ވިޔަފާރި / އިގްތިސާދު

ދުނިޔޭގެ އިގްތިސާދަށް އޮތީ ބަނަކަމާއި ނުތަނަވަސްކަން: އައިއެމްއެފް

ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުން މިދިޔަ އަހަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ:އޭއެފްޕީ

މި އަހަރާއި އަންނަ އަހަރު ވެސް ދުނިޔޭގެ އިގްތިސާދަށް އޮތީ، ބަނަކަމާއި ނުތަނަވަސް ކަން ކަމަށް، މާލީ އިދާރާ، އައިއެމްއެފް އިން ބުނެފި އެވެ.

ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެ އިދާރާއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން ކޮވިޑާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ނުތަވަސްތަކަމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް މިދިޔަ އަހަރު ލިބުނު ނަމަވެސް، މިއަހަރު އަނެއްކާ ވެސް، އިގްތިސާދުތައް ފަހަތަށް ޖެހިލާފައިވާ ކަމަށެވެ.

މި އަހަރުގެ ދެ ވަނަ ކުއާޓާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އެމެރިކާ އާއި ޗައިނާ އާއި ރަޝިޔާގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އެނގޭ ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ. އެ އިގްތިސާދުތަކަށް އެހާ ބޮޑަށް އަސަރު ކުރީ، ދުނިޔޭގެ އިންފްލޭޝަން އިންތިހާއަށް އުފުލުމުން ކަމަށް އައިއެމްއެފް އިން ބުންޏެވެ.

މި އަހަރުގެ އިގްތިސާދު ކުރިއަރާ މިންވަރު 6 ޕަސެންޓުން 3 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ލަފާ ކުރެވެ އެވެ. މިއީ މިދިޔަ އޭޕްރީލް މަހު ފޯކާސްޓު ކުރި ވަރަށް ވުރެ 0.4 ޕަސެންޓުގެ ދަށްވުމެވެ. އެމެރިކާގެ ރައްޔިތުން އާންމުންނަށް ތަކެތި ގަތުމުގެ ގާބިލްކަން ހުރި މިންވަރު އިތުރު 1.4 ޕަސެންޓަށް އައިއެމްއެފްއިން ވަނީ ދަށްކޮށްފަ އެވެ.

އައިއެމްއެފް އިން ބުނީ ޗައިނާގެ ރިއަލް އެސްޓޭޓް ވިޔަފާރި 1.1 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ޔޫރަޕްގެ އިގްތިސާދީ ހާލަތު އިތުރަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ދުނިޔޭގެ އިންޕްލޭޝަން ތަރައްގީވެފައިވާ ނުވަތަ އެޑްވާސްޑް ގައުމުތަކުގައި 6.6 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރާ އިރު ބޮޑުވަމުން އަންނަ ނުވަތަ އެމާޖިން މާކެޓުތަކުގެ ގޮތުގައި ބަލާ ގައުމުތަކުގެ އިންފްލެޝަން ރޭޓު 9.5 ޕަސެންޓަށް މައްޗަށް އަރައިގެންދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އައިއެމްއެފްއިން ބުނެފައިވެ އެވެ.

އެޑްވާންސްޑް އިކޮނޮޮމީތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ޔޫރަޕް، ޖަޕާން، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގައުމުތަކެވެ. އަދި އެމާޖިން އިކޮނޮމީތަކުގެ ގޮތުގައި ހިމެނެނީ ޗައިނާ، އިންޑިއަ، ރަޝިޔާ، ބްރެޒިލް، ސައުދީ އަރަބިއްޔާ އަދި ސައުތު އެފްރިކާ ފަދަ ގައުމުތަކެވެ.

އައިއެމްއެފް އިން ބުނީ އިންފްލޭޝަނާ ގުޅިގެން އަންނަ އަހަރު ދުނިޔޭގެ އިގްތިސާދީ ހަރަކާތްތައް މަދުވާނެ ކަމަށެވެ. އެހެންވެ، އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 2.9 ޕަސެންޓަށެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 40%
icon angry icon angry 40%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙޙ2022

28 July 2022

ޢެންމެ ތަރައްގީ ގައުމުގެ ތެރެއަށް އިންޑިޔާ ވަންނަންޖެހުނީ ކީއްވެބާ؟ ބޮއިހަލަކި

The name is already taken The name is available. Register?

ކޮރަލް

27 July 2022

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުގެ ބޮޑު ބައި ކޮންޓްރޯލް އޮތީ ބިދޭސީން އަތުގަ އެވެ. އެމީހުންބޭނުންވަނީ ސޭޓް ކަމެވެ. ދެން އަހަރެއް ވާއިރަށް އަމިއްލަ އަށް ފިހާރަ އެއް ހުޅުވަ އެވެ. ނޫނީ އެމީހާ ހުންނަ ފިހާރަ ވިޔަފާރި ދަށްވެގެން ބަންދު ކުރަން ޖެހެ އެވެ. ޓީވީ ކައިރި ލޯކަލް މާރުކޭޓް ގަ ވެސް ހުސް ބިދޭސީން ނެވެ. މިނެ ކިރުމުގަ އޮޅުވާލަ އެވެ. ބިދޭސީން ގެ މައްސަލަ ހައްލު ކޮށްގެން ޒުވާން ވިޔަފާރިވެރީން އުފެއްދި ދާނެ އެވެ.

The name is already taken The name is available. Register?

އެމްސް

27 July 2022

ތީގެ އަސަރެއް ރާއްޖެއަށް ކުރާނެ ނަމަ، އެކަށީގެންވާ ފިޔަވަޅުތަކެއް ކުރީއްސުރެ އަޅާނެ! އިޤްތިޞީދުގަ އެޅިފަ އިން އެންމެ ބޮޑު 1 ލޯވަޅަކީ ޤައުމަށް ވެރިވެގެން، ހުރިހާ ޢާއްމު ވިޔަފާރިތައް އަށްދަށުކޮށްގެން އުޅޭ އެތައް ލައްކަ ބިދޭސީން! މަހެއްގެ މައްޗަށް ބިލިޔަނަކާއި ގާތްކުރާ ޢަދަދަކަށް އެ އެމެން މައްޗަށް މިޤައުމުން ޑޮލަރ ބޭރުވެގެން ދިއުމީވެސް އެކަށީގެންވާ ކަމެއް! ތިކަމުގެ އަސަރެއް މިޤައުމަށް ކުރާނެ ނަމަ ކޮންމެހެން ކުރަން ނުޖެހޭ ކަންކަމެއްވެސް ނުކުރާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454