ވިލިމާލޭގެ ހުޅަނގު ފަރާތު ބީޗާ ދިމާލުން ބްރިޖްގެ މަސައްކަތްކުރަމުން ދާއިރު ދުވަސްވީ ދެމީހުން ޖޯލީގައި އިށީނދެލައިގެން ބްރިޖް މަސައްކަތްކުރިއަށް ދާގޮތް ބަލާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
05 ސެޕްޓެމްބަރ 2025 - 09:11
ރާއްޖޭގެ ޖުމްލަ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، 148.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުގައި، ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ، ދައުލަތުން ސީދާ ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުން ގެރެންޓީދީގެން ނަގާފައިވާ 21.1 ބިލިއަން ރުފިޔާގެ ދަރަންޏެވެ.
ދައުލަތުން ނަގާފައިވާ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭން ނަގާފައިވާ ދަރަންޏެވެ. މިގޮތުން، ދެވަނަ ކުއާޓަރު ނިމުނުއިރު، 85.8 ބިލިއަން ރުފިޔާ އެތެރޭގެ މާކެޓުން ނަގާފައިވެ އެވެ. މިއީ ފުރަތަމަ ކުއާޓަރު ނިމުނުއިރު ހުރި އަދަދަށް ވުރެ ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ބޭރުން ނަގާފައިވާ ދަރަނި ވެސް ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އިތުރެވެ. މިގޮތުން، ފުރަތަމަ ކުއާޓަރުގައި 41.4 ބިލިއަން ރުފިޔާ ވަނީ ދެވަނަ ކުއާޓަރުގެ ނިޔަލަށް 42 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ނަމަވެސް، ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ދަރަނި ވަނީ ދަށްވެފަ އެވެ. ފުރަތަމަ ކުއާޓަރުގައި 21.4 ބިލިއަން ރުފިޔާގައި ހުރި އަދަދު ވަނީ ދެވަނަ ކުއާޓަރުގެ ނިޔަލަށް ވަނީ 21.1 ބިލިއަން ރުފިޔާއަށް ދަށްކޮށްފަ އެވެ.
ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން. އަންނަ އަހަރަށް 57 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެއް ކުއާޓަރުން އަނެއް ކުއާޓަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި ވަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
މިގޮތުން، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީގެ ނިސްބަތުން 122.2 ޕަސެންޓުގައި ޖުމްލަ ދަރަނި ހުރިއިރު، އެ ނިސްބަތް ދެވަނަ ކުއާޓަރު ނިމުނުއިރު އުފުލިފައިވަނީ 124 ޕަސެންޓަށެވެ.
ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުގައި، ޖުމްލަ ދަރަނި އަދާކުރަން ދެވަނަ ކުއާޓަރުގައި ދައުލަތުން ވަނީ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ ޕްރިންސިޕަލް ޕޭމަންޓުގެ ގޮތުގައި ހޭދަވި 1.9 ބިލިއަން ރުފިޔާ އާއި އިންޓަރެސްޓުގެ ގޮތުގައި ދެއްކި 1.6 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ދަރަނިތަކާ އެކު، ބޭރުގެ އެކި ފަރާތްތަކަށް ރާއްޖޭން ދައްކަންޖެހޭ ޖުމްލަ 42 ބިލިއަން ރުފިޔާގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ.
މިގޮތުން، އިންޑިއާގެ އެގްޒިމް ބޭންކަށް، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ދެވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ދިވެހި ދައުލަތުގެ ބޮންޑުތަކަށެވެ. މިގޮތުން، ބޮންޑު ގަނެފައިވާ ބޭރުގެ އެކި ފަރާތްތަކަށް 7.7 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ތިންވަނައިގައި އޮތް ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ އަދަދު، ދެވަނަ ކުއާޓަރުގެ ނިޔަލަށް 7.3 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސދފައސފދ
06 September 2025
ޝުކުރިއްޔާ އެމްޑީޕީ.
ގަމާރުހަސަނު ބިން އަންނި
05 September 2025
300 މީހުން ހަމަނުވާ ރަށްރަށުގަވެސް 300މިލިޔަން ހަރަދުކޮށްގެން ބަނދަރުހަދާފަ ބަހަށްޓާ. ދިވެހިން އަމިއްލައަށް ބުއިބޮނޑިއެއް.
އޮނަރަބްލް އަފީފު ދީދީ
05 September 2025
ދުނިޔޭގެ އެންމެއަގުބޮޑު ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައިހިމެނޭ އަދި މިތަނުގެ އާބާދީއަށްވުރެ އެތައްގުނައެއް އިތުރަށް ކޮންމެއަހަރަކު ފަތުރުވެރިންއަންނަ ދިވެހިރާއްޖެ އޮތީ އެތައްސަތޭކަ ބިލިޔަން ރުފިޔާއަށް ދަރާ ވިކިފަ. ދަރަނީގެގޮތުގައި ވޭތުވެދިޔަ 60 އަހަރު ދުވަހު ނަގާފައިވާ މިހުރިހާ ފައިސާއެއް މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބި އެރަށުމީހުން ހޭދަކުރީ ކ.އަތޮޅު މާލެވަށައިގެން އޮތް ކަނޑު ފަޅު ހިއްކާ އެތަންތަނުގައި ފުލެޓް އެޅުމަށް.
އޮނަރަބްލް އަފީފު ދީދީ
05 September 2025
ދައުލަތްދަރަނިކޮށް ނެގި ލޯނުން ހިއްކި ބިންތައް ހިލޭ ސާބަހަށް މާލޭގެ ޤަބީލާތަކަށް ބާހާލާފަައިވާތީ އާއި، އަދި މިފަދަ ލޯނު ތަކުން އުޑުގައި ޖެހޭވަރަށް އުސްކޮށް އިމާރާތް ކުރި ފުލެޓް ތަކަށް އެއްބަސްވުމާއި އެއްގޮތަށް ކ.މާލޭމީހުން ފައިސާނުދައްކާ އިރުވެސް އެފައިސާހޯދަން މާލޭސަރުކާރުން މަސައްކަތެއްނުކޮށް އަނެއްކާވެސް މަތިމައްޗަށް ހައުސިންގ ލޯނުނަގަން މަސައްކަތް ކުރި ކަމަށްވިޔަސް ޗައިނާ އެގްޒިމް ބޭންކް ފަދަ ތަންތަނުން ވަނީ އެފަދަ ލޯނުދިނުމަށް ދެކޮޅު ހަދާފަ.
ބަަލީފު
06 September 2025
ފްލެޓް ލިބިފަ ހުރީ މާލޭ މީހުންނަށް އެކަންޏެއް ނޫން. އައްޑޫ ވަރަށްގިނަ މީހުން އެބަތިބި ކުލި ނުދައްކާ
އޮނަރަބްލް އަފީފު ދީދީ
05 September 2025
މިދެންނެވި ފަދަ "އެއްރަށްދައުލަތް ސިޔާސަތު ގެންގުޅުމަކީ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް މަންފާހުރިގޮތް ނޫންކަން" މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރަންތިބި ކ.މާލޭގެ ބިންވެރިންނަށާއި ބޮޑުންނަށް އެގުނު ކަމަށްވިޔަސް އެމީހުން ބޭނުންވީ އެމީހުންގެ ގެދޮރު ކުއްޔަށް ހިފާނެ "ކުލީ އަޅުން" މާލެއަށް ޖަމާކުރުމަށްޓަކާ މަޖުބޫރީ ޙާލަތް މެދުވެރިކޮށްގެން ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްތަކުގެ ރައްޔިތުން އެމީހުންގެ ރަށަށް ޖަމާކުރެވޭނެގޮތަކަށް ކަންކަންކުރަން.
