ވިޔަފާރި / އައިލެންޑް އޭވިއޭޝަން

އުންމީދު ކުރެވެނީ އާ ބޯޓުތައް އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމަށް: އައިލެޑް އޭވިއޭޝަން

މޯލްޑިވިއަންގެ އޭޓީއާރް-72 މަރުކާގެ ބޯޓެއް ފްރާންސް ގެ ޓުލޫސް-ބްލެންޔެކް އެއާޕޯޓުގައި: ޔޫރޯސްޕޮޓް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މި އަހަރު އަލަށް ގަނެފައިވާ ތިން ބޯޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގައުމީ އެއާލައިންގެ ފްލީޓަށް އިތުރުކުރާ އާ ބޯޓުތައް އެ މުއްދަތުގައި ރާއްޖެ ގެނެވޭނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.

މޯލްޑިވިއަންގެ އާ ބޯޓުތައް އުފައްދަނީ ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނިންނެވެ.

މޯލްޑިވިއަންގެ އޭޓީއާރު-72 މަރުކާގެ ބޯޓެއް ފްރާންސްގެ ޓުލޫސް-ބްލެންޔެކް އެއާޕޯޓުން ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯ އާންމުކުރީ "ޔޫރޯސްޕޮޓް" ކިޔާ ޕޭޖަކުންނެވެ.

އަލަށް ގެންނަ ބޯޓުތަކުގެ ތެރޭގައި ހިމެނެނީ އޭޓީއާރު 72 ސީރީޒްގެ ދެ އެއާކްރާފްޓާއި އޭޓީއާރު-42 ސީރީޒްގެ ބޯޓެކެވެ. އެ ބޯޓުތައް ގަތުމަށް ޖުމުލަ 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އޭޓީއާރު 72 މަރުކާރުގެ ބޯޓުތަކުން 74 މީހުންނަށް ދަތުރުކުރެވޭއިރު އޭޓީއާރު 42 މަރުކާރުގެ ބޯޓުތަކުގެ ޖާގައަކީ 50 އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު ވެސް މޯލްޑިވިއަން އަށް އޭޓީއާރުގެ އިތުރު ތިން ބޯޓު ހޯދާނެ އެވެ. އެތެރޭގެ އުދުހުންތަކުގައި އެ އެއާލައިނުން ބޭނުންކުރާ ހުރިހާ ބޯޓެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

29 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެޕްޓަން އާދިލް

01 October 2022

ވިލާ އެއަރ ގަ އުޅުނު އެއްވެސް ކުއްޖަކާ ދޭތެރޭ ނިކަމެތިކޮށް ކަން ކުރެވިފައިވާ ނަމަ މަޢާފަށް އެދެން.

The name is already taken The name is available. Register?

އާދިލް ބްރަދަރ

30 September 2022

ކީއްވެޔޯ މަގޭ ނަމުގަ ކޮމެންޓެއް ނެތީ މި ފަހަރު؟

The name is already taken The name is available. Register?

މަގޭބުނީ

01 October 2022

އަސްލު ކޮމެންޓް ކުރާވަރަށްވުރެ ރަނގަޅަށް މިކަން ކުރާއުޅޭހެން ހީވާތީ...

The name is already taken The name is available. Register?

ހަހަ

30 September 2022

ބޯޓުތައް ގެންނަނީ ކޮންތާކުން ލާރިހޯދައިގެންބާ؟ އެކި ކުންފުނިތަކަށް ދައްކަން ހުންނަ ލާރި ނުދައްކާ އެތައްސަތޭކަ މިލިއަނެއް އެބަހުރި!

The name is already taken The name is available. Register?

ސާއިމު

30 September 2022

މަ ގެންދެބަޔަ. ޓިކްޓޮކްގަ ވީޑިއޯ ހަދައިގެން މޯލްޑިވިއަން އިސްތިހާރު ކޮށްލާނަން. މަށަކީ ޓިކްޓޮކް އިންފުލުއެންޒާއެއް

The name is already taken The name is available. Register?

ފެންފޯއްދޫނި

30 September 2022

އަލަށްގެންނަ ބޯޓްތައް ބައު ބޯޓްގެ ގޮތުގައި ވިއްކާލާނީއެއްނޫން..

The name is already taken The name is available. Register?

ކްރޫސް

30 September 2022

ޕިސް. ތިދެން ކޯންޗެއް؟ އެއާރބަސް އޭ380 އާއި އޭ350 އަދި ބޮއިން ބީ777 އާއި ބީ787 ގެ ބޯޓުތައް ގެނެސްބެޔަ.

The name is already taken The name is available. Register?

ތައްޓޭ

30 September 2022

ޑޮމެސްޓިޓް އެއަރޕޯޓް ތަކުގައި ބޯއިންގ ބޯޓްފަހަރެއް ނުޖެއްސޭނެ...

The name is already taken The name is available. Register?

ދޮންއަމާ

01 October 2022

ދިވެހިންނަން އެނގޭނީ ތިޒާތުގެ ކޮމެންޓް ކުރަން އޭ380 ބޯޓުގެނެވިދާނެ އެކަމަކު އެއަށް އެރޭ ފެންވަރުގެ މީހުން ނެތީމަ މައްސަލަޔަކީ އޭ380 ބޯޓުގެންނަން ގޮވާމީހުން 1000ރ އަށްވުރެ ޓިކެޓެެއްގެ އަގު ބޮޑިއްޔާ އަހަރެމެން ފަގީރުންފެލަނީއޭކިޔާފަ ތިބޭނީ މަގުމަތީގަ ބޯޑު ހިފައިގެން މުޒާހަރާއަށް

The name is already taken The name is available. Register?

2022

30 September 2022

ތި މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުކޮށްފަ ހުންނަނީ ކޮވިޑޭކިޔައިގެން ދެން މިޖެހެނީ އެޖެންޓުން އަތުން ބޮޑުއަގުގަ ޓިކެޓްގަންނަން.... ބޮއިހަލަކި

The name is already taken The name is available. Register?

ގަލްބް

30 September 2022

ނުޖެހޭނެ އެޖެންޓެއް ކައިރިއަށް ދާކަށް. ޢެޕުން ވެބްސައިޓުން އަދި ވައިބަރއިންވެސް ގަނެވޭ. އަދިވެސް ތިއުޅެނީ 1980 ގަ ވިއްޔަ. ތަންކޮޅެއް ތަހުޒީބުވެބަލަ.

The name is already taken The name is available. Register?

އުދުހޭ

30 September 2022

އޮންލައިންކޮށް މޯލްޑިވިއަން އެބްސައިޓުން ޓިކެޓް ގަނެބަލަ.

The name is already taken The name is available. Register?

ބޮޑުމީހާ

30 September 2022

ފުރަތަމަ ލައްކައިން މުސާރަދޭ މީހުންގެ މުސާރަ ކުޑަކޮށްބަލަ. ތީ ހުސް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ

The name is already taken The name is available. Register?

ސާމްބޯ

30 September 2022

އަހަރެން ގޮސްގެން ތިކަން ފެށޭނީ. އަހަރެން މި ރާއްޖޭގެ އޭޓީއާރުގެ އެންމެ މޮޅު ޕައިލަޓު

The name is already taken The name is available. Register?

ފްލެކްސް

30 September 2022

ބައްޔެއްނު. އެންމެ ބަރު އޭޓީއާރު ޕައިލެޓްތީ.

The name is already taken The name is available. Register?

ޗީޕޭ

30 September 2022

ރެޑުބުލް ދަޅެއް ދިނީމަ ކަެމެން އެއްމެން ބޭނުން ގޮތަކަށް ޝެޑިއުލް ހަދާ ދީފާނަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454