ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓު. އެ ރިސޯޓުގެ ޕޫލް އޭރިއާ-- ފޮޓޯ: ކުނާވަށި
04 މެއި 2023 - 13:58
އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެންމެ ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ލަވީ ހޮޓެލްސްގެ ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓު ހުޅުވައިފި އެވެ.
މިއީ އެ ކުންފުނިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.
ވ. އަތޮޅުގައި ހުޅުވި މި ރިސޯޓުގައި 72 ކޮޓަރި ހުރެ އެވެ. ވޯޓާ ވިލާ އާއި ބީޗް ބަންގަލޯތައް ހުންނަ މި ރިސޯޓަކީ ތިން ހެކްޓަރުގެ ބޮޑު ރަށެކެވެ.
ކުނާވަށި ރިސޯޓުގެ ކޮޓަރިއެއް. އެރަށުގައި ވޯޓާ ވިލާ އާއި ބީޗް ވިލާތައް ހުރޭ-- ފޮޓޯ: ކުނާވަށި
އެ ރިސޯޓުގައި ސްޕާ އކާއި ރެސްޓޯރެންޓްގެ އިތުރުން ޑައިވިން އާއި ވޯޓަސްޕޯޓްސް ސެންޓަރެއް ވެސް ހުންނާނެ އެވެ.
ގަޑިއެއްހާ އިރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެވޭ، އެ ރިސޯޓު ހަދާފައިވަނީ ދިވެހިވަންތައް ސިފަތައް ހިމެނޭ ގޮތަށެވެ.
ކުނާވަށި ރިސޯޓުގެ ވޯޓާ ވިލާތަކެއް. އެ ރިސޯޓުގައި 72 ކޮޓަރި ހުރޭ-- ފޮޓޯ: ކުނާވަށި ރިސޯޓު
ނޫއީ މޯލްޑިވްސްގެ އިތުރުން މިއަހަރު އިތުރު ހަ ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގައި 170 ރިސޯޓު އަންނަނީ ހިންގަމުންނެވެ. އަދި 800 އަށް ވުރެ ގެސްޓްހައުސް ހިންގަ އެވެ. މިއަހަރުގެ މިހާތަނަށް ވަނީ 680،000 ޓޫރިސްޓުން ރައްޖެއަށް އައިސްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 19 ޕަސެންޓް ދަށް އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުދޫނި
06 May 2023
ކީއްކޭ...ނުވީ މޯލްޑިވްސް ކުނި ވައްޓޭ.. ގައިމު މިޔަށް ވުރެން ރީތި ނަމެއް ދެވުނީސް ދޯ. މި ރަށު ދިވެހި ނޭނގޭ އޯނަރަށް ބަޔަކު ލަނޑެއްދީފަ މި އޮތީ..
ރައްޔަތުން
05 May 2023
ދިވެހިން ނައް އޮތީ ކޮން އުފަލެއް .ދިވެހިން ގެ ފަޅުތައް ތަކުން އާމުދަނީ ލިބެނީ ބޭރުމީހުން ނައް .ރިސޯޓްގެ ސޭލްސް ދަނީ ބޭރު ގައުމުތަކުގެ ބޭންކު ތަކައް . ަަޓުވަރަޒަމުން ބާރައް އަތްޖަހާ އިސްތިހާރު ކުރަނީ ދިވެހިންގެ ޓެކްސް ފައިސާއިން . 95 ފަސެންޓު ލާރި ދަނީ ބޭރު މީހުންގެ އާއިލާތަކަށް .
ފާރިސް ހަމީދު
06 May 2023
މި ދިރާސާ ގެ ކޮޕީއެއް ހިއްސާ ކޮށްލަ ދެއްވިދާނެތޯ. ކޮސް ގޮވިދާނެ.
ކޮރަލް
04 May 2023
ދިވެއްސަކަށް ލިބުނު މަސައްކަތެއް ދިވެއްސަކަށް ވީ ފައިދާ އެއް ބުނެ ބަލާށެވެ.
ޢަރުތަ
05 May 2023
ރިސޯޓު މުވައްޒަފުންނަށް ރިސޯޓު ހިއްސާ އޮތީ ލިބިފަ، އެއީވެސް ހާދަ ބޮޑު އެއްޗެކޭ.
ހިއްސާ
06 May 2023
ބަލަގަ ވަޒީފާ ލިބޭނީ ވަޒީފާ އަދާ ކުރަން ބޭނުންވާނަމަ.