ރޮތީ
05 September 2025
މީ އެމަޑީޕީގެ އަގުހުރި މަސައްކަތް އެއްކަލަ ޗައިނާ ދަރަނި ދަންތުރައޭ ގޮވާމީހުންގެ ޙަބަރެއްދަބަރެއް ނެތްދޯ
މުދިމްހަސަންބެގެ ޅިޔަނު
05 September 2025
ތިޔަ ދަރަނިތައް އަހަރުމެން އާންމު ރައްޔިތުންގެ ބޮލުގައި ނައަޅުވާ. ތިޔަކަމާއި ހަވާލުވާން އެންމެ އައުލާކަން ބޮޑީ މިދިޔަ ދެތިން ދައުރުގެ ސާރުކާރު ހިންގަން މަތީ ފަންގިފިލާގަ ތިބި ވެރިންނާއި އެވެރިންގެ ގާތް އެކުވެރިންނާއި މާލެއާއި މާލެ ކުރިއަށްލައިގެން އުފައްދާފަތިބި ތަންތަނުގައި އުޅޭމީހުނާއި ނަހަމަ ގޮތުގައި ރޯހައުސްތަކާއި އެކިއެކި ނަފާލިބުނުމީހުން.
ޙުސެއިން ހަލީމް
05 September 2025
ކޮންމެ ރަށެއްގައި އެއާރޕޯޓް ފުޓްސަލް ދަނޑު ވޮޅީ ކޯޓް އިސްލާމީ މަރްކަޒް … އަދިވެސް އަދިވެސް
ނަހުސީމާސައީދު
05 September 2025
ޕީޕީއެމް ސަރުކާރު ހިންގި މެގަ ޕރޮޖެކްޓްތައް ހިންގީ ޗައިނާއާއެކު އެކަމަކު ދަރަނި ބޮޑީ އިންޑިޔާ ދެން ބޮންޑުތައް މާނައަކީ މިދިޔަ އިބްރާހީމް ސަރުކާރުގަ ކުރި ކަމެއް ފެންނަން ނެތަސް ހެޔޮފުޅުކަމުން ދިވެހިންނަށް ލޯލު ނަގާދެއްވާ ދިރުވާލަދެއްވި
ނަނު
05 September 2025
ރާއްޖެއިން މޮޅެތި ޓެކްސް ނުނަގާ ވެއްޖެ ނޫންތޯ އެތެރެވާ ކޮންމެ ޓުއަރިސްޓެއްގެ އަތުން 50 ވަރަކަށް ޑޮލަރުވިޔަސް ނަގަން. ދުނިޔޭގެ ގިނަ ގައުމުތަކުން ނަގާވަރު މާބޮޑު. މިރާއްޖެ މިހާ ލަކްޒަރީކޮށް ނަން އޮންނައިރު ނަގަންވީނޫންތޯ؟ ގައިމު އެއީ އަހަރަކު 2 މިލިއަން ޓޫރިސްޓުން ވެއްޖިއްޔާ، އަހަރެއްގެ މައްޗަށް 100 މިލިއަން ޑޮލަރު، ނުވަތަ 1.5 ބިލިއަން ރުފިޔާ! 30 ވަރަކަށް އަހަރު ތެރޭ ތިޔަ 42 ބިލިއަން ދައްކާ ހަލާސް ވާނެނޫންތޯ؟؟؟!!
ޖަންޖަބީލް
05 September 2025
ވިސާ ފްރީ ނޫނިއްޔާ ޓުއަރިސްޓުން ނާނެކަމަށް އެބަލަނީ! އެކަމަކު ވިސާ ނަގާ އެހެން ގައުމުތަކުންވެސް. ސްރީލަންކާއިން ވެސް ޔޫރަޕް މީހުން އަތުން ނަގާ 50!
ގޮނުއަނގަ
05 September 2025
އެމްޑީޕީއަށް ދަރަނި ދަރަނި ގޮވުން ހުއްޓާލާފަ މިހާރު މިއޮތް ސަރުކާރަށް ދަމާ ކަނޑާ ކިޔަން މިހާރު މާރަނގަޅުކަމަށް ފާހަގަ ވެއްޖެ. ޓެކްސް ބޮޑުކުރީ ދަރަނި ދައްކާފަ ޑޮލަރ އަގު ދައްކުރަން. ދެން ބޮޑެއްނުވާނެ. ދެންނުދާނެ ޑޮލަރ އަގުމައްޗަކަށް. މައްޗަކަށް ނުދޭ. އާއުސްމިނަކަށް އަރާލީ. ހަމަ ދަމާކަނޑާ ސަރުކާރު ކިޔަންވީ. ވަރަށް ފޫހިވެއްޖެ