލްމާނާ އެކު ޖެކްލީން ވަނީ މަސައްކަތް ކޮށްފަ އެވެ. ޖެކްލީންގެ އިތުރުން ސަލްމާންގެ "ޖެއި ހޯ"ގެ ބަތަލާ ޑެއިޒީ އިރާނީ ވެސް މި ފިލްމުގައި ބައިވެރިވާ ކަމަށްވެ އެވެ.
ސަލްމާން ޕްރޮޑިއުސްކުރާ މި ފިލްމުގައި އޭނާ ކުޅެނީ 13 އަހަރުގެ އަންހެންކުއްޖެއްގެ ބައްޕައެއްގެ ރޯލުކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. އަދި ކުރިން ޚަބަރު ފެތުރިފައިވާ ގޮތަށް މިއީ ރޭމޯގެ "އޭބީސީޑީ" ފްރެންޗައިސްގެ ފިލްމެއް ނޫނެވެ. ނަމަވެސް މިއީ ވެސް ޑާންސް ޑްރާމާ އެކެވެ. މިފިލްމުގައި ސަލްމާން ފެންނާނީ ޕްރޮފެޝަނަލް ނެށުންތެރިއެއްގެ ގޮތުގަ އެވެ.
ރޭމޯ ބުނި ގޮތުގައި މޮޅަށް ނަށާ އެކްޓަރުން ތިއްބާ ސަލްމާން ކަހަލަ މާ މޮޅަށް ނަށަން ނޭނގޭ އެކްޓަރަކު ފިލްމަށް ނެގި ސަބަބަކީ މި ފިލްމުގެ ރޯލަށް ފިޓް ވަނީ ވެސް މާ މޮޅަށް ނަށަން ނޭނގޭ އެކްޓަރަކު ކަމަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔަލް ސްޓާރ
12 June 2017
ސަލްމާނަކީ ވަރަށް މޮޅު ޔުނިކް ނެށުންތައް ނަށާ މީހެއް