ފައިނޭންސް ފޯރަމްގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
11 މެއި 2017 - 12:29
ދިވެހިރާއްޖޭގައި ވިޔަފާރި އާއި އިގްތިސާދު ފުޅާކޮށް ރާއްޖެއިން ބޭރުން އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށްޓަކައި ޕްރޮފެޝަނަލްކޮށް ފަންޑު މެނޭޖްކޮށް ނަފާއިތުރުކޮށް، ރިސްކު މެނޭޖްކުރުން މުހިންމު ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުން އިންތިޒާމްކޮށް ކުރުނބާ މޯލްޑިވްސްގައި ފެށި ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ ޕެންޝަން ފަންޑަކީ ވަރަށް ގިނަބައެއްގެ ހައްގުތައް އެކުލެވޭ ފަންޑަކަށް ވާތީ، މި ފަންޑު ބެލެހެއްޓުމުގައި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އަމާނާތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު ކަންކަން ހިންގަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕެންޝަން ފަންޑާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ނުވަ ބިލިއަނެއްހާ ރުފިޔާ ހުރި ފަންޑަކީ މިހާރު ރާއްޖޭގެ ޑީޖީޕީގެ 16 ޕަސެންޓް އެއްވަރުގެ އަދަދެކެވެ.
ޕެންޝަން އޮފީހުން މިއަދު ފެށި ފައިނޭންސް ފޯރަމްގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި ޕެންޝަން އޮފީހުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"ޕެންޝަން ފަންޑު އުފެއްދުމަށް ފަހު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައި. އެ އުފެއްދި މައިގަނޑު ބޭނުމަކީ ފަހަށް ރައްކާކުރުން. އުމުރުން ދުވަސްވެގެން ވަޒީފާއިން ވަކިވާ ދުވަހު ބޭނުންކުރާ ފައިސާ ރައްކާތެރި ގޮތުގައި ބަލަހައްޓައިދިނުން،" ކުރިން އެ އޮފީހުގައި އިސް މާގާމެއް އަދާކުރެއްވި އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
ޕެންޝަން ފަންޑުގެ ދައުރު އިތުރަށް ފުޅާކުރަން ހުރިހާ ފަރާތްތަކުން އެއްބާރުލުމާއި އެހީތެރިކަމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. އަދި ޕެންޝަން ފަންޑު ފުޅާކުރަން އެތަނުގެ ބޯޑު މެމްބަރުންނާއި މުވައްޒަފުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވި އެވެ.
"ޕެންޝަން ފަންޑަކީ މިހާރަށް ވުރެ ބޮޑަށް އިތުބާރު ލިބިފައިވާ ފަންޑަކަށް ހަދަން މަސައްކަތްކުރަން ޖެހޭ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް ޕެންޝަން ފަންޑަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ވަސީލަތެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އިތުރު އިންވެސްޓަރުން ޝައުގުވެރިކުރުވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ ރާއްޖޭގައި އިންވެސްޓްމަންޓްތައް އިތުރުކޮށް، އެކަމަށް މަގު ފަހިކުރަން ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.
މި ފޯރަމްގައި ސިންގަޕޯ ފިން ޓެކް އެސޯސިއޭޝަންގެ ރައީސް ޝިއާ ހޮކްލާ އާއި ވޯލްޑް ބޭންކުގެ ހެޑް އޮފް ގްލޯބަލް ޕެންޝަން އިންވެސްޓްމަންޓްސް ސުދީރު ރާޖްކުމާރު އަދި ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު ވެސް ވާހަކަދައްކަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަ އޖ
12 May 2017
ވަރަށް ސަލާމޯ
ފަލަކު
11 May 2017
އޮޑިޓަރ ޖެނެރަލް އެވިދާޅުވިގޮތުން މިހާރު މޭކަރާގޮތް ވެއްޖެ. ފައިސާ ކޮޅު ދައުލަތުގެ ޓީބިލަށް ހުސް ކޮށްފައި ފައިސާ ލިބޭގޮތް ނުވީމާ ޕެންޝަނަރުންނަށް ދޭނޭ އެއްޗެއް ނޯންނާނެ. ދެން މިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އަދި އެތެރޭގެ އިންވެސްޓަރުންނަށް ދިނަސް އެފައިސާ އަނބުރާ ލިބޭނެޔެކޭ މަގޭހިތެއްނުބުނޭ.
ފޭން
11 May 2017
ޒިޔާތަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް. އަހަރެން ވަރަށް އުއްމީދު ކުރިން ރަނގަޅު ކަންތައްަކަކަށް. އެކަމަކު...
ހުސެއިން
11 May 2017
ކޮން ބޭކާރު ވާހަކައެއް ދައްކާކަށް. ކަމެއްނުވާ މީހަކު ތިކަހަލަ ވާހަކަ ދެއްކީމަވާނީ ކޮސް ގޮވުމަށް. ތިމާ ކުރަންޖެހޭ ކަންކަން ރަނގަޅުކުރެވޭތޯ ބަލާބަލަ. ރާއްޖެއަށް ކޮންމެ ކޮންމެ މީހަކަށް އިންވެސްޓަރުންނެއް ނުގެނެވޭނެ. އިންވެސްޓުކުރާ މީހާ ވެސް ކިރިޔާ ކަސިޔާރުވެލާއިރަށް ބޭރުކޮށްލާނެ. އެންމެފަހުން އުގެއިލަށް ވީގޮތް ހަނދާން ކޮށްބަލަ. ކަންކަން ހިނގާގޮތް އެނގިހުރެ ތި ދައްކަނީ ހޮޅި ވާހަކަ.
ޟަހިހާ
11 May 2017
ނާންނާނެ، އެއޮތީ ހިލްޓަން ރިސޯޓައް ހަދާލިގޮތް.
ދދ
11 May 2017
ޕެންޝަން ފަންޑުން ފައިދާ ވަނީ ވަކިބަޔަކަށް މީހާ މަރުވާ ފަހުންވެސް ފައިދާއެއް ނުލިބޭ؟ ތިޔަފަންޑަކީ ބަޔަކު މުވައްޒަފުންގެ އާމްދަނީގެ ބަޔެއް ޖަމާ ކޮށްގެން އެއިން ފައިދާ ނަގާބަޔެއް!
އާޕު
11 May 2017
ސަރުކާރުން އިނވެސްޓުމަންޓު ތައް ގެނެއުމައް ނުކުރާ މަސައްކަތެއް އޮހެނެއް ހީނުވޭ، 90 އަހަރައް ކުއަޔައް ނުވިތާކައް ވިއްކަން މަސައްކަތް ކޮއްފައިވޭ، އިންވެސްޓަރުން ނާނަނީ ކީއްވެތޯ. ފުރަތަމަކައް ދައުލަތުގެ އިތުބާރު ނެތުން،،، މިކަން ކަށަވަރު ކޮއްދިނުމައް ގާނޫނު ތަކައް ބަދަލުގެނަ، ސަރުއީދާއިރާގެ އިތުބާރު ނެތުން، (އދ ގެ ރިކޮމަންޑޭސަން އެބަހުރި ދައުލަތައް ހުށައެޅިފަ އެހެނަސް އަމަލީ ސިފަ މިދާއިރާއައް ނުގެނޭ) ދުނިޔޭގެ ގައުމުތަކުގެ(އދ) މެދުގަ ސޮއިކޮއްފަވާ މުއާހަދާ ތަކައް ސަރުކާރުން އިހުތިރާމު ނުކުރުން، މިކަން ކަން މިހެން ހުރިހާ ދުވަހަކު ތި ވިދާޅުވާ އިންވެސްޓަރުން ނާންނެ، ކަށަވަރު ކަމެއް މީ،،ދުނިޔޭގެ ގައުމެއްގަ ބަޔަކު އިންވެސްޓު ކުރާނަމަ އެކުންފުންޏެއްގެ ލީގަލްޑިޕާރޓުމަންޓު އިން ބަލާނެކަންކަް މީ،
ނާދޮގެއް ނައީމް
11 May 2017
ހަމަ އަސްލުތަ؟ ދެފުޅާ! ކޮއިފުޅާ! ވިސްނަބަލަ! ދިވެހިރާއްޖޭގައި ވިޔަފާރިކުރަން އިންވެސްޓްކުރާ ފަރާތްތަކަށް އެވެސް ޔަގީންކަމެއް ނެތް. ސިޔާސީ އަދި ބޮޑެތި މަހުޖަނުންގެ އަމިއްލަ މަސްލަހަތައް އިންވެސްޓަރުން ގެ ކަންފަތުގަ ހިފާފަ ބޭރު ކުރަމުން އެދަނީ. ކޮންމެ ވެރިއެއްވެސް ބަލަނީ އެމީހަކަށް ކެވުނު އެއްޗެއް ކެވޭތޯ. ދިވެހިން ތިބީ ނިދާފަ.