މީރާއަށް ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހެޅޭ ގޮތް ވަނީ ބަދަލުކޮށްފައި.
05 ޖޫން 2017 - 21:52
އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަތިން އާމްދަނީ ހޯދާ ފަރާތްތައް އޮންލައިންކޮށް ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު ބުނީ އޮންލައިންކޮށް ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭ ގޮތް އަންނަ މަހުން ފެށިގެން މި ގަވައިދަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.
"ޖީއެސްޓީ ސްޓޭޓްމަންޓާ އެކީ އިންޕުޓް އަދި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްސް ވެސް ހުށަހަޅަން ޖެހޭނެ،" މީރާ އިން ބުންޏެވެ.
އޮންލައިން ކޮށް ޖީއެސްޓީ ދައްކާނީ އެ ކުންފުނީގެ ޕޯޓަލް "މީރާ ކަނެކްޓް" މެދުވެރިކޮށެވެ. އެ ހިދުމަތް މިހާރު ވެސް ގިނަ ބަޔަކު ދަނީ ބޭނުންކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy