ފިނޭންސް މިނިސްޓްރީ އާއި "މިހާރު" އާ ދެމެދު ކުރިއަށް ދިޔަ އަޑުއެހުން-- ފޮޓޯ:މިހާރު
30 މެއި 2023 - 15:18
ސަރުކާރުން ބަދަލުދިން ކުންފުންޏާއި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދިން އަދަދު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު މިއަދު އަންގަވައިފި އެވެ.
އޭނާ އެގޮތަށް އެންގެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ ފެބްރުއަރީ ހުށަހެޅި ސުވާލުތަކެއްގެ ޖަވާބު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
ފިނޭންސް މިނިސްޓްރީ އަށް މިދިޔަ ފެބްރުއަރީ މަހުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް މިއަދު ދިން ޖަވާބުގައި ބުނީ، ބަދަލު ދިން ކުންފުނިތަކުގެ މައުލޫމާތު ހާމަނުކުރެވެނީ، އެފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރެވޭނެތީ ކަމަށެވެ.
އެހެންވެ، އެ މިނިސްޓްރީ އާއި "މިހާރު" އާ ދެމެދު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ފިނޭންސް މިނިސްޓްރީ އަށް އެންގެވީ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަކުރުމަށެވެ.
މިއަދު ބޭއްވި އަޑުއެހުން ފެށުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ "މިހާރު" އިން އެދުނު ތިން ސުވާލުގެ ތެރެއިން ދެ ސުވާލަކަށް ޖަވާބު ދީފަ އެވެ. އޭގައިވާ ގޮތުން މި އަހަރުގެ ފެބްރުއަރީ 19 ގެ ނިޔަލަށް ބަދަލު ދިނީ އެއް ކުންފުންޏަކަށެވެ. އެ ކުންފުންޏަށް ބަދަލު ދިނީ އާބިޓްރޭޝަނުން އެގޮތަށް ނިންމުމުންނެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ، ހާމަނުކުރަން ޝަރުތުކޮށް، އެއްބަސްވުމުގައި އޮތް ނަމަވެސް، ޝަރުއީ ކޯޓަކުން ނުވަަތަ ތަންފީޒީ އިދާރާއަކުން އެ މައުލޫމާތު ހާމަކުރަން އެދިއްޖެ ނަމަ އެކަން އެގޮތަށް ކުރަން ވާނެ ކަމަށެވެ.
"ހާއްސަކޮށް 20 ވަނަ މާއްދާ އަށް ބަލާއިރު، އާންމު މަސްލަހަތު އިސްކުރުމަށް ބަލާއިރު އެދިފައި މިވާ މައުލޫމާތަކީ ރައްޔިތުންނަށް އެނގެން ކޮންމެހެން ވެސް މުހިއްމު މައުލޫމާތުތަކެއް ކަމުގައި ދެކެން. އެއީ ދައުލަތުގެ ފައިސާއިން އެހެން ފަރާތަކަށް އެ ފައިސާ ދޭ ކަމުގައިވާ ނަމަ،" އޭނާ ވިދާޅުވި އެވެ.
"ކިތަންމެ ކުޑަ މިންވަރެއް ވެސް ދޭ ކަމުގައިވާ ނަމަ އެދެވެނީ ކޮން ފަރާތަކަށްތޯ އާއި އެ ދެވެނީ ކިހާ މިންވަރެއްތޯ އެނގުމަކީ ރައްޔިތުންގެ މަސްލަހަތު އެހާމެ ބޮޑު ކަމެއް."
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދައުލަތުން ގެއްލުމުގެ ބަދަަލަށް 100 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުން ހޭދަކޮށްފައިވެ އެވެ. މިއީ ބަޖެޓުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދުގެ 99 ޕަސެންޓެވެ. ބަދަލުގެ ގޮތުގައި ހޭދަކުރަން ބަޖެޓު ކުރީ 101 މިލިއަން ރުފިޔާ އެވެ.
"ހާއްސަކޮށް 20 މާއްދާއަށް ބަލާ އިރު އާންމު މަސްލަހަތު އިސްކުރުމަށް ބަލާ އިރު އެދިފައި މިވާ މައުލޫމާތަކީ ރައްޔިތުންނަށް އެނގެން ކޮންމެހެން ވެސް މުހިއްމު މައުލޫމާތުތަކެއް ކަމުގައި ދެކެން. އެއީ ދައުލަތުގެ ފައިސާއިން އެހެން ފަރާތަކަށް އެފައިސާ ދޭ ކަމުގައިވާ ނަމަ. ކިތަންމެ ކުޑަ މިންވަރެއް ވެސް ދޭ ކަމުގައިވާ ނަމަ އެދެވެނީ ކޮން ފަރާތަކަށްތޯ އާއި އެދެވެނީ ކިހާ މިންވަރެއްތޯ އެނގުމަކީ ރައްޔިތުންގެ މަސްލަހަތު އެހާމެ ބޮޑު ކަމެއް،" އޭނާ ވިދާޅުވި އެވެ.
މި ކަމާ ގުޅިގެން މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓްރީން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ އެކު ސިއްރު ބައްދަލުވުމެއް ބާއްވައިފަ އެވެ.
"މިހާރު" އިން ކުރި ތިން ސުވާލުގެ ތެރެއިން ދެ ސުވާލަށް ޖަވާބު ދިނީ އެ ބައްދަލުވުމަށް ފަހު އެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ ހުރިހާ ސުވާލަކަށް ފިނޭންސް މިނިސްޓްރީން ޖަވާބު ދޭން އެދިވަޑައިގެންފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އެ މައުލޫމާތު ހާމަކުރެވެން ނެތީ ގާނޫނުގެ 22 ވަނަ މާއްދާގެ ށ. ގެ ދަށުން އެއްބަސްވުމުގައި އެ މައުލޫމާތު ސިއްރުކުރަން އެއްބަސްވެފައިވާތީ ކަމަށެވެ.
މި އަހަރު ބަދަލުގެ ގޮތުގައި ދައުލަތުން 100 މިލިއަން ރުފިޔާ ހޭދަކުރި އިރު މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުންނެވެ. މިދިޔަ ހަތަރު އަހަރު ވެސް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހޭދަކޮށްފަ އެވެ.
ބަދަލު ދިނުމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެފައިވާ އިރު ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އޭސީސީން ނެރުނު ރިޕޯޓެއްގައި 2021 ވަނަ އަހަރު ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
31 May 2023
ބަދަލޭ ކިޔާފަ ގުޅިގެން ވައްކަން ކުރަނީ. ރޮޒޭނާ މެނަށް ރަށެއްގެ ބަދަލުގެ ގޮތުގަ 1 ރަށާ 2 ފަޅާ 30 މިލިޔަން ރުފިޔާ ދިންވާހަކަ ސޯސަލްމީޑިއާއިން ފެނުނު. ހާމަނުކުރަން އުޅެނީ މިކަހަލަ ސަބަބުތަކާ ހެދިކަމަށް ބެލެވެނީ.
ޢަދިހަ
30 May 2023
ބަލަ މިހާޜު މުއިއްޒު ވެސް ވަކީލަކަށް ވީތަ
ބޮޑުމީހާ
30 May 2023
ފްލެޓް އަޅަން 300 މިލިއަން، ބަދަލުދޭން 1.6 ބިލިއަން ރުފިޔާ. އެއްވެސް ކަހަލަ އުސޫލެއްނެތި މީ ކަނޑައެޅިގެން ދައުލަތް ލޫޓުވުން ނޫން ދެން ކޮންކަމެއް. މިވަރުވާއިރުވެސް ވައްކަންކުރާކަމަކަށް ނުވޭ
ނާބަ
30 May 2023
ދައުލަތް ނަޅާކަނީ ހެޔޮ ނުވާނެ މިނޫން ގޮތެއް
އައްޔަ ބޮޑޭ
30 May 2023
ދައުލަތުގެ މުދަލާ ފައިސާއިން ދަތުރުފަތުރު ކުރުމާ ގެއްލުމުގެ ބަދަލުދިނުމަކީ މިސަރުކާރުން އެކަނި ކުރާކަމެއްތޯ.ކުރީސަރުކާރުތަކުން އެޚަރަދުތައް ކުރީއަމިއްލަ ފައިސާގަތޯ. މައުލޫމާތުދިނުމާ ލިބިގަތުމުގެ ގާނޫނު އޭރުއޮތީކޮންތާކުތޯ, ދެގަޑިން ދެގަޑިން ސިންގަޕޫރައް ކުރެއްވި ދަތުރު ތަކުގެ ތަފުސީލު ހޯދަން ނޫޅުއްވީ ކީއްވެތޯ. އޭރު މިހާރު ވީ ކޮންތާކުތޯ,
ފެންސު
31 May 2023
އޭރު ތިބޭފުޅާ ކޮބާތޯ؟ ތިހާވިސްނެންޏާ އޭރު މައްސަލަ ހުށަނޭޅީ ކީއްވެތޯ؟ މިހާރުދެން ބޮނދާ ހަރަށްވަދެ އިނދެ އެތިވަރުނުގޮވާ
ނަހަލާކުބފައުސާ
30 May 2023
މިހާރު" އިން ފޮނުވި ސުވާލުތަކަށް މިއަދު ދިން ޖަވާބުގައި ބުނީ، ބަދަލު ދިން ކުންފުނިތަކުގެ މައުލޫމާތު ހާމަނުކުރެވެނީ، އެފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރެވޭނެތީ ކަމަށެވެ.## ފިނޭންސް މިނިސްޓަރުވެސް ވައްކަންތަކުގައި މިހިރީ ބައިވެރިވެފައި. ސިއްރު އެއްބަސްވުން ހެދުމަކީ ވައްކަން ކުރުން.
ދެބަންދިހާރުު
30 May 2023
ރައްޔިތުންގެ ފައިސާއިން ކޮށްފަ ހުންނަ ޚަރަދުގެ ތަފްޞީލް، ގައުމީ ސަލާމަތާ ގުޅުންނެތް ކަމަށް ވާނަމަ، އެ މައުލޫމާތެއް ހިފެހެއްޓޭނެ ނޯންނާނެ އެއްގޮތެއްވެސް. މިސާލަކަށް ސިފައިންގެއަށް ގަންނަ ހަތިޔާރާ ވަޒަނުގެ ޢަދަދު ބުނެދޭކަށް ނުޖެހޭ. އެކަމަކު ގެއްލުމުގެ ބަދަލޭ ކިޔާފަ ރައްޔިތުންގެ މާލިއްޔަތުން ބަޔަކަށް ދޭ ފައިސާ ސިއްރު ކުރެވޭ ގޮތަށް އޮންނަ އެއްބަސްވުމުގެ އެ މާއްދާއަކީ ބާޠިލު މާއްދާއެއް. ތިވަރު ލަދުގަންނަ ކުންފުންޏެއްނަމަ ބަންޑާރަ މަސައްކަތް ނުނަގާނީ.
ޙިނި
30 May 2023
ބަދަލުވެސް މިދެނީ ސިއްރު ސިއްރުން، އެއްވެސް ބަޔަކައް ނާންގާތަ؟ މަސަލަހަތު ނޮނަ ތިމާގެމީހުންގެ ކުންފުނިތަކައް ޕުރެޓެކްޓު ދޭވާކަވެސް އަޑުއަހަން. މިކަންކަކް އެބަޖެޖޭ ބަލަން. އެހެރަ އަންގަދަ އިބުރާ މެންވެސް ޗުއްޕެކޭވެސް ނުބުނޭ،
އާއްމުން
30 May 2023
ވަރަށް މޮޅުގޮތެއް. މީހަކަސް ލާރިގަނޑެއް ދޭންވީމަ، އެއްބަސްވުމެއް ހަދާލަފަ، ހުރިހާކަމެއް ސިއްރުކަމަށް ޖަހާލީމަ ނިމުނީ. އެހެން އެއްބަސްވުމުގެ ޖެހިގެން ނުވާނެ ދައުލަތުގެ ފައިސާގެ ކަންކަމުގަ. އެމެރިކާގެ ހަތިޔާރުތައް ވިއްކާއިރުވެސް ފައިސާގެ އަދަދާ ވިއްކި އަދަދާ ވިއްކި ގައުމު އެނގޭ. ގައުމުތަކުގައި ހުންނަ ހަތިޔާރުގެ އަދަދުތައްވެސް އެނގޭ
ހުނިނަަ
30 May 2023
އޯ ނޯ. ގައުމީ ސަލާމަތް. ޝާނާ އިސްތިގުލާލު