05 ސެޕްޓެމްބަރ 2025 - 09:05
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތައް އޮޕަރޭޓުކުރާ ޗައިނާގެ ތިން ސިޓީއަށް ވެސް ޓިކެޓު އަގޮހެޔޮކޮށް، ޕްރޮމޯޝަނެއް ފަށައިފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޗައިނާގެ ބެއިޖިން އާއި ޗެންގްޑޫ އަދި ޝަންހާނީ އަށް މި ޕްރޮމޯޝަންގައި އަގު ހެޔޮކޮށް ޓިކެޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ 28 އޮކްޓޯބަރުން 15 ނޮވެމްބަރުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި މާލޭން މި ތިން ސިޓީއަށް ދަތުރުކުރާއިރު، ދެކޮޅު ޓިކެޓު 499 ޑޮލަރަށް ލިބޭނެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، މި ސިޓީއަށް ކުރާ ދަތުރުތަކާއި އެނބުރި އަންނަ ފްލައިޓުތައް ވެސް ޝެޑިއުލްކޮށްފައިވަނީ ޗުއްޓީ ހޭދަކުރަންދާ އާއިލާތަކަށާއި، ވިޔަފާރިވެރިންނަށް ވެސް އެންމެ ފަސޭހަވާނެ ގޮތަށެވެ.
މިގޮތުން، މާލެއިން ކުރާ ދަތުރުތައް ހެނދުނަށް ތާވަލުކޮށްފައިވަނީ، ޗައިނާއަށް އެ ދުވަހެއްގެ ހެނދުނު ދެވޭ ގޮތަށެވެ. އެނބުރި ރާއްޖެއަށް އަންނަ ފްލައިޓުތައް ޝެޑިއުލްކޮށްފައިވަނީ މާލޭ ގަޑިން ހެނދުނަށް ކަމަށްވާތީ، ޑޮމެސްޓިކް ފްލައިޓު ޝެޑިއުލްތަކަށް ވެސް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދިވެހިންނަށް ކަމަށްވާއިރު، ޗައިނާއަށް އެތެރެވާ ދިވެހިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެ އެވެ.
ޗައިނާގެ މި ތިން ސިޓީއަށް ވެސް މޯލްޑިވިއަނުން ދަތުރު ކުރަނީ، އެންމެ ފަހުން ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް އޭ330 މަތިންދާބޯޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
06 September 2025
ރަގަޅު ޕޮރުމޯސަނެއް.
ޖހޖދދ
05 September 2025
ޑޮމެސްޓިކް ފުލައިޓު ތަކުގެ އަގު ހެޔޮ ކުރާށޭ!!!!!!! ކިތައް ފަހަރުތަ ބުނަންވީ!!!!!!!
ޢަލިސް
05 September 2025
މިހާރު ގުޅާލިޔަސް ޓިކެޓެއް ނުލިބޭނެކަން ޔަކީން. މޯލްޑިވިއަންގެ އިސް ބޭފުޅުން ޗުއްޓީ ހަދާލަންދާން ރާވާ ދަތުރު ތަކެއްތީ.
އޮނަރަބްލް އަފީފު ދީދީ
05 September 2025
ނަމުގެތެރެއަށް "ޤައުމީ" ލައިގެން އުފައްދާފައިވާ މާލޭސަރުކާރު އެއަރލައިން Maldivian އިން އެރަށުމީހުނަށް "ނުއަގުގައި ޓިކެޓް ވިއްކައިގެން" ޗުއްޓީހަދަން ދުނިޔެތަޅާލަން ދަތުރު ކުރެވޭގޮތަށް ހަދާދިނުމަށް 6300 ކިލޯމީޓަރ ދުރުގައިއޮތްނަ ޗައިނާގެ މަންޒިލްތަކަށް 7185ރ އަށް ޓިކެޓް ވިއްކާއިރު މާލޭސަރުކާރު އެއްރަށްދައުލަތް ސިޔާސަތުގެސަބަބުން ވަޒަނުންބޭރުވެ ކ.މާލޭގައިދިރިއުޅޭ އައްޑޫމީހާއަށް 500 ކިލޯމީޓަރ ހިސާބުގައިއޮތް އައްޑުއަށް ޓިކެޓެއް ވިއްކަނީ 2600ރ އަށް.
އޮނަރަބްލް އަފީފު ދީދީ
05 September 2025
ކ.މާލޭ އެއަރޕޯޓާއި އައްޑޫ GAN international Airport އާއި ދެމެދުހުރި ދުރުމިނަށްވުރެން 12 ގުނަ ދުރުގައިއޮތް ޗައިނާގެ ބީޖިންގްއަށް ކ.މާލޭމީހާ މަޖާކޮށްލާ ޗުއްޓީހަދާލަން ދަތުރުކުރެވޭއަގަށްވުރެން ނިސްބަތުން އެތައްގުނައެއް އަގުބޮޑުކޮށް އައްޑޫމީހާއަށް އައްޑުއަށް ދަތުރުކުރެވެނީ. މާލެ ބީޖިންގ ޓިކެޓް 466 ޑޮލަރަށް އެންމެނަށްވިއްކާއިރު ކ.މާލެއިން އައްޑުއަށް ދަތުރުކުރާ ބިދޭސިންނަށް މޯލްޑިވިއަނުން ޓީކެޓްވިއްކަނީ 500 ޑޮލަރަށް. ފައިސާ ބަލައިގަންނަނީވެސް ޑޮލަރުން.
2025
05 September 2025
އިންޑިޔާ އަގުހެޔޮކޮށްބަލަ..... ބޮއިހަލަކި
ވޒވސ
05 September 2025
500 ޑޮލަރު އަހަރެމެންނަށް ހަމަކުރެވެނީ 10 މަސްދުވަހުން. - ސިވިލް ސާވަންޓު
ކެބިންކ
05 September 2025
ރާއްޖެ އަންނަ ޗައިނާ މީހުން އެބަ އާދޭ 10 އަހަރު ވަންދެން ލާރި އެއްކޮއްފަ. މުސްކުޅި ފުރައިގެ މީހުން ހާއްސަކޮށް، އަދި އެއީ ގިނަފަހަރު އެމީހުން ޗައިނާ ނޫން ގައުމަކަށް ދަތުރު ކުޜާ ފުރަތަމަ ފަހަރު.
ލިބޭނެއޭ
05 September 2025
ޗައިނާ އިން ރާއްޖެ އަށް އެބަގެންނަން ޖެހޭ އަހަރަކު 5 މިލިއަން ޓޫރިސްޓުން އެކަން ކުރެވޭނީ މޯލްޑިވިއަން އިން އަގުހެޔޮ ދަތުރު ތަކެއް ކޮށް ހަދާ އަދި މާލޭގެ ހުޅަނގު ފަރާތު އޮތް ތިލަކަނޑު ގޮސް ވިލިގިލި އާއި ޖެހެންދެން ހިއްކާލާ އެތަނުން ކޮންމެ ހެކްޓަރެއްގެ ބިން ޗައިނާ އިންވެސްޓަރުންނަށް ވިއްކާލާނީ ފްރީ ހޯލްޑް އުސޫލުން 10 މިލިއަން ޑޮލަރަށް ބިމެއް އެއިރުން އެބިންތަކުގައި 100 މިލިއަން ކޮޓަރި ހިމެނޭ ހޮޓާ އަޅާ އަގުހެޔޮކޮށް ކޮޓަރި ވިއްކޭނެއޭ ޗައިނީސް ފުޑް