އެމްޓީސީސީގެ މުވައްޒަފަކު މިއަދު ލޭ ހަދިޔާކުރަނީ: މި ހަރަކާތުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވޭ. ފޮޓޯ: އެމްޓީސީސީ
29 އެޕްރީލް 2017 - 12:59
އެމްޓީސީސީ އާއި މޯލްޑިވްސް ބްލަޑް ޑޯނަސް އެސޯސިއޭޝަން ގުޅިގެން "ބްލަޑް ޑޮނޭޝަން ކޭމްޕް" ގެ ނަމުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ހ. ސޯމިލް، އެމްޓީސީސީ ކްލަބް ހައުސްގައި ކުރިޔަށް ގެންދާ ޕްރޮގްރާމް މިއަދު ހެނދުނު 9:00 ން ހަވީރު 6:00 އަށް ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
"މިފަދަ ހަރަކާތެއް އިންތިޒާމްކޮށް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި ތެލަސީމިއާ ހުންނަ ކުދިންނަށް އެހީގެ އަތެއް ފޯރުކޮށްދިނުމާއި ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް،" އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ހަރަކާތުގައި އެމްޓީސީސީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާއިލާގެ މެންބަރުން ބައިވެރިވާނެ ކަމަށެވެ. އަދި އާންމުންގެ ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވެސް އެމްޓީސީސީން އުއްމީދުކުރެ އެވެ.
އެ ކުންފުނިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް މުޖުތަމައަށް ފައިދާ ކުރަނިވި ގިނަ ހަރަކާތްތަކެއް ރާވައި ކުރިއަށް ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy