ވިޔަފާރި / އައިލެންޑް އޭވިއޭޝަން

ބޮޑު އީދަށް ޑިމާންޑް ބޮޑުވެ، މޯލްޑިވިއަންގެ ފްލައިޓްތައް އިތުރުކުރަނީ

މާލެއިން އިން ދިއްލީއަށް ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ދަތުރު ކުރި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: މޯލްޑިވިއަން

ބޮޑު އީދާ ދިމާކޮށް ދަތުރުތަކަށް ޑިމާންޑް ބޮޑުވެ، މޯލްޑިވިއަންގެ ފްލައިޓްތައް އިތުރުކުރަން ނިންމައިފި އެވެ.

އަންނަ އާދިއްތަ ދުވަހު މާލެ އާއި ހޯރަފުއްޓާއި ށ. ފުނަދޫ އަދި ތިމަރަފުއްޓާއި ކައްދޫ އާ މާލެއާ ދެމެދު ކުރާ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މާލެ އާއި ގަމާ ދެމެދު ކުރާ ދަތުރުތަކަށް، މި މަހުގެ 28 ވަނަ ދުވަހާއި އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ދަތުރުތަކަށް ފްލައިޓް އިތުރުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެ ދަތުރުތަކަށް މިހާރު ޓިކެޓް ބުކްކުރެވޭނެ އެވެ.

މޯލްޑިވިއަން އިން ބުނިގޮތުގައި، ޑިމާންޑް އޮތް ވަރަށް ބަލައި، މި މަހު 26 އާއި އަންނަ މަހު 16 އާ ދެމެދު އަދިވެސް ފްލައިޓްތައް އިތުރުކުރާނެ އެވެ.

އެ އެއާލައިންގެ ޕަބްލިކް ރިލޭޝަން އަދި މާކެޓިން އެގްޒެކެޓިވް އަހްމަދު މުޝްއިލް ސޮބާހް ވިދާޅުވީ، ޓިކެޓް ބުކްކުރާ ވަރު ރަނގަޅަށް ބަލައި، އެންމެ ޑިމާންޑް ބޮޑު އެއާޕޯޓްތަކަށް ފްލައިޓްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ޝެޑިއުލް ކުރެވޭ ވަރަކަށް އަންގަމުން ދާނަން. ރަށްތަކުގެ ޑިމާންޑް އޮތްވަރު ބަލަން ވަކިވަކިން އެނަލައިޒް ކުރަމުން މިދަނީ،" މުޝްއިލް ވިދާޅުވި އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ މަހު ނުވައެކެވެ. ހައްޖުދުވަހާއި އީދު ދުވަސްތައް އަދި ހަފްތާ ބަންދާއެކު ނުވަ ދުވަސް ލިބޭ މި ޗުއްޓީގައި ތަންތަނަށް ދަތުރުކުރުމަށް، ވައިގެ މަގުންނާއި ކަނޑުމަގުން ގިނަ ބަޔަކު އަންނަނީ ޓިކެޓް ނަގަމުންނެވެ.

ރާއްޖޭގެ 14 މަންޒިލަކަށް ދަތުރު ކުރާ މޯލްޑިވިއަންގެ އީދުތެރޭ ގިނަ ދަތުރުތައް ވަނީ މި މަސް ދެބައި ނުވަނީސް ފުލްވެފަ އެވެ.

7 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟީސާ

24 June 2022

އެއީ ޕާޓީ ކުދިން ކޮޅައް ޖާގަ ކޮޅެއް ހަަދާލީ

The name is already taken The name is available. Register?

ޚޖކޖ

23 June 2022

ބޮޑެތި ސަފާރީތަކުން ޓިޖެޓް ނަގާ ނިންމީމަ. ހަމަ ސުލޯލިހް

The name is already taken The name is available. Register?

ސުމަންމިއާ

23 June 2022

ޙަނިމާދޫއާ ކުޅުދުށްފުށި 3 މަސްކުރިން ފުލުވެއްޖެ އަދިވެސް އެތްޖާގަވެސް ނުލިބޭ

The name is already taken The name is available. Register?

މޫރިތި.

23 June 2022

ހަނިމާދުއާއި ކުޅުދުއްފުއްޓަށް ވަކިވަކި ދަތުރު އެޅުމުގެ ބަދަލުގައި ބޮޑުބޯޓް ކޮންމެ ދުވަހަކު ހަނިމާދުއަށް ބާއްވަބަލަ.

The name is already taken The name is available. Register?

ޙައްވަ

23 June 2022

ކޮބާ މާފަރަށް

The name is already taken The name is available. Register?

48343

23 June 2022

އެއްކޮޅުން ކޮވިޑު ނަންބަރުތައް މަތިވަނިއްޔޭ ކިޔަނީ. އަނެއްކޮޅުން...........

The name is already taken The name is available. Register?

65090

23 June 2022

ކޮވިޑް މަތިވީމަ ކަލޭމެންގެ މުޤައްދަސް ރަށްކޮޅަށް ކުލީ އަޅުން ގެންދިޔަައިމަ ކޮވިޑް ނުޖެހެނީތަ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454