އޭޑީކޭ ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ: އާސަންދައިގެ އެއްބަސްވުން އުވާލާފައިވާތީ އެ ހިދުމަތް އަދި ދެވެން ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނޭ.
08 މެއި 2017 - 14:32
ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލަން އާސަންދަ ކުންފުނިން ނިންމި ނިންމުން މިއަދު ބަދަލުކުރި ނަމަވެސް އެ ހިދުމަތް މިވަގުތު ދެވެން ނެތް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއެކޭ އެއްގޮތަށް ހިދުމަތް ދޭން ނިންމި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެކަން އާސަންދަ ކުންފުނިން އޭޑީކޭ އަށް އަދި އަންގާފައި ނެތް ކަމަށެވެ. އޭޑީކޭއިން ބުނީ ހިދުމަތް ހުއްޓާލަން ކުރިން އެންގި އެންގުމާ އެކު އެ ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލްވެފައިވާ ކަމަށެވެ.
"މި ހޮސްޕިޓަލުން ދެމުން ގެންދިޔަ އާސަންދައިގެ ހިދުމަތް މެދުކެނޑިފައިވާ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ. އާސަންދަ ޕްރައިވެޓް ލިމިޓެޑާއި މި ހޮސްޕިޓަލާ ދެމެދުވެފައިވާ އެއްބަސްވުން އިޔާދަކުރެވުނުހާ އަވަހަކަށް މި ހޮސްޕިޓަލުން އާސަންދަ ސްކީމްގެ ހިދުމަތް އަލުން ފަށާނެ ވާހާކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ނޫސްބަޔާނުގައި ބުންޏެވެ.
ކުރިން އެންގުމެއް ނެތި، ކުއްލިގޮތަކަށް އާސަންދައިގެ ޚިދުމަތް އަމިއްލަ ތަންތަނުން ކަނޑާލިކަން އެ އާސަންދަ ކުންފުނިން އެންގީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް، އެ ރޭ 11:30 ވާން އުޅެނިކޮށެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސަންދަގެ ޚިދުމަތުގެ ނިޒާމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އެންސްޕާ އަށް ކުުރިން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ދެމުން ގެންދިޔަ، އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯރެޓަރީ އަދި ސްކޭން ކުރުމުގެ ޚިދުމަތްތައް އާސަންދަ އިން އުނިކުރުމަށް މިދިޔަ ބުދަދުވަހު އެންސްޕާގެ ބޯޑުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން އަލުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ފަހު، ރައީސް އޮފީހުން ބުނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތައް ހުށަހެޅުމަށް ސަރުކާރުން ވާނީ އަންގާފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންކް333
09 May 2017
ހުސްނުވާނެކަމަށް ބުނި އާސަންދަ ތިއޮތީ ސަންދޯކަށް ލާންޖެހިފަ..
އަލިބެ
09 May 2017
އިންސާފެއް ލޯބީގައި ނެތޭ... ކެހިވެރި މިދުނިޔޭގައި... ރޯލާ....ރޯލާ... އޮވެދާނަން އަނދިރީގައި...
ނަސީދު
09 May 2017
ޢޭޑީކޭ ސަރުކާރަށް ނަގަން ފެނޭ އެޔޮއް ބޮޑުބިން ކުޑަކުއްޔަކައް ދީފައިއެއޮތީ ވެސް ސަރުކާރުން ރައްއިތުންނައް ލުއިފަސޭހަކުރަން ކަމައް ފޭނެ ބޮޑާވެފައި ސަރުކާރައް ދެބަސް ވާނަމަ ހަމަބިން އެހެން ފަރާތަކައް ދޭންވީ
ގަބުޅި ކަތީބު
09 May 2017
ރައްތުންގެ ތިޖޫރި ދަވާލައިގެން ނެގި 3 ބިލިޔަނެއްހާ ރުފިޔާ ލީތާކުންނެރެފައި އާސަންދަ ހިދުމަތް ދިނުއް ރަނގަޅު
ަަބާސަންދަ
09 May 2017
ނުވެސް އަންގަނީސް ތިކަން ކުރި ބަޔަކާމެދު ފިޔަވަޅު ނައަޅަނީޔޯ ؟
މްންޓަލް ކޭސް
09 May 2017
އެޑީކޭ އެއްނު ތިކިޔަނީވެސް މިހާރު އާސަންދައިގެ ހިދުމަތް ދިނަސް އެކަމުގެ އެޑްވާންޓޭޖް ނަގާނެ
ރަސްޓެކުހޭ
09 May 2017
ރައްޔިތުން އަތުން ޓެކްސް ނެގިވަރަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މިދަނީ ދުވަހެއް ދުވަހަކަށް ދަަށަށް.މީރާއިން ޓެކްސްގެ އަހަރީ ރިޕޯޓު ނެރޭއިރު ބޮޑެތި އަދަދުތަކުން ފައިދާ ލިބިފަވާތަން ނޫސްތަކުން ފެނޭ.ލިބޭ ފައިސާ އަރަނީ މައްޗަށް ކަމެއް ފައިބަނީ ބިމުއަޑިއަށް ކަމެއްނޭންގެ.ރައްޔިތުންނަށް ހަރަދު ކުރަންވީމަ ކުޑަ ބަޖެޓެއް ހަމަޖައްސާލާފަ މިބުނަނީ މީގެން ބޭސް ފަރުވާ އަށް ކަވަރ ކުރޭ.ޑޮކްޓަރަށް ދައްކާ ފައިސާ 1/2 އާސަންދައިން ބޭސް ،ލެބް ޓެސްޓް ،ސްކޭންގެ ހަރަދު އަމިއްލަޖީބުން.އެކަމުވެސް ނަމުން ހިލޭ ބޭސްފަރުވާ މިކިޔަނީ.މިއަށްވުރެ މާރަނގަޅު ޓެކްސް ނުނަގާ ރއްޔިތުންނަށް ލިބޭ ފައިސާކޮޅު ރައްޔިތުންގެ އަތުގަ ބެހެއްޓިއްޔާ.ޓެކްސް ނަގަންޏާ މަޖިލިސް މެންބަރުންގެ އަތުންނަގާ.އެއީ ޓެކްސް ނަގާ ހިތުން ލޮލަށް ނިދިނައިސްގެން އުޅޭ ބައެއް.ލޮލަށް ބޮލަށް ތުރާ.
ޥަސަންތި
09 May 2017
ސަރުކާރުން ބުނާނި އާސަންދަ ކެޑުނީ ހެކަރުންދިން ޑީޑޮޒް ހަމަލާއެއްގެ ސަބަބުންކަމައް ދެން އެފަދަކަމެއް ދިމާނުވާގޮތައް ސާވާރގެ ސެކިއުރިޓީ ގަދަކުރަމުންދާކަމައްވެސްބުނޭ.
ހަބީބު
08 May 2017
ދޮގެއްވާނޫން ވަރިކުރިކަމައް އަނގައިން ބުނުމައްފަހު އެހުރީ ވަރިވެފަ އެކަން އިޔާދަކުރަން ފަނޑިޔާރުން އަލުން ލިޔެކިޔުން ތައްޔާރު ކުރަންޖެހޭ މީކުޅޭ ކުޅިވަރެއްނޫން ސަރުކާރުގެ ހާލަތު ހުންނަގޮތްތީ މީހުންތިބޭ ތަނެއްފަޅުރަށަކައް ބަދަލުކޮއް 24 ގަޑިއިރުނުވަނިސް އަމަލު ފިލީމަ ވަކިވާހަކައެއަ މީކޮންކަހަލަ ސަރުކާރެއްތަ އިސްތިޔުފާ ދީފަ ގެޔައްދޭ ވެރިކަންކުރަން ހަވާލުވީ ކާކުބުނެގެންތަ ރައްޔިތުންނައް ޖެއްސުންކުރަން
ކުދުގެ އިއްސެ
08 May 2017
އިއާދަ ކުރަން ކީއްކުރާ ލިޔެކިޔުމެއް؟
ކަރުންމަތީގެ ޑޮކްޓަރު
08 May 2017
ހެޔޮނުވާނެ އޭޑީކޭއިން ރައްޔިތުންނަށް ތިޔަހެން ހަދަން. އެއްބަސްވުމެއް ބާތިލްވެެންތާ އާ ކުރަންޖެހޭނީވެސް. އެހެން ނޫނަސް މާލޭގައި އޮތް އެންމެބޮޑު ބިން ނުލާހިކު ހެޔޮއަގުގައި ކަލޭމެންނަަށް ދީފައި ތިޔައޮތީ ރައްޔިތުންނަށްޓަކައިކަން ވިސްނަންޖެހޭ. ބޮޑުއަގު ނަގައިގެން އަބަދުވެސް ޚިދުމަތްދެމުން އަންނަބައެއް ތިތަނަކީ.
ކަރުންތިރީގެ ޑޮކްޓަރު
08 May 2017
ޥަރިކުރު.ައްފަހު ލިޔެކިޔުން ތައްޔާރު ކޮއްފަ އިޔާދަ ކުރެވޭނީ މޮޔަނުވޭ ފަހުން ފައިސާއެއް ނުލިބޭނެ އެހެންނޫނީ