ވިޔަފާރި

އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކުގެ "ގޯލްޑް 100" އެވޯޑުގައި ބޮޑެތި ކުންފުނިތަކަކުން ބައިވެރިވެއްޖެ

"ގޯލްޑް 100" ސްޕޮންސަކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، މޯލްޑިވްސް ގެޓަވޭސް އާއި ޕާޓްނަރުން ވާހަކަ ދައްކަނީ.

07 ޑިސެމްބަރ 2016 - 18:12

2 comments

އެންމެ ކުރިއަރާފައިވާ ރާއްޖޭގެ 100 ކުންފުންޏަށް އެވޯޑް ދިނުމަށް ބާއްވާ ހަފްލާގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކަކުން މިއަދު ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނި ހިމަނައިގެން "ގޯލްޑް 100"ގެ ނަމުގައި ލިސްޓެއް އެކުލަވާލައި ހާއްސަ މަޖައްލާއެއް ނެރެނީ، ކޯޕަރޭޓް މޯލްޑިވްސް މަޖައްލާ ޝާއިއު ކުރާ ރާއްޖޭގެ ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސް އިންނެވެ. އެ ލިސްޓުގެ ފުރަތަމަ އަދަދު އާއްމުކޮށް، އޭގައި ހިމެނޭ ކުންފުނިތަކަށް އެވޯޑް ދޭން ހާއްސަ ހަފްލާއެއް އަންނަ މަހުގެ 17 ގައި ކުރުނބާ ރިސޯޓުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

"ގޯލްޑް 100"ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. ބޭންކުން ވަނީ އެކަމުގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ސޮއިކޮށްފަ އެވެ.

"ގޯލްޑް 100" ލިސްޓް އެކުލަވާލުމުުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބީއެމްއެލްއިން މިދިޔަ ހަފުތާގައި ސޮއިކުރުމަށް ފަހު، އެއްބަސްވުން ބަދަލު ކުރަނީ.-- ފޮޓޯ: ބީއެމްއެލް

މި ހަފްލާގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ހަތަރު ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ދިރާގާއި އެލައިޑް އިންޝުއަރެންސް އާއި އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީ އެވެ.

މީގެ އިތުރުން، މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގިނަ ފަރާތްތަކަކުން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހިއްސާގެ ބާޒާރުގެ ބެލެނިވެރި އިދާރާ ކަމަށްވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ރާއްޖޭގެ ހިއްސާގެ ބާޒާރު ކަމަށްވާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ޕެންޝަން އޮފީސް އަދި ޕްރެވަޓައިޒޭޝަން ބޯޑެވެ.

ޕާޓްނަރުންނާއި އެއްބާރުލުން ދޭ ފަރާތްތަކާ އެކު ސޮއިކުރުމަށް މިއަދު ހަވީރު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ގެޓަވޭސްގެ ސީއޯއޯ ސަނީ އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިތައް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ މުހިއްމު ކަމެކެވެ. ކޯޕަރޭޓް މޯލްޑިވްސް މަޖައްލާ ހެދީ ވެސް އެކަން ކުރާނެ ބަޔަކު ނެތުމުން ކަމަށާއި "ގޯލްޑް 100" ލިސްޓަކީ ވެސް އެ މަސައްކަތުގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ހާއްސަ އެވޯޑެއް ވެސް އެބަދެން. އެއީ ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންނަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް،" ސަނީ ވިދާޅުވި އެވެ.

"ގޯލްޑް 100"ގައި ހިމަނާނެ ކުންފުނިތައް ހޮވަނީ ކުރިމަތިލާ ފަރާތްތައް ސްކްރީންކޮށްގެންނެވެ. މި ކަމަށް ހާއްސަކޮށް ހަދާފައިވާ ކްރައިޓީރިއާ އަކަށް ބަލައިގެން ކުންފުނިތަކުގެ ހާލަތު ދެނެގަންނަނީ ޓެކުހާ ގުޅުން ހުރި ކަންކަމަށް ހާއްސަ ހިދުމަތްތައް ދޭ ރާއްޖޭގެ ލޯ ފާމެއް ކަމަށްވާ ސީޓީއެލް ސްޓްރެޓަޖީޒް އިންނެވެ.

އެ ލޯ ފާމްގެ އޮފިޝަލަކު ވިދާޅުވީ އެ މަސައްކަތް ކުރަނީ ވީހާ ވެސް ދެ ފުށް ފެންނަ ގޮތަކަށް ކަމަށެވެ. އެ ގޮތުން، "ގޯލްޑް 100"ގައި ހިމަނާ ކުންފުނިތަކުގެ ޝަރުތުތައް އާއްމުކޮށް، ކުންފުނިތައް އިވެލުއޭޓް ކުރަނީ ވަރަށް ގާތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ ވިޔަފާރިތަކާއި މާލީ ދާއިރާއާ ގުޅުން ހުރި ޚަބަރުތައް ގެނެސްދޭ އޮންލައިން މަޖައްލާ އެކެވެ. އެ މަޖައްލާ އިން އަހަރަކު އެއް ފަހަރު، ވަކި މަޖައްލާއެއްގެ ގޮތުގައި ޝާއިއު ކުރާ "ގޯލްޑް 100" ލިސްޓުގައި އެންމެ ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ރާއްޖޭގެ 100 ވިޔަފާރިއެއްގެ ޕްރޮފައިލް ޝާއިއުކޮށް، އެކި ދާއިރާތަކަށް ހާއްސަ ވިޔަފާރިތައް ވަކިން ލިސްޓް ކުރެ އެވެ.

2 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރިބޯށި

08 December 2016

ބޮޑެތި ކުންފުނިތަކުން އަމިއްލައަށް ސްޕޮންސަރ ކޮންގެން އަމިއްލަ އަށް އެވޯޑު ބަހަނީ ... ދެން ކޮންމެވެސް ޕީއާރު ނުވަތަ އިވެންޓް ކުންފުންޏަކުން ލާރިގަނޑެއް ނަގައިގެން މިކަން އެމީހުންނަށް ކޮއްދެނީ ... މިއީ މިހާރު މުއްސަނދި ދިވެހި ކުންފުނި ތަކުގެ މެދުގައި އާމު ކަމެއް.

The name is already taken The name is available. Register?

ބްރޯ

08 December 2016

ކުންފުނިތަކަށް އެވޯޑު ދިނުމަށް ބާއްވާ ހަފްލާއެއް ހަމަ އެކުންފުނިތަކުން ސްޕޮންސަރ ކުރުމަކީ ތިޔަ އެވޯޑުގެ އިތުބާރު ގެއްލޭ ކަމެއް. އެވޯޑަށް ނުފޫޒު ފޯރާނެ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454