، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ވަނީ ހަމަޖައްސާފައި.
30 ޖޫން 2025 - 08:11
ލިވަޕޫލް ފުޓްބޯލް ކްލަބްގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ތިން އަހަރުގެ މުއްދަތަށް ހޭދަކުރުމަށް އެއްބަސްވެފައިވަނީ 8 މިލިއަން ޕައުންޑް (170 މިލިއަން ރުފިޔާ) ކަން އެނގިއްޖެ އެވެ.
މި ފައިސާ ދައްކާނީ ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބަޖެޓުގެ ބޭރުން ފިނޭންސް މިނިސްޓްރީކަން ވެސް "މިހާރު" އަށް ވަނީ ޔަގީންކުރެވިފަ އެވެ.
މިހާތަނަށް ލިވަޕޫލަށް މިހާތަނަށް ދޫކޮށްފައިވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަދަދުގެ 20 ޕަސެންޓަށްވާ ފައިސާ އެވެ. އެއީ 1.6 މިލިއަން ޕައުންޑެވެ. މިއީ ތިން އަހަރުގެ އެއްބަސްވުމެއް ކަމަށް ވާތީ އަހަރަކަށް ހޭދަވާނީ 2.6 މިލިއަން ޕައުންޑް (56 މިލިއަން ރުފިޔާ) އެވެ.
މިދިޔަ މާޗު މަހު އިއުލާނުކުރި މި ޑީލާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީން ކުރިން ބުނެފައިވަނީ ލިވަޕޫލާ އެކު "ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއް ގާއިމު ކުރުމުން ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން މި އަހަރު، ކުރިން އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށާއި އޭރުން ޓޫރިޒަމުން ލިބޭ އާމްދަނީ 100 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.
އެމްއެމްޕީއާރުސީން ލިވަޕޫލާ އެކު ހެދި އެއްބަސްވުމުގެ ދަށުން ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ޖަހައި އެ ކްލަބްގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ވެސް ރާއްޖެ ޕްރޮމޯޓު ކުރާނެ އެވެ. އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިއްމު މާކެޓުތަކުގެ ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކަން ހަމަޖެހިފައިވެ އެވެ.
އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުންނާއި ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
30 June 2025
ތިޔަ ޖޯޒީ އިރާނުލައްޗޭ
އަންދަލޫސިާ
30 June 2025
170 މިލިޔަން ރުފިޔާ ދީފައި ފޮޓޯގައި ހުސް ދިވެހިން. ތިޔައީ ހާދަ ބޮޑު ގޭމެކޭ. އަނެއްކާ ލިވަޕޫލްއަށް އެނގޭތޯ މިކަން؟
ރަބީޢު
30 June 2025
ދިވެހީންގޮސް ލިވަރޕޫލް އިޝްތިހާރުކޮށްދެނީ ނޫންތޯ...
ވެއާހް
30 June 2025
28 އާ ހަމައަށް ޖަހާ ސަކަރާތެއް ޖަހާތި.
ކައުންސެލަރު..
30 June 2025
29 30 31 32 33 34 ............. މިހެން ކިތަންމެ އަދަދެއް ކިޔަސް އެމްޑީޕީއަކަށް ދެން ވެރިކަމަކަށް ނާދެވޭނެ. ހަޖަމްކޮށްލާ
ގައުމީ ދޫ.
30 June 2025
ގެސްޓް ހައުސް ތަކާއި ރިސޯރޓްތަށް ވަކި ދެ ސެގްމެންޓެއްގެ ގޮތުގައި މާރކެޓްކުރުމުގައި އެކަށީގެންވާ ކާމިޔާބެއް ލިބިފައެއް ނެތް. ގެސްޓް ހައުސްތަކަށް އަންނަ ފަރާތްތަކުގެ ނެރެޓިވްސް އަށް ބަލާއިރު ފެންނަނީ ސޭމް ލެގޫން ސޭމް ބީޗް ކިޔާތަން. މިކަން ހައްލުކޮށް ، ވަކި ދެ ސެގްމަންޓެއްގެ ގޮތުގައި ރިސޯރޓާއި ގެސްޓް ޕްލޭސް ކުރުމުގައި ކާމިޔާބު ނުހޯދިއްޖެނަމަ ، ރިސޯރޓްތަކުގެ މާރކެޓް ދައްވަމުން ދިއުމަކީ އެކަށީގެންވާކަމެއް
ދަންޑެހެލު
30 June 2025
ކަލޭކިޔާދޭންވީނު ސެގްމެންޓްކުރާނެގޮތެއް
މާރކެޓާ
30 June 2025
ޑެސްޓިނޭޟަންމާރކެޓިން އެއީ މުޅި ގައުމު ދުނިޔެއަށް އިޟްތިހާރުކުރުން. މިކަމަކީ ކޮންމެ ގައުމެއްގެ ވެސް ސަރުކާރުން ކުރާކަމެއް. ރިސޯޓްތަކާ ހޮޓާތަކާ އެހެނިހެން ސާރވިސްތައްް މާރކެޓް ކުރާނީ ޕްރޮޑަކްޓް އޯނަރުން.
ނަންރީތި ހުސޭނު
30 June 2025
ރިސޯޓު މާކެޓުގަ މިހާރައްވުރެ އިތުރު މާކެޓްހޯދަން އެދޭނަމަ *4 ގިންތީގެ ރިސޯޓުއުފައްދަންޖެހެ. ކްލަބް ސްޓައިލް ރިސޯޓު ހުރުމަކީ މެދުފަންތިއައް މުހިންމުކަމެއް މިހާރު އެގިންތި ރާއްޖޭގަ ނެތޭބުންޔަސް ރަނގަޅުވާނެ.
އަލްޖިބްރރާ
30 June 2025
ޔޫރަޕްގެ ގަސްކާނާ ހައްދާ ތަނަކަށް ދޭންވީނު ޓޫރިޒަމް އިސްތިހާރުކުރަން
ފޭންް
30 June 2025
ކީއްވެތޯ މިހާ ބޮޑު ލާރިގަނޑެއް ދޭއިރު ލިވަރޕޫލްގެ އެެއްވެސް މަޝްހޫރު ތަރިޔަކު ރާއްޖެ އިޝްތިހާރު ކުރާތަން ނުފެންނަނީ؟
ވެއާހ
30 June 2025
28 އާ ހަމައަށް ޖަހާ ސަކަރާތެއް ޖަހާތި!
ހާލުދެ
30 June 2025
މިގައުމުގަ ޓޫރިޒަމް އަސްލު ޕްރޮމޯޓްކުރަނީ އަމިއްލަ އިންވެސްޓަރުން. ސަރުކާރުން ހިނގާ ޕްރޮމޯޝަންތަކަކީ ކުޅިމަޖާ. ހަގީގީ ފައިދާ ވަރަށް ކުޑަ.
ދިއްދޫމީހާ
30 June 2025
ކަލޭމެން ގޮސްފާނެ ކަނދުރު ހިފާގެން އެވިއްކަން ބަޝަރާއަވެސް..