ފިނޭންސް މިނިސްޓްރީގެ އިމާރާތް: އާމްދަނީގެ ގޮތުގައި 16.5 ބިލިއަން ރުފިޔާ ވަނީ ލިބިފައި --- ފޮޓޯ/މިހާރު
12 ޖޫން 2025 - 11:29
މިއަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތުގެ އާމްދަނީއަށް 16.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ލިބުނުއިރު އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޓީޖީއެސްޓީއިންނެވެ.
ފުރަތަމަ ހަތަރު މަހު ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓީޖީއެސްޓީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބުނުއިރު ބިޒްނަސް އެންޑް ޕްރޮޕަޓީސް ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ލިބިފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 100 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފުރަތަމަ ހަތަރު މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރަށް ވުރެ ހަ ޕަސެންޓް އިތުރު އަދަދެކެވެ. އެއީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނީ 15.7 ބިލިއަން ރުފިޔާ އެވެ.
މިއަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އެހެންވެ މިހާތަނަށް 16.7 ބިލިއަން ރުފިޔާ ލިބުމުން އެއީ ޖުމްލަ ކަނޑައެޅި އާމްދަނީގެ 42 ޕަސެންޓެވެ.
މިއަހަރުގެ ބަޖެޓުން ޖުމްލަ 20 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން ސަރުކާރު ހިންގުމާއި މުވައްޒަފުންގެ މުސާރަ އާއި ޕްރޮޖެކްޓްތަކަށް 15.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ޕްރޮޖެކްޓްތަކަށް ހޭދަކޮށްފައިވަނީ ޖުމްލަ ހަރަދުގެ އެންމެެ ނުވަ ޕަސެންޓެވެ. އެއީ 1.5 ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުންޏައްވުރެހަރުބޮޑީ
12 June 2025
ނޫގާނުނުއަސާސީގައި އޮތްކަހަލަ ކުޑަސަރުކާރެއް އުފައްދަންވީ. އޭރުން ތިލިބޭ އާމްދަނީން ލައްކަ ޕްރޮހެކްޓަައެކު ރައްޔިތުން މުއްސަނދިވެދާނެ. ބޮޑުމުސާރަދޭ މިނިވަން މުއައްސަސާތަކާ ބޭކާރު ލާމަރުކަޒީނިޒާމާ ބޯގިނަސިޔާސީމަގާމުތަކާ ނުތަކާވަރުގެ މަޖިލިހެއް ބޭނުމެއްނުވޭ.
ފަނޑިޔާރު
12 June 2025
ރައްޔިތުންނަށް ފިނޭސް މިނިސްޓްރީން ދޭން ޖެހޭފައިސާ ކޮބާ؟ މީގެ އިތުރުން ދައުލަތު އިދާރަތަކުގެ ޔުނިފޯރމް އަޅާ އޮފިސަރުންނަށް ދޭން ޖެހޭ ޔުނިފޯރމް ވެސް އަދިވެސް މި އަހަރު ނުދޭ، ފިނޭންސް މިނިސްޓްރީން ބަޖެޓް ނުދޭތީވެ. ދެން ކޮބާ މި ލިބޭ އަމްދަނީ ؟
ފަހުމީި
12 June 2025
އިގްތިސާދު ހަމަޔަކަށް އެޅެމުން ދަނީ. ފިޗް ރޭޓިން އިރާދަކުރެއްވިއްޔާ ދަށް ނުވެ މި ދަނީ. ރައީސްއަށް ޝުކުރިއްޔާ
ޝިޔާހު މުޙައްމަދު
12 June 2025
ޤައުމު ހަމަމަގަށް އެޅުވޭނީ ސީރިއަސް ވެގެން. ގައުމެއް ފަނާ ކުރަން އިބޫ އަށް ޖާގަދިން އެންމެން ކުށްވެރިވާންޖެހޭނެ
އަހުލާމް
12 June 2025
މި ރޭޓުން ދަންޔާ އަންދާޒާ ކުރިވަރަށްވުރެ މަތިން ދާނީ. 40 ބިލިއަނަށްވުރެ މަތިވާނެ
ލުޖައިނުﷲ ޒުހައިރު
12 June 2025
ބަޔަކު ޤަބޫލުކުރަން ބޭނުން ނުވިޔަސް މިއީ ހަރަދުކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާ.
ހާސަރު
12 June 2025
ތިވަރަށް އާމްދަނީ ލިބޭއިރުވެސް އަމިއްލަ ފަރާތްތަކުން ސަރުކާރަށް ގަނެފަ ހުންނަ މުދަލަށް އަގު ނުދައްކައިގެން ހަދާނެގޮތް ހުސްވެފަ ކިތައް ވިޔަފާރިވެރިން އެބަތިބިތަ؟
ޖަގޭ
12 June 2025
4 ހަފުތާއިން ތަޅާ ހުސްކޮށްލާނެ، ތީ ވެރިކަމުގައި ތިބޭމީހުން އެމީހުުންގެ ސިޔާސީ އައުވާނުންނަށް ބަހަން ލިބޭ ހަދިޔާއެއް ރަށްޔަތުމީހާ ގުދާރު ބިންދައިގެން ލިބޭ ފައިސާ ކޮޅުން ދައުލަތައް ދޭ ފައިސާ ހިތުހުރިގޮތަކައް ތަޅައި ހުސްކުރަނީ...