ބަޖެޓު ފޮތް. އާމްދަނީގެ ގޮތުގައި އެސްއޯއީތަކުން ލިބޭނެ ކަމަށް ކަނޑައެޅި އާމްދަނީގެ ތެރެއިން 224 މިލިއަން ރުފިޔާ ވަނީ ލިބިފައި -- ފޮޓޯ: މިހާރު
19 އެޕްރީލް 2025 - 11:22
ފުރަތަމަ ކުއާޓާގައި އެސްއޯއީތަކުގެ ފައިދާގެ ގޮތުގައި ދައުލަތަށް 224 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ހަފުތާއަކު އެ މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރު 709 މިލިއަން ރުފިޔާ، ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންވެ، މިހާތަނަށް ލިބުނީ އޭގެ 32 ޕަސެންޓެވެ. އަދި ބާކީ 68 ޕަސެންޓު ޑިވިޑެންޑްގެ ގޮތުގައި ކުންފުނިތަކުން ލިބެންޖެހެ އެވެ.
މިދިޔަ އަހަރު އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި 786 މިލިއަން ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، އެ އަހަރު ކުންފުނިތަކުން ލިބުނީ، 572 މިލިއަން ރުފިޔާ އެވެ. އެއީ ލަފާކުރި އާމްދަނީގެ 70 ޕަސެންޓެވެ. އޭގެ ކުރީ އަހަރު ދައުލަތަށް އެސްއޯއީތަކުން ލިބުނީ، ލަފާކުރި އާމްދަނީގެ ގާތްގަނޑަކަށް 65 ޕަސެންޓެވެ.
ވޭތުވެދިޔަ ފަސް އަހަރު ވެސް ޑިވިޑެންޑްގެ ގޮތުގައި ކުންފުނިތަކުން ލިބޭނެ ކަމަށް ކަނޑައަޅާ އަދަދު، އަހަރު ނިމޭ އިރު ލިބިފައެއް ނުވެ އެވެ. އަދި އެސްއޯއީތަކުން ލިބޭނެ ކަމަށް ލަފާކުރާ އަދަދު ވެސް ވަނީ އެއް އަހަރުން އަނެއް އަހަރަށް ދަށްވެފަ އެވެ. ސަބަބަކީ، ގިނަ އެސްއޯއީތަކުން ފައިދާ ނުވުމެވެ. ސަރުކާރު ހިއްސާވާ ގާތްގަނޑަކަށް ތިރީހަކަށް ކުންފުނި އޮތް އިރު އޭގެ ތެރެއިން ފައިދާއެއް ވަންނަނީ ދިހަވަރަކަށް ކުންފުނިންނެވެ.
މިއަހަރުގެ މިހާތަނަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންވެސްޓްމެންޓާއި ލޯނުގެ ގޮތުގައި ދައުލަތުން 700 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢުވާލާ
20 April 2025
ޓްރޭަޑު ނެޓަށް އެތަން މިލިޔަން ޚަރަދުކޮށްފި ކޮބާ ނަތީޖާ އަކީ؟ ދެން އެކަހަލަ އެސްއޯއީތައް ގިނަކަމުން ވީފައިދާއެެއް ނެތް. ޢުޅެނީ ކަސްޓަމުން އަނެެއްކާ އިތުރު ފައިސާ ނަގަން. ގެއްލުން ރައްޔިތުންނަށް.
މުރާސިލް
20 April 2025
ތި ބުނީ އެހާވަރަށް ރައްޔަތުން ފެލާލާއިފިއޭ ދޯ
ާްްައެސްއޯއީ
20 April 2025
ކޮބާ ތޯ އެނުއަލް ރިޕޯޓް ތައް؟
ޢިދްރީސް
20 April 2025
ފައިދާ ނުވާ އެސްއޯއީތައް ފައިދާ ވާ އެސްއޯއީތަކާއި އެެއްކޮށްލީމާ ހުރިހާ އެސްއޯއީތަކުން ވެސް ފައިދާ ވާނެ
މީވައި
19 April 2025
ގްރަފެއް ގޮތަށް ދައްކާލިނަމަ ވަރަށް ފުރިހަމަވީސް
އަފްރާސިޔާބު
19 April 2025
އެސްއޯއީތަކުން ޑިވިޑެންޑް ލިބޭވާހަކަ ދައްކާއިރު ރައްޔިތުންގެ ޓެކްސް ފައިސާއިން އެސްއޯއީތަކުގެ މުވައްޒަފުންނަށް ޚަރަދު ކުރިވަރު ބުނެލިނަމަ އެސްއޯއީތަކުން ނުދައްކާ އޮތް ޑިވެންޑްގެ މިންވަރުގެ އަދަދަކީ ހަގީގަތުގައި ދައްކަންޖެހޭ އަދަދެއްކަން އެނގޭނެ.