ވިޔަފާރި / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އާ ރަންވޭގެ އަމަލީ މަސައްކަތް ދެ މަަސްދުވަހުގެ ތެރޭގައި ފެށޭނެ: އެމްއޭސީއެލް

އާ ރަންވޭ އަޅަން ހިއްކާފައިވާ ސަރަހައްދު: ބިން ހިއްކުމުގެ 70 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ މައި އެއާޕޯޓުގައި އަޅާ އާ ރަންވޭގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ 70 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ބިން ހިއްކުމާ އެކީގައި، ރަންވޭ އަޅަން ހަދަން ޖެހޭ ޓެސްޓުތަކާއި އެ ނޫން ވެސް ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"... [ރަންވޭ އެޅުމުގެ އަމަލީ މަސައްކަތް] މި ބަލަނީ އިރާދަކުރެއްވިއްޔާ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް. ސައުތު އެންޑުން [ދެކުނު ކޮޅު] އަމަލީ މަސައްކަތް ފެށުމުގެ ކަންތައް ރާވަމުން މި ދަނީ،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދިލް (ކ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާޕޯޓުގެ އާ ރަންވޭ ތަރައްގީ ކުރުމުގެ މަޝްރޫއު އެމްއޭސީއެލް އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. އެ ކުންފުނިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި 25 ގަ އެވެ. މި މަސައްކަތް ނިމޭއިރު، އެއާޕޯޓުގެ ބިމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 62 ހެކްޓަރު އިތުރުވެގެން ދާނެ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ނެގި ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެންމެ ބޮޑެތި މަތިންދާބޯޓް ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއަކަށް ވާއިރު، މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް އެމްއޭސީއެލް އާއި ބީޔޫސީޖީގެ އޮފިޝަލުން މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

ބީޔޫސީޖީގެ މުވައްޒަފުން ތިބެން ހަދާފައިވާ ތަން: ރަންވޭގެ އަމަލީ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު މި މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީޔޫސީޖީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ރަންވޭގެ އަމަލީ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު މި މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ އެވެ. އޭގެ ތެރޭން ބައެއް ސާމާނު މިހާރު ވެސް ރާއްޖެ އައިސްފައިވާކަން ފާހަގަކުރެއްވި އެވެ.

އާ ރަންވޭ އަށް ބޭނުންވާ ބިން ހިއްކަން ވެލި ނަގަނީ މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލްގެ ސަރަހައްދުން ކަމަށް ވާތީ، ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެއާލައިން ކޮމްޕްލެކްސް ތަރައްގީކޮށް، އެ ތަނުގައި އިތުރު ގޭޓުތަކެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ. އެ ކަމަށް ބޭނުންވާ އިމާރާތުގެ ސްޓީލް އޮނިގަނޑު ހަދަން ފަށާފައި ވާއިރު، އެ އޮނިގަނޑު އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ރަންވޭ އެޅުން ހިމެނެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ސަރުކާރުން ހިންގާ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ ތެރޭގަ އެވެ. އާ ރަންވޭގެ އިތުރުން، އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު އާ ޓާމިނަލެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް، ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މިދިޔަ މޭ މަހުގެ ފަހުކޮޅު ވަނީ ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ހަވާލުކޮށްފަ އެވެ.

4 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝުއަރލީ

10 January 2017

އެެމްއޭސީއެލްގެ އާ ރަންވޭ އަޅަން ބޭނުންވާ ބިމުގެ %70 މަސައްކަތް ނިމި ޝޯރޓްލީ އާރފްޓަރ ފިއު ޑޭސް ތެރޭގައި އެއާރޕޯރޓްގެ އާ ރަންވޭ އެޅުމުގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި އަޅަން ފަށާނެ ކަމަށް އެމްއޭސީއެލްގެ އެމްޑީ ވިދާޅުވާނަމަ ޝުއަރލީ ވީ އާރ ގޮނާ އެކްސެޕްޓް އިޓް އުނޭނިމަސްލީ. މަމެންގެ ގައުމުގެ މައި އެއާރޕޯރޓް އެ ހަދާލެވެނީ ލަންޑަނުގެ ހީތްރޯ އަށް ވުރެން ރަނގަޅު ފެންވަރުގައި އެއާރބަސް އޭ 380 ގެ ދެ ބޯޓް އެއްފަހަރާ ޕެރެލަލް ކޮށް ޖައްސާލެވޭ ފެންވަރުގައެވެ. އޯއޮއޮއޯ.. ދެއާރ އިޒް މެޖިކް އިން އަވަރ ވެލާނާ އެއާރޕޯރޓް. އައި ވިލް ބީ ވެއިޓިންގް ފޯރ ދިސް ޑޭ... ޝުއަރލީ ވިލް ބީ..

The name is already taken The name is available. Register?

އަލީ

10 January 2017

ބޭފުޅާ، މިހާރުގެ ރަންވޭ ބަދަލުވަނީ ޓެކްސީވޭއަކަށް. އާ ރަންވޭ ނިމުމުން ޓޭކްއޯފްއެންޑް ލޭންޑިންއަށް ބޭނުންކުރާނީ ހަމައެކަނި އާ ރަންވޭ. ޕެރަލަލް ލޭންޑިންނެއް ނުހެދޭނެ.

The name is already taken The name is available. Register?

ރޯނުަައެދުރު

10 January 2017

ސަޅިޔޭ ގައުމާގެން ކުރިޔަށް

The name is already taken The name is available. Register?

ކްލޯސެޓް

10 January 2017

އާ ރަންވޭ ގެ އަމަލީ މަސައްކަތް ދެ މަސް ތެރޭގައި ފެށޭނެ ކަމަށް އެމްްއޭސީއެލް އިން ވިދާޅުވާނަމަ އެއީ ދެން މަމެން ވަރަށް އުފާވާ ކަމެކެވެ. މަމެން އެބައޮތޭ ރަންރީނދުލޭ މެން ގަތު ބުނަންވެފައި އެއްޗެކޭ އެއީ މަމެން ވެލާނާ އެއާރޕޯރޓް ތަރައްގީ ކުރަނީ އެއީ ދުނިޔޭގައި އޮތް އެންމެ ރަނގަޅު ފެންވަރުގެ އެއާރޕޯރޓް އަކަށް ހެދުމަށޭ. އެއީ އޭ މަމެންގެ އިންޓެންޝަން އަކީ. ތަމެން ވެސް މަމެންނާއި ގުޅިގެން މިކަން ކުރަން ހިތްވަރު ދެއްވަންވީ އެވެ. ޔޫ ވޯންޓް ގެޓް އިޓް. އާއް ޔޫ ވޯންޓް ގެޓް އިޓް. އާއް ޔޫ ވޯންޓް ގެޓް އިޓް.. ސަމްތިންގް އެބައުޓް އަވަރ އެއާރޕޯރޓް އިޒް އެމޭޒިންގްް އެން ވޮންޑަރފުލް އެން އޯސަމް އެެން ފްލޯލެސް. ކީޕް އިޓް އިން ދަ ކްލޯސެޓް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454