ވިޔަފާރި / އެޑްވަޓޯރިއަލް

"އެސިސްޓެޑް ލިވިން" އާއެކު ބަލި މީހުންނަށް އުފާވެރިކަން

މިއީ ބަލި މީހުންނަށް އެހީ ފޯރުކޮށްދޭ ގިނަ ވަސީލަތްތަކެއް ހުރި ތަނެއް. ފޮޓޯ: އެސިސްޓެޑް ލިވިން

09 އޯގަސްޓް 2022 - 08:47

5 comments

ރާއްޖޭގައި ވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ މައްޗަށް ދާއިރު، ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ މީހެއްގެ ބައްޔަށް ރިއާޔަތްކޮށް، ބޭނުންވާ އާލާތްތައް ހޯދަން އުނދަގޫވުމެވެ. ހިނގައިބިނގާވެ އުޅެން އުނދަގޫވާ މީހުންނަށާއި އެކި ކަހަލަ ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ މީހުނަށް ބޭނުންވާ އާލާތްތައް ހޯދުމުގެ އުނދަގުލެވެ. އެކަމަކު، މިހާރު އެ ކަމަށް ހާސްވާކަށް ނުޖެހެ އެވެ. އެ ފަދަ ތަކެއްޗާ މެދު އާއްމުން އަހުލުވެރިކޮށް، އެ ތަކެތި އާއްމުންނަށް ފޯރުކޮށްދިނުމަށް ވަރަށް ފަހުން ވަނީ "އެސިސްޓެޑް ލިވިން" ގެ ނަމުގައި ފިހާރައެއް ހުޅުވައިފަ އެވެ.

ކަނބާއައިސާރަނި ހިނގުމުން އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓުގެ ކުރިމަތީގައި ހުންނަ އެސިސްޓެޑް ލިވިން ޝޯ ރޫމަކީ އުމުރުން ދުވަސްވެ، އެނދުމަތި ކޮށްފައިވާ މީހުންނާއި އެކި ކަހަލަ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުންނާއި ކުޅިވަރު ކުޅުމުގެ ތެރޭގައި އަނިޔާވާ މީހުންނާއި އެ އަނިޔާތަކުން ސަލާމަތްވާން މަސައްކަތް ކުރާ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދޭ އެތައް ވަސީލަތްތަކެއް ލިބެން ހުރި ތަނެކެވެ. އަދި އެކި ބަލިތަކުގައި އުޅޭ މީހުން ގެންގުޅޭ މީހުންގެ ފަރާތުން އެ ބަލިމީހާ އަށް އަޅާލުމުގައި ލުއިފަސޭހަ ކޮށްދޭނެ އެތައް ވަސީލަތްތަކެއް ހުރި ޝޯރޫމެކެވެ.

އެސިސްޓެޑް ލިވިންއާ ގުޅޭ ވީޑިއޯއެއް.

އުމުރުން ދުވަސްވެ އެނދުމަތިވެފައިވާ މީހުންނަކީ ހާއްސަ އަޅާލުމާއި އެހީ ބޭނުންވާ ބައެކެވެ. އާއްމުކޮށް އެ ފަދަ ބަލި މީހެއް ގެންގުޅުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ފަދަ ބަލި މީހެއް ބޭއްވުމަށް ބޭނުންވާ އެނދާއި އެހެނިހެން ތަކެތި ހޯދުމުގައި ކުރިމަތިވާ ދަތިތަކެވެ. އަދި އެނދަށް ބޭނުންވާނެ ގޮދަޑި އާއި އެ ފަދަ ބަލި މީހުން ސާފުކުރަން ބޭނުން ކުރާނެ ތަކެތި ހޯދުމުގައި ކުރިމަތިވާ އުނދަގުލެވެ.

އެސިސްޓެޑް ލިވިން ޝޯ ރޫމްގައި އެ ފަދަ އެކި ބާވަތްތަކުގެ ތަކެތި ލިބެން އެބަހުއްޓެވެ. އިލެކްޓްރިކް އަދި މެނުއަލް ހޮސްޕިޓަލް އެނދާއި އެނދުމަތި ކޮށްފައި ތިބޭ ކުޑަކުދިންނަށް ހާއްސަ އެނދާއި އެއާ މެޓްރެސް އަދި އެނދު ހަޑި ވިޔަ ނުދިނުމަށް ބަލި މީހުންގެ ގައިގެ ދަށުގައި އަޅާނެ 'އަންޑާ ޕެޑް' ވެސް އެ ތަނުގައި ހުރެ އެވެ. އެ ފަދަ ބަލި މީހުން ސާފުކޮށް، ބެލެހެއްޓުމުގައި ބޭނުން ކުރާނެ ގިނަ "ހައިޖީން" އުފެއްދުންތައް ވެސް އެ ތަނުން ލިބޭނެ އެވެ.

އެނދުމަތިވެ، އިސްތަށިގަނޑު ދޮންނަން އުނދަގޫ މީހުންނަށް ހާއްސަކޮށް، ފެނާ ނުލައި ބޭނުންކުރާ ޑްރައިޝޭމްޕު އާއި ހަނގަޑަށް ފައިދާ ހުރި އެކި ކަހަލަ ލޯޝަން ވެސް އެސިސްޓެޑް ލިވިން ޝޯ ރޫމުން ފޯރުކޮށްދެ އެވެ. އަދި ބޮޑެތި މީހުންގެ ޑައިޕާ އާއި ނެޕީ ކްރީމާއި ވައިޕްސް ފަދަ ތަކެތި ވެސް އެ ތަނުގައި ހުރެ އެވެ.

އެ ތަނުން ލިބެން ހުރި ޕްރޮޑަކްޓުތައް އިންސްޓަގުރާމާއި ފޭސްބުކުން ވެސް ބަލާލެވޭނެ.

އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ މީހުންނާއި އެކި ކަހަލަ ބަލިތަކުގެ ސަބަބުން ހެލިފެލިވެ އުޅުމުގައި ދަތިތަކުގައި އުޅޭ މީހުން ފާހާނާ އަށް ވަންނައިރު ރައްކާތެރިކަމާއެކު އުޅުމަށް ބޭނުންކުރެވޭނެ ވަސީލަތްތައް ވެސް އެސިސްޓެޑް ލިވިން ޝޯ ރޫމުން ލިބޭނެ އެވެ. އޭގެ ތެރޭގައި ޝަވާ ވީލްޗެއާ އާއި ތިރިކޮށް ހުންނަ ފާހަނަ ތަށީގައި ބޭނުން ކުރާނެ ސީޓް ލިފްޓަރާއި ފާހަނާފައި އުޅޭ އިރު ސަޕޯޓް ހޯދުމަށް ހަރުކުރާނެ ހެންޑްލްސް ވެސް އެ ޝޯ ރޫމްގައި ހުރެ އެވެ.

ތިރިކޮށް ހުންނަ ފާހަނާތަށީގައި ބޭނުން ކުރާ ލިފްޓަރު: އެސިސްޓެޑް ލިވިން

ވީލްޗެއާގެ ގިނަ ވައްތަރުތަކެއް ވެސް އެ ޝޯ ރޫމުގައި އެބަހުއްޓެވެ. ގިނަ ވީލްޗެއާތަކަކީ ފަސޭހައިން ފައްޖަހާލެވޭ، އެކި ބައިތައް ވެސް އެ މީހަކަށް ފަސޭހަ ގޮތަކަށް ބަދަލު ކޮށްލެވޭ "އެޖަސްޓަބަލް" ޗެއާތަކެކެވެ. މާލޭގެ ކުދި އެޕާޓްމެންޓުތަކުގައި އުޅޭ މީހުންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ފަދައިން ފަރުމާކޮށްފައިވާ ވީލްޗެއާ އާއި ހިނގައިބިނގާވެ އުޅުމަށް ދަތިކަން ހުންނަ މީހުން އަމިއްލަ އަށް އޮޕަރޭޓްކޮށް، ގެންގުޅެވޭނެ ވީލްޗެއާ ވެސް ހިމެނެ އެވެ. އަދި ދަތި ދޭތެރެތަކުންނާއި ސިޑިމަތިން ބަލި މީހުން ބޭލުމަށް ބޭނުންކުރާ ހާއްސަ ވީލްޗެއާ އާއި އިމަޖެންސީ ހާލަތްތަގައި މީހުން ގެންގުޅޭނެ ވީލްޗެއާ ވެސް ލިބޭނެ އެވެ.

އެސިސްޓެޑް ލިވިން ޝޯ ރޫމުން މިހާރު ލިބެން ހުރި ވީލްޗެއާތަކުގެ ތެރޭގައި ސެރީބެރަލް ޕަލްސީ (ސީޕީ) ފަދަ ބަލި ހުންނަ ކުދިންނަށް ހާއްސަ ވީލްޗެއާ އާއި އުމުރުން ދުވަސްވީ މީހުންގެ ވީލްޗެއާ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ އާއި ސްޕޯޓްސް ވީލްޗެއާ ފާހަގަ ކޮށްލެވެ އެވެ. ވީލްޗެއާ ފަދަ ތަކެއްޗަށް ބޭނުންވާ މަރާމާތުގެ ހިދުމަތްތައް އެސިސްޓެޑް ލިވިން އިން ދޭނެ އެވެ. އަދި އެ ތަކެއްޗަށް ބޭނުންވާ ބެޓެރީ އާއި ވީލް ފަދަ ސްޕެއާ ޕާޓްސްތައް ވެސް އެ ތަނުން ފޯރުކޮށްދެ އެވެ.

މިއީ ބަލި މީހުންނަށް އެހީ ފޯރުކޮށްދޭ ގިނަ ވަސީލަތްތަކެއް ހުރި ތަނެއް. ފޮޓޯ: އެސިސްޓެޑް ލިވިން

ހަމައެކަނި ވީލްޗެއާއެއް ނޫނެވެ. ނޭވާލާ ނިޒާމުގެ ދަތިކަން ހުންނަ މީހުންނަށް ބޭނުންވާ ވަސީލަތްތައް އެސިސްޓެޑް ލިވިން ޝޯ ރޫމުން ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ނެބިއުލައިޒާ އާއި އެ އަށް ބޭނުންވާނެ ފިލްޓަރު ހިމެނެ އެވެ. ނިދަން އުނދަގޫ މީހުންނަށް ހާއްސަ ޕޯޓަބަލް ސީޕެޕް އަދި ބީޕެޕް މެޝިން ރާއްޖެ އިން ހޯދާކަށް މިހާރު ދައްޗެއް ނޫނެވެ. އެސިސްޓެޑް ލިވިން ޝޯ ރޫމަށް ޒިޔާރަތް ކުރުމުން އެ ވެސް ލިބޭނެ އެވެ. އެ ތަނުން ލިބެން ހުރި ޕޯޓަބަލް ނެބިއުލައިޒާ އާއި ޕޯޓަބަލް ސީޕެޕް އަދި ބީޕެޕް މެޝިނަކީ ދަތުރުމަތީގައި އުޅޭ އިރު ވެސް ފަސޭހަކަމާއެކު އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ތަކެއްޗެވެ. އެއީ ރާއްޖޭގެ މާކެޓަށް ވެސް މުޅިން އާ ބާވަތްތަކެކެވެ.

ބަލި މީހުންގެ ދިރުއުޅުން ލުއިފަސޭހަ ކޮށްދޭ ގިނަ ވަސީލަތްތައް ލިބެން ހުރި އެސިސްޓެޑް ލިވިންގައި، ކަނދުރާގެ ބަލިތައް ހުންނަ މީހުންނަށް ހާއްސަ ބާލީސް ވެސް އެބަހުއްޓެވެ. އަދި އެކި ކަހަލަ ތަދުތަކާއި އިންޖަރީތަކަށް ފަރުވާ ހޯދުމަށް ބޭނުންކުރާ އެމެރިކާ އާއި ޔޫރަޕުގައި މަޝްހޫރު "ތުއޭން" ބްރޭންޑުގެ ބްރޭސަސް ވެސް އެސިސްޓެޑް ލިވިންގައި ހުރެ އެވެ. އެއީ ބްރީތަބަލް މެޓީރިއަލުން ތައްޔާރު ކޮށްފައިވާ މެގްނަޓިކް ސްރިޕް ހިމެނޭ ތަކެއްޗެވެ. އަދި އެއީ ސާޖަރީ ނުވަތަ އަނިޔާ އަށް ފަހު އިތުރު މީހެއްގެ އެހީއާ ނުލައި އަމިއްލަ އަށް އެއް އަތުން ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަކެއްޗެވެ.

ގިނަ އަދަދެއްގެ ޒަމާނީ އެކި ވަސީލަތްތައް ލިބެން ހުރި އެސިސްޓެޑް ލިވިން ޝޯރޫމަކީ އެކި ކަހަލަ ބަލިތަކުގައި އުޅޭ މީހުންނާއި އެ ފަދަ މީހުންގެ ބެލެނިވެރިންނަށް ލުއިފަސޭހަ ކޮށްދޭ މުހިންމު ގިނަ ތަކެތި ލިބެން ހުރި ތަނެކެވެ. ތަކެތީގެ އަގު ވެސް ގޯހެއް ނޫނެވެ. އެންމެ ޒަމާނީ އާލާތްތަކެވެ.

އެސިސްޓެޑް ލިވިން ޝޯ ރޫމް ހުންނަ ތަކެއްޗާ ގުޅޭ މައުލޫމާތު އެ ތަނުގެ ހޮޓްލައިން ނަމްބަރު 7327788 އިން ލިބޭނެ އެވެ. އެ ޝޯ ރޫމަށް ޒިޔާރަތް ކުރުމުން ޕްރޮޑަކްޓްތައް ބަލާލައި ގުޅޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.

ނޯޓު: މިއީ އެސިސްޓެޑް ލިވިންގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަން އަޙްމަދު

09 August 2022

މިއީ އަހަރެމެން ނުފެނިގެން އުޅޭ ކަހަލަ ބޭނުންތެރި 'އިޝްތިހާރެއް'

The name is already taken The name is available. Register?

އެޑްމުންޑޯ

09 August 2022

މިފަދަ ފިހާރަތަކުގެ ސަބަބުން ލުއިފަސޭހަ އެތެއްކަމަކަށް މަގުފަހިވެގެންދޭ ، ނަމަވެސް ހިތާމަޔަކީ ވިއްކާ އެއްޗެހީގެ އަގު އިންތިހާއަށް ބޮޑުކަން ،

The name is already taken The name is available. Register?

އެމްސް

09 August 2022

މިއީ އަގު ބޮޑު ރާއްޖެ! ކުލިވެސް، ކަރަންޓާއި/ފެން ބިލުވެސް، އިންޓަރނެޓާއި/ކޭބަލް ޓީވީ ގެ ބިލުވެސް ވޯރލްޑް ރިކޯރޑެއްވަރު ވާނެ! ހަމަ އެކަނި ކުޑަ ވާނީ މުސާރަ!

The name is already taken The name is available. Register?

އެމްސް

09 August 2022

ތި ތަކެތި ހޯދާނެ/ގަންނާނެ ފައިސާ އަށް އެސިސްޓެންސް ދޭނީ ކާކުތޯ؟ 2 ވަޒީފާ އަދާކޮށްގެންވެސް ދެކޮޅުނުޖެހިގެން އުޅޭ އިރު، މަސައްކަތް ނުކުރެވޭ ޢުމުރުގެ މީހަކަށް ތިޔަކަންކަން ވެދާނެތޯ؟

The name is already taken The name is available. Register?

ށަވިޔަނި

09 August 2022

މަގޭ ދުޢާއަކީ އެންމެން ރަނގަޅު ޞިއްޙަތުގައި ތިބުން. ތިފިހާރައިގެ ސަބަބުން ގިނަބަޔަކަށް ފަސޭތަކެއް ލިބޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